Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ތަހްގީގު ކުރުމަށް ނިންމާފައިވަނީ 251 މައްސަލަ: އޭސީސީ

ކޮމިޝަނަށް ހުށަހެޅި ރެޖިސްޓްރީ ކުރެވިފައިވަނީ 259 މައްސަލަ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2019 | އަންގާރަ 06:30
އޭސީސީގެ ރައީސް

އޭސީސީގެ ރައީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި އަހަރުގެ ދެވަނަ ކުއާޓާރގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، ތަޙްޤީޤު ކުރުމަށް ނިމާފައިވަނީ 251 މައްސަލަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރގައި އެ ކޮމިޝަނަށް ހުށަހެޅި ރެޖިސްޓްރީ ކުރެވިފައިވަނީ 259 މައްސަލަ ކަމަށާއި، އޭގެ ތެރެއިން މި ކުއާޓާރގައި ބަލަން ނިންމާފައިވަނީ 251 މައްސަލަ ކަމަށެވެ. އެ ކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 110 މައްސަލަ ކަމަށެވެ.

Advertisement - newsAdvertisement

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2019ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 546 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާއިރު،މީގެތެރެއިން 259 މައްސަލައަކީ 2 ވަނަ ކުއާޓަރގައި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލަތައް ކަމަށް އޭސީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 124 މައްސަލަ ކަމަށް އެ ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭސީސީން ބުނީ އެ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންދާ ކަމަށެވެ. އެގޮތުން، މިއަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި 18 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2018 ވަނަ އަހަރުގެ އެ މުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 8 މައްސަލަ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 44 މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2018 ވަނަ އަހަރުގެ އެ މުއްދަތުގައި 16 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައި ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ މި އަހަރު އެ ކޮމިޝަންގައި އެންމެ ގިނައިން ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތައް ކަމަށެވެ.މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 94 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 44 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

ވަޒީފާއާގުޅޭ 51 މައްސަލައެއް މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 15 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި ބިމާއި، މުސާރައާއި އިނާޔަތްތަކާއި، އިންތިޚާބު އަދި ކެމްޕޭންތަކާ ގުޅޭ ޖުމްލަ 60 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި، އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 40 މައްސަލައެއް މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު