Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު

ހުށަހެޅުނު ލިޔުމާއި މެދު ކޮމެޓީގެ މެމްބަރުންގެ މެދުގައި ބޮޑު ބަހުސެއް

25 އޯގަސްޓު 2019 | އާދީއްތަ 11:08

ބަހުސް ކުރުމަށް ފުރުސަތު ނުދީ ކޮމެޓީ އަށް ފޮނުވާލުމުކީ ގަވާއިދާ ޚިލާފަށް ކުރެވުނު ކަމެއް ކަމުގައި މެމްބަރުން ފާހަގަ ކުރެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 25 އޯގަސްޓު 2019 | އާދީއްތަ 11:08
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރޭގައި

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރޭގައި

ހުށަހެޅުނު ބަޖެޓާ މެދު ކޮމެޓީގެ މެމްބަރުން މެދުގައި ބޮޑު ބަހުސެއް ފެށިއްޖެއެވެ.

ފިނޭންސް މިނިސްޓްރީއިން ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ފޮނުވާފައިވާ މައްސަލައާއި ގުޅިގެން ދިރާސާ ކުރުމަށް އާދީއްތަ ދުވަހު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މެމްބަރުންގެ މެދުގައި ބޮޑު ބަހުސެއް ފެށިފައެވެ.

Advertisement - newsAdvertisement

ބަޖެޓަށް އިތުރުކުރުމަށް ބޭނުންވާ ފައިސާއާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފުރުސަތު ނުދީ ކޮމެޓީ އަށް ފޮނުވާލުމުން އެއީ ގަވާއިދާއި ޚިލާފަށް ކުރެވުނު ކަމެއްގޮތުގައި ބައެއް މެމްބަރުން ފާހަގަ ކުރައްވާފައިވެއެވެ.

އެގޮތުން ކުރިންވެސް ބަޖެޓު އައުމުން އަމަލު ކުރަމުންދާ އުސޫލަށް އަމަލު ކުރުމަށްޓަކާ މަޖިލީހުގެ ތަޅުމަށް ފޮނުވާލާ، މެމްބަރުންނަށް ބަހުސް ކުރުމަށް ފުރުސަތު ދިނުމަށް ކޮމެޓީ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ. ނަމަވެސް މި ހުށަހެޅުމަށް ކޮމެޓީގެ މެމްބަރުންގެ ތާއީދު ނުލިބުނުކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ ކައުންސެލް ޖެނެރަލް, ފާތިމަތު ފިލްޒާ ކޮމެޓީ ބައްދަލުވުމަށް ވަޑައިގެން މިކަން ސާފުކޮށްދެއްވަމުން ވިދާޅުވީ، ހުށަހެޅިފައިވަނީ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ އާއި ގުޅިގެން ކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓާއި އިތުރަށް ފައިސާ ބޭނުންވާ ކަމުގެ ލިޔުމަކީ މުޅިން ތަފާތު ދެ ފާސްކުރުމެއް ކަމަށް ވެސް ވިދާޅުވިއެވެ. ފިލްޒާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފުރުސަތު ނުދީ ކޮމެޓީ އަށް ފޮނުވާލި ނަމަވެސް މަޖިލީހުގެ ގަވާއިދަށް ފުށުނާރާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިޚްތިޔާރު ކުރެއްވީ މަސައްކަތް އަވަސް ކުރުމަށްޓަކައި ފައިސާ އިތުރުކުރުމާއި ގުޅޭ ލިޔުން މަޖިލީހަށް ހުށަހެޅުމަށް ފަހު ކޮމެޓީއަށް ފޮނުވާ، ދިރާސާ ކުރުމަށް ވަގުތު ދިނުމަށް ފަހު އެކުލަވާލާ ރިޕޯޓުގެ މައްޗަށް މެމްބަރުންނަށް ބަހުސް ކުރުމަށް ފުރުސަތު ދިނުމަށް ކަމަށް ވެސް ފިލްޒާ ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރުންނަށް މިލިޔުމާއި ގުޅިގެން މައުލޫމާތު ސާފު ކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރ ބަޖެޓު ކޮމެޓީގެ ބައްދަލުވުމަކަށް ހާޒިރުވުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން ކޮމެޓީ އަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ މިހުށަހެޅުން ފާސްކޮށްފައެވެ. މި ހުށަހެޅުއްވުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުއެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ. އެގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކޮމެޓީ ބައްދަލުމަށް ހާޒިރު ވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ 14:45 ގައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް