Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮފީސް

މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމް ކުރަނީ

18 އޯގަސްޓު 2019 | އާދީއްތަ 06:41

މުސްތަގިއްލު ކޮމިޝަންތަކުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު އިސްލާހަކީ ހުރިހާ ކޮމިޝަންތަކުގެ ހިންގުމުގެ އުސޫލްތައް އެއްގޮތް ކުރުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 18 އޯގަސްޓު 2019 | އާދީއްތަ 06:41
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

ދައުލަތުގެ މުސްތަގިއްލު މަގާމްތަކާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމް ކުރާ ގޮތަށް މުސްތަގިއްލު ބައެއް މަގާމްތަކާއި، ބައެއް މިނިވަން މުއައްސަސާތަކާއި ބެހޭ ގާނޫނުތަކަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރުން އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނާއި, އޮޑިޓް ޤާނޫނާއި, ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި, އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި ,އިލެކްޝަންސް ކޮމިޝަންގެ ޤާނޫގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މި ބިލްތައް ހުށަހަޅުއްވަނީ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާ ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތަޢައްޞުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

މުސްތަގިއްލު ކޮމިޝަންތަކުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު އިސްލާހަކީ ހުރިހާ ކޮމިޝަންތަކުގެ ހިންގުމުގެ އުސޫލްތައް އެއްގޮތް ކުރުމެވެ.

ރައީސް އޮފީހުން ބުނީ މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި މި ފަރާތްތަކާއި މި ފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމުކުރުމާއި، އެފަރާތްތަކަކީ އެއްވެސް ފަރާތަކަށް ނުޙައްޤު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ޢަމަލުކުރާ ބަޔަކަށް ނުވާނެކަން ކަށަވަރުވާނެ ގޮތް ހެދުން ގާނޫނަށް އިސްލާހުގެ ގެނައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރިކޮށް ނުވަތަ މަސްލަޙަތު ފުށުއަރާ ފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރުމާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުމާއި، އެ މިންގަނޑުތަކާއި ޚިލާފު ވުމުން އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާންކުރުން ވެސް މި ޤާނޫނުތަކަށް ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަންތަކުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ކޮމިޝަންތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހުމާއި އަދި ކޮމިޝަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިޝަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކުރުން ވެސް ހިމެނޭ ކަމަށެވެ.

އެންމެ ހިނގާ

1

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

2

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

3

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް