Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯރލްޑް ޓުއަރިޒްމް ކޮންފަރެންސް

"ވޯރލްޑް ޓުއަރިޒްމް ކޮންފަރެންސް" ގައި ބައިވެރިވުމަށް މިނިސްޓަރ އަލީ ވަހީދު މެލޭޝިޔާއަށް

25 އޯގަސްޓު 2019 | އާދީއްތަ 04:06

ކޮންފަރެންސް ކުރިއަށް ދާނީ އޮގަސްޓް މަހުގެ 26 ން 28 އަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 25 އޯގަސްޓު 2019 | އާދީއްތަ 04:06
ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު

ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު

ފަސް ވަނަ "ވޯރލްޑް ޓުއަރިޒްމް ކޮންފަރެންްސް" ގައި ބައިވެރިވެވަޑައިގަތުމަށް ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު މެލޭޝިޔާގެ ވެރިރަށް ކުއަލަމްޕޫރަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރ ފުރާވަޑައިގެންނެވީ ފަތުރުވެރިކަމާބެހޭ ޖަމުއިއްޔާ, ވޯރލްޑް ޓުއަރިޒްމް އޯރގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ދެއްވި ދައުވަތަކަށް، ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައެވެ. "ބިޔޯންޑް ޓުއަރިޒްމް- ބިޔޯންޑް އެކްސްޕެކްޓޭޝަން" ގެ ޝިއާރުގައި ކުރިއަށްދާ މި ކޮންފަރެންސް ރަސްމީގޮތުން ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ބޮޑު ވަޒީރު ޑރ. މަހާތިރު މުހައްމަދެވެ. ކޮންފަރެންސް ކުރިއަށް ދާނީ އޮގަސްޓް މަހުގެ 26 ން 28 އަށެވެ.

Advertisement - newsAdvertisement

މި ކޮންފަރެންސްގެ ފުރަތަމަ ސެޝަން، "ފިއުޗާރ އޮފް ޓުއަރިޒްމް- ނިއު ސޯރސެސް އޮފް ގްރޯތު" ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ކުރައްވާ ތަސައްވުރާއި މިކަން ހާސިލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މިނިސްޓަރ އަލީ ވަހީދު ކޮންފަރެންސްގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ މަގްސަދުގައި، މެލޭޝިއާގެ ޓުއަރިޒްމް މިނިސްޓަރ މުހައްމަދީން ކެޓާޕީއާއިއެކު މަޝްވަރާގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާރސިޓީގެ ދައުވަތަކަށް، މިނިސްޓްރީއާއި ފަތުރުވެރިކަމުގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކާއި އެ ޔުނިވާރސިޓީއިން ފުރުސަތު ފަހިކުރުމާއި ގުޅޭގޮތުން އެ ޔުނިވާރސިޓީގެ ރައީސްއާއި އެކު ކުރެވޭ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މެލޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެެރެއިން މިއަހަރުގެ ޖުލައި މަހުގެ ނިޔަަލަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމެވެ. އެގޮތުން ފާއިތުވެ ދިޔަ އަހަރު 22000 (ބާވީސް ހާސް) ވުރެ ގިނަ ފަތުރުވެރިން މެލޭޝިޔާއިން ޒިޔާރަތްކޮށްފައިވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް