Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ސުޕަ ކަޕް

ޔުއެފާ ސުޕަ ކަޕް: ޗެލްސީ ބަލިކޮށް ލިވަޕޫލް ތަށި އުފުލާލައިފި

ޗެލްސީގެ މައްޗަށް ލިވަޕޫލް ކުރިހޯދީ ޕެނަލްޓީ ޖަހައިގެން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 15 އޯގަސްޓު 2019 | ބުރާސްފަތި 03:22
ޔުއެފާ ސުޕަ ކަޕްގެ ތަށި ލިވަޕޫލުން އުފުލާލުން

ޔުއެފާ ސުޕަ ކަޕްގެ ތަށި ލިވަޕޫލުން އުފުލާލުން

ޔުއެފާ ސުޕަ ކަޕްގައި ޗެލްސީ ބަލިކޮށް ލިވަޕޫލުން ތަށި އުފުލާލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންގެ މައްޗަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ލިވަޕޫލް ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއަކުންނެވެ.

ތުރުކީގެ އިސްޓަންބުލްގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖެހުމަށް ދެޓީމަށް ވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮލިވާ ޖިރޫއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕުލިސިކްގެ އެހީތެރިކަމާއެކުގައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޑިއޯ މާނޭއެވެ.

މި ލަނޑާއެކު ޗެލްސީން ކުޅުން ރަނގަޅުކޮށް، އެޓޭކްތައް ވަރުގަދަ ކުރިއެވެ. ނަމަވެސް ލަނޑު ޖެހުމަށް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް އުފެއްދިފައެއް ނުވެއެވެ. އަދި ލިވަޕޫލަށް ވެސް ދެވަނަ ހާފްގައި މާ ރަނގަޅު ފުރުސަތެއް ނުލިބެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމު 1-1 ގެ ނަތީޖާއިން އެއްވަރުވެފައި ވުމާއެކު، ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެހާފު ވަނީ ކުޅެފައެވެ.

އެގޮތުން 15 މިނެޓުގެ ފުރަތަމަ ހާފްގައި ލިވަޕޫލުން ލީޑު ނެގިއެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މާނޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކުގައެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެ ހާފްގައިވެސް ދެޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން، ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޗެލްސީގެ ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ ޖޯޖީނޯ އާއި ބާކްލީ އާއި މައުންޓް އަދި އެމަސަންއެވެ. ނަމަވެސް އަބްރަހަމް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރ އެޑްރިއަން ވަނީ ދިފާއުކޮށްފައެވެ.

ލިވަޕޫލްގެ ފަސް ޕެނަލްޓީ ކާމިޔާބުކުރީ ފިރްމީނޯ އާއި ފަބީނިއޯ އާއި ޑިވޮކް އޮރިގީ އާއި އެލެގްޒެންޑްރާ އާނޮލްޑް އަދި މުހައްމަދު ސަލާހުއެވެ.

މިއީ ލިވަޕޫލުން މުބާރާތް އުފުލާލި ހަތަރުވަނަ ފަހަރެވެ. އެޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2015 ވަނަ އަހަރެވެ. ޗެލްސީ މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 1998 ވަނަ އަހަރު އެކަނިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު