Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަދަލު ދިނުން

ބަދަލުދޭ މައްސަލާގައި އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުންތައް: އެއީ އެންމެ ހިނގާ ވައްކަން!

ޤައުމުގެ ހައްޤުގައި ރައްޔިތުންނަށްޓަކާ ބަސް ބުނެ، ހައްޤު ހިފަހައްޓަންޖެހޭ: މެމްބަރު ހުސެއިން ޝަހީމް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2019 | އަންގާރަ 12:45
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެއްބަސްވުންތަކާއި ހިލާފުވުމުން ދައުލަތުން ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ބަދަލުދޭންޖެހި، ބަދަލުދޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އެކަމުގެ ކަންބޮޑުވުމާއެކު ފުރަތަމަ ޓުވީޓެއްކުރެއްވީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް އެވެ. މެދުހެންވޭރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުން ބަދަލު ހޯދުން އެއީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށެވެ. އެ ޓުވީޓާއެކު ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް އަމާޒުކުރަން ފެށުމާއެކު އާޒިމް ކުރެއްވި ދެ ވަނަ ޓުވީޓެއްގައި ވިދާޅުވީ ޓުވީޓްގައި ވިދާޅުވީ ހައްޤު ބަދަލު ހޯދަން އުޅޭ ފަރާތްތަކުގެ ވާހަކަ ނޫން ކަމަށެވެ.

Advertisement - newsAdvertisement

އާޒިމްގެ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު ބައެއް މެމްބަރުންވެސް ވަނީ ތާއީދުކުރައްވާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ އާޒިމްގެ ވާހަކަތަކަށް ތާއީދުކުރައްވާ ކަމަށާއި، "ދައުލަތުގައި ދަތް އަޅައި ކާން ދޫކޮށްލެވެން ނެތް" ކަމަށެވެ. އަދި ޤައުމުގެ ހައްޤުގައި ރައްޔިތުންނަށްޓަކާ ބަސް ބުނެ، ހައްޤު ހިފަހައްޓަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ބޮޑެތި އަދަދުތަކުން އެކު ފަރާތްތަކަށް ބަދަލުދޭ މައްސަލާގައި ނުރުހުން ފާޅުކުރައްވައި، އާޒިމްގެ ވާހަކަތަކަށް ތާއީދުކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިހާރުދާ ރޭޓުން ކުރިއަށްދާނަމަ ދައުލަތް ބަނގުރޫޓުވުމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ. އަދި ވިޔަފާރިކޮށްގެން 1000 އަހަރުން ނުލިބޭނެ ފައިދާ ބަދަލުގެ ގޮތުގައި ހޯދުމަށް ދައުވާކުރާކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން ހުއްޓުވަންޖެހޭކަމަށް ވިދާޅުވެފަ އެވެ.

ޝަރީފްގެ ވާހަކަތަކަށް ޓުވިޓާރ ރައްދުދެއްވާފައިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ. ޝަރީފަށް ރައްދުދެއްވަމުން އިބްރާ ވިދާޅުވެފައިވަނީ ދައުލަތް ބަނގުރޫޓް ވަންޏާ ވަނީ ގެއްލުމުގެ ބަދަލުދީގެން ނޫން ކަމަށެވެ. އަދި ދައުލަތުން މީހުންގެ މުދާ ފޭރި، ބޮޑެތި ގެއްލުންދިން އިރު ކޯޓުތަކުންނާއި މަޖިލީހުން އެކަންކަމަށް ފުރުސަތު ދިނުމުންކަމަށް އިބްރާ ވިދާޅުވި އެވެ.

އިބްރާ ވަނީ އަނިޔާ ލިބުނު މީހުންނަށް ބެވުން ހުއްޓާލުމަށްފަހު، އަނިޔާދިން މީހުން ހޯދުމަށް ގޮވާލައްވާފަ އެވެ.

ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ކޯޓުތަކުން ނިންމައި، ދައުލަތުން އެކި ފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ އަދަދު 882 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ކުންފުންޏަކަށް 17.89 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައިދޭންޖެހިފައިވެއެވެ.

އޭގެއިތުރުން ކޯޓުތަކުގައި މިހާރު ހިނގަމުންދާ މައްސަލަތަކުގައި ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށްދޭންޖެހޭ އަދަދު 216 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި އާބިޓްރޭޝަން ކުރިއަށްދާ މައްސަލަތަކުގައި ދައުލަތުންދޭންޖެހޭ ބަދަލުގެ އަދަދު 350 މިލިއަން ޑޮލަރަށް އަރާކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ސަރުކާރުން ގަބޫލުކުރާގޮތުގައި މިހާރު ކޯޓުތަކުގައި ކުރިއަށްދާ 216 މިލިއަން ރުފިޔާގެ މައްސަލައާއި، އާބިޓްރޭޝަންގައި ކުރިއަށްދާ 350 މިލިއަން ޑޮލަރުގެ މައްސަލަތައް ދައުލަތަށް ކާމިޔާބުވެ ބަދަލުދޭން ނުޖެހޭ ހާލަތަކަށް ދިއުމަކީ ވަރަށް ނާދިރުކަމެކެވެ. އޭގެބަދަލުގައި ސަރުކާރުގެ ޤާނޫނީ ވަކީލުން ގަބޫލުކުރާގޮތުގައި ސަރުކާރަށް އެ މައްސަލަތައް ކާމިޔާބެއް ނުވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު