Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވް ގޭސް

މޯލްޑިވް ގޭހުން އުސޫލާއި ޚިލާފަށް ގޭސް ގަތް މައްސަލަ އޭސީސީގެ ސަމާލުކަމަށް

14 އޯގަސްޓު 2019 | ބުދަ 06:38

ގޭސް ގަތުމުގައި މިހާރުގެ މެނޭޖްމެންޓަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަމަށް އޭސީސީއިން ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 އޯގަސްޓު 2019 | ބުދަ 06:38
މޯލްޑިވް ގޭހުގެ ގުދަނެއް

މޯލްޑިވް ގޭހުގެ ގުދަނެއް

މޯލްޑިވް ގޭހުން އެ ކުންފުނީގެ އުސޫލާއި ޚިލާފަށް އެލްޕީޖީ މިކްސްޗަރ (ގޭސް) ގަތް މައްސަލަ އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސަމާލުކަމަށް ގެނެސް މައްސަލަތައް ބަލަން ފަށައިފިއެވެ.

އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ރާއްޖެއެމްވީއަށް ވިދާޅުވީ މޯލްޑިވް ގޭހުން ގޭސް ގަތުމުގައި އޭގެ އަސްލު އަގަށްވުރެ ބޮޑު އަގުގައި ތަކެތި ބޭރުން ގަންނަ ވާހަކަ އެ ކޮމިޝަނަށް ހުށައެޅުމާއެކު އެމައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އެމައްސަލަ ބެލިބެލުމުން ގޭސް ގަނެފައިވަނީ އެކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާއި ޚިލާފަށްކަން ފާހަގަވާ ކަމަށާއި އެކަމުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭސީސީއިން ތަހުގީގު ފަށާފައިވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.

މޯލްޑިވް ގޭހުން ގޭސް ގަތުމުގައި އަގު ބޮޑުކޮށް ޚަރަދުކޮށްފައިވާކަން އޭސީސީއިން ތަހުގީގު ކުރަމުންދާއިރު ސޯޝަލް މީޑިއާގައި ވަނީ އެ ކުންފުނިން ބޮޑު އަގުގައި އެތަކެތި ގަތް ބައެއް ރަސީދުތައް ވެސް އާންމު ވެފައެވެ.

އެ ރަސީދު ތަކުން ހާމަވާ ގޮތުގައި އެކުންފުނިން ތިން ފަހަރެއްގެ މަތިން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ގަނެފައިވާ 3،000 ގޭސް ސިލިންޑަރ ތައް ހުރީ އެކި އަގުގައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު މޯލްޑިވް ގޭހުން ގަތް ގޭސް ޝިޕްމަންޓް ޔުނިޓަކަށް 630 ޑޮލަރަށް ގަނެފައިވާއިރު 1000 ޔުނިޓް އެކުންފުނިން ގަނެފައިވަނީ 630،000 ޑޮލަރަށެވެ. ނަމަވެސް އެކުންފުނީގެ ފައިނޭންސް މެނޭޖަރ އާއި ޕްރޮކިއުމެންޓް މެނޭޖަރ ސޮއި ކުރެއްވާފައިވާ އެ ރަސީދުގައި އަގު ލިޔެފައިވާ އިރު ހިސާބު އަކުރުންނާއި އިނގިރޭސިން ލިޔެފައި އޮތް އަދަދާއި ދިމަލެއް ނުވެއެވެ.އިނގިރޭސިން އެ އަދަދު ޖަހާފައިވަނީ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ޑޮލަރެވެ.

އޭގެ އެއްމަސް ފަހުން މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމާއި ޕްރޮކިއުމެންޓް މެނޭޖަރ ސޮއިކުރައްވާފައިވާ އެ ރަސީދުގައި ވަނީ ގޭސް ޝިޕްމަންޓް ޔުނިޓަކަށް 705 ޑޮލަރަށް 1000 ޔުނިޓް މަގުން 705،000 ޑޮލަރަށް ގަނެފައެވެ. ޝަޒައިލް މޯލްޑިވް ގޭހުގެ އެމްޑީއަކަށް އައްޔަން ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

މިއަހަރުގެ މާޗް މަހު ހަމަ އެތަކެތީގެ 1،000 ޔުނިޓް ގަނެފައިވަނީ ޔުނިޓެއް 770 ޑޮލަރުގެ މަގުން 770،000 ޑޮލަރަށެވެ.

ގޭސް ގަތުމުގައި މިހާރުގެ މެނޭޖްމެންޓަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާއި އުސޫލާއި ޚިލާފަށް ބައެއް ކަންތައްތަކެއް ހުރުމުން އެމައްސަލަ ބަލާކަން އޭސީސީއިން ބުނުމާއި ގުޅިގެން މިކަމާއި ގުޅިގެން ޝަޒައިލްގެ ބަހެއް ހޯދާލުމަށް ރާއްޖެއެމްވީއިން ގުޅާލުމުން ވިދާޅުވީ ގޭހަކީ އަބަދު އެއްއަގެއްގައި ލިބޭ އެއްޗެއް ނޫންކަމަށާއި އެތަކެތި ގަނެފައިވަނީ މާކެޓްގައި ލިބެން ހުރި ރޭޓުގައި ކަމަށެވެ. އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި އަބަދުވެސް އަހަރުގެ ފަހުކޮޅު ގޭސް އަގުހެޔޮކޮށް ގަންނަން ލިބޭ ކަމަށް ޝަޒައިލް ވިދާޅުވިއެވެ. އެ ކުންފުނީގެ އެއްވެސް މައްސަލައެއް އޭސީސީއިން ބަލަމުންދާކަން އަންގާފައި ނުވާ ކަމަށް ވެސް ޝަޒައިލް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން މޯލްޑިވް ގޭސް މެދުވެރިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ހަދާނުގައި ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އަޅާފައިވާ މިސްކިތަށް މޯލްޑިވް ގޭސްގެ ނަމުގައި 2.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަން ވަނީ ހާމަ ވެފައެވެ. ޝަޒައިލް ރާއްޖެއެމްވީއަށް ވިދާޅުވެފައިވަނީ މޯލްޑިވް ގޭހަށް 2.6 މިލިއަނާއި ގާތަށްކުރާ އަދަދަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އޭރު އެކުންފުނީގެ އެމްޑީއަކަށް ހުންނެވީ އަބްދުﷲ މައުމޫން (މާނު)އެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް