Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންގްލެންޑް

އިންގްލެންޑުގައި ފުލުހެއްގެ މަރާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފި

އޭނާ މަރަލީ ބުރާސްފަތި ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އޯގަސްޓު 2019 | ހޮނިހިރު 05:50
މަރުވި ފުލުސް އޮފިސަރ އޭނާގެ އަންހެނުންނާއެކު

މަރުވި ފުލުސް އޮފިސަރ އޭނާގެ އަންހެނުންނާއެކު

އިނގިރޭސިިލާތުގެ ބަރކްޝާ ސިޓީގެ ފުލުަސް އޮފިސަރެއްގެ މަރާ ގުޅިގެން ސުވާލުކުރުމަށް ދިހަ މީހުން ހައްޔަރުކޮށްފިއެވެ.

މީގެ ހަތަރު ހަފްތާ ކުރިން އަލަތު ކައިވެނި ކުރި ޕީސީ އެންޑްރޫ ހާރޕަރ ބުރާސްފަތި ދުވަހު މަރާލާފައިވާއިރު، އޭނާގެ މަރުގެ ސަބަބުން މުޅި ޕޮލިސް ފޯސްއަށްވެސް ޝޮކެއް ލިބިފައިވާ ކަމަށް ފުލުހުންގެ ޗީފް ކޮންސްޓެބަލް ޖޯން ކެމްބެލްއާ ހަވާލާދީ ނޫސްތަކުގައި ރިޕޯރޓްކޮށްފައިވެއެވެ.

އެގޮތުން އުމުރުން 28 އަހަރުގައި މަރާލާފައިމިވާ ހާރޕަރ އަކީ ވަރަށް ހީވަގި އަދި މީހުންގެ ތެރޭގައި ބަލައިގަންނަ އޮފިސަރެއްކަމަށް ފުލުހުންގެ ޗީފް ކޮންސްޓެބަލް ވިދާޅުވެފައިވެއެވެ.

ރިޕޯރޓްތައް ބުނާ ގޮތުން އޭނާ މަރާލާފައިވަނީ ބަރގްލަރީގެ ކުށެއްގެ ރިޕޯރޓް ލިބުމާ ގުޅިގެން އެކަމަށް އެޓެންޑު ވުމުގެ ތެރޭގައެވެ.

ހާރޕަރގެ ޕޯސްޓްމޯޓަމް ހެދުމަށް ތައްޔާރު ވަމުންދާއިރު، އޭނާގެ މަރަ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި 13 އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށް ރިޕޯރޓްތައް ބުނެއެވެ. އެގޮތުން އެ އެންމެންވެސް މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އިންގްލޭންޑުގެ ފުލުހުންނަށް މިފަދަ ނުރައްކާތައް އަމާޒުވަމުންދާ ކަމުގެ ރިޕޯރޓްތައް ކުރެވެމުންދާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނާމެދު ހިނގަފައިވާ މިފަދަ ހާދިސާތަކުގެ އަދަދު 30،000 އަށް އަރާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ފާއިތުވި އަހަރުތަކާ އަޅާބަލާއިރު މިއީ 27 އިންސައްތަ އިތުރު އަދަދެއް ކަމަށް ރިޕޯރޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު