Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޒުވާން މަސްވެރިޔާ

މި ޒުވާނާއާއިއެކު މަވެސް ބޭނުންވަނީ މަހަށް ދާން

މަސްވެރިކަން ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް މީހުން ބުނި

އަމަން ހަލީމް
އަމަން ހަލީމް | 13 އޯގަސްޓު 2019 | އަންގާރަ 13:36
ޒުވާން މަސްވެރިޔާ ސާޖިން

ޒުވާން މަސްވެރިޔާ ސާޖިން

ސްކޫލް ދައުރުގެ ހަނދާންތައް އާކުރަމުން ސަމާސަ ފާޑަކަށް ސާޖިން ބުނީ "ސްކޫލުގެ އުޅުނުއިރު ޓީޗަރުން ކިޔާނެ ފިލާވަޅު ނަަހަދާނަމަ ނުކިޔަވަންޏާ ދާން ޖެހޭނީ މަހަށޭ. ދެން މިހިރީ އެހެންވެ މަސް ބާނަން އައިހެއްނު" މިއީ ޒުވާން މަސްވެރިޔާގެ ނަމުން ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ހުސެއިން ސާޖިން މަހަށްދާން ފެށުނުގެ ގޮތުގެ ވާހަކަ އަހާލުމުން ދިން ޖަވާބެވެ.

އުމުރުން އެންމެ 21 އަހަރުގެ ސާޖިން ބުނީ ސްކޫލްގައި އުޅެމުން ހަމަ އެއްގޮތަކަށް ވެސް ކިޔަވާ ހިތް ނުވެގެން، ސްކޫލުން ކެނޑުނީ ކަމަށެވެ. ގެމަނަފުއްޓަށް އުފަން ޒުވާނާ އެރަށު ސްކޫލުން ކެނޑިގެން އެންމެ ފުރަތަމަ ދިޔައީ ކޮންސްޓަރކްޝަން ސައިޓް ސުޕަވައިޒަރ ވަޒީފާއަށެވެ. އެ ވަޒީފާގައި އަހަރެއް ވަންދެން އުޅެފައި އެތަނުން ވެސް ކެނޑެން ބޭނުންވީއެވެ. "7000 ރުފިޔާގެ ވަޒީފާއެއްގެ އަހަރެއް ވަންދެން އުޅުނިން. ބޭނުންވީ ވަޒީފާއިން ކެނޑެން" ސާޖިން ކިޔައިދިނެވެ. މަހަށް ދާން ވިސްނީ އެހިސާބުން ކަމަށް ސާޖިން ބުންޏެވެ.

އެ ވަޒީފާއިން ކެނޑިގެން މަހަށް ދާން ފެށިއިރު ފުރަތަމަ ލަދުގަތްކަމަށް ސާޖިން ބުންޏެވެ. ސާޖިން ކިޔައިދިން ގޮތުން ނަމަ، އޭރު މީހަކު އަހާލިޔަސް ބުނަނީ އަދިވެސް އުޅެނީ ރިސޯޓުގައި ކަމަށެވެ.

މަސްވެރިކަމަކީ ސަޅިކަމެއްކަން ސާޖިންއަށް ވިސްނުނީ އެކަމުގައި އުޅޭތާ ފަސް މަސް ދުވަސް ވީފަހުންނެވެ. އެއްވެސް މީހެއްގެ ނުފޫޒެއް ނެތި އަމިއްލައަށް ކުރާ މަސައްކަތުން ލިބޭ ފައިސާއިން މާހިތްހަމަ ޖެހޭކަމަށް ސާޖިން ނިންމިއެވެ. އަދި އެތަނުގައި އުޅުނުއިރު ލިބުނުވަރުގެ މުސާރާއެއް ދެތިން ދުވަހުން ލިބެން ފެށުމުން ސާޖިންއަށް ލިބުނު ހިތްހަމަޖެހުންވީ އިތުރެވެ.

އޭރުވެސް ސާޖިންއަކަށް މީހުން ކައިރީ މާބޮޑަކަށް އެވާހަކަ ދައްކަން ނުކެރެއެވެ. މަސްވެރިކަމާއި މެދު މީހުން ދެކޭގޮތް ބަދަލުކުރަން ސާޖިންއަށް ވިސްނުނީ އޭރު ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާ އެއް ދުވަހަކު ގުޅާފައި ދެއްކި ވާހަކައަކުުންނެވެ.

"ފޯނަށް ރޭންޖް ނުލިބި ދެ ދުވަހެއް ވަރު ކަނޑުމަތީގައި އުޅެފަ ރޭންޖް ލިބުނުތަނާ ފުރަތަމަ ވެސް ގުޅީ އޭނަ (ރައްޓެހިވެގެން އުޅުނު ކުއްޖާ). ގުޅާފައި ބުނީ ސާޖިން ރިސޯޓަށް ދާށޯ މަހަށް ދަންޏާ އުޅޭކަށް ބޭނުމެއް ނެތޯ". އެހެން ބުނި ނަމަވެސް ސާޖިން މަހަށް ދިއުން ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ.

ސާޖިން ބޭނުންވީ މީހުން މަސްވެރިކަމާއި މެދު ދެކޭގޮތް ބަދަލުކުރުމެވެ. ސާޖިން އަޒުމު ކަނޑައެޅީ މުޅި ރާއްޖޭގެ އެންމެނަށް މަސްވެރިކަމަކީ ކިހާ ސަޅިކަމެއްކަން އަންގާށެވެ.

އެންމެ ފުރަތަމަ ގެމަނަފުށީ މަސްވެރިންގެ ނަމުގައި ޕޭޖެއް ހަދައިގެން، މަހަށް ގޮސްގެން ލިބުނު އާމްދަނީގެ 50 އިންސައްތަ ސާޖިން ހޭދަކުރަމުން ދިޔައީ އެ ޕޭޖަށް ބޭނުންވާ ވީޑިއޯތައް ތައްޔާރުކުރަން ބޭނުންވާ ސާމާނު ގަތުމަށެވެ. މިހާތަނަށް އަމިއްލަ ޖީބުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ އެކަމަށް ހަރަދުކޮށްފައިވާ ކަމަށް ހިނިތުންވެލާފައި ހުރެ ސާޖިން ބުންޏެވެ.

ފުރަތަމަ އެކަނި އެ މަސައްކަތް ފެށި ކަމުގައިވީ ނަމަވެސް، ފަހުން އާއިލާގެ ތެރެއިން ވެސް އެކަމުގައި އެއްބާރުލުންދީ އެހީ ލިބިފައިވާކަމަށް ސާޖިން ބުންޏެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި އޮތީ އޭރު އެއަންހެން ކުއްޖާ ދެއްކި ވާހަކައާއި މުދައްރިސުން ދެއްކި ވާހަކައެވެ.

ސާޖިންގެ މަސައްކަތުން، މަސްވެރިކަމާއި މެދު މީހުން ދެކޭގޮތް ބަދަލުކޮއްލެވިއްޖެ ކަމަށް އޭނާ ގަބޫލުކުރެއެވެ. "މިއަދު ހަމަ ޔަގީނުންވެސް މީހުންނަށް މަސްވެރިކަން ސަޅިވެގެން އެވާހަކަ ދައްކާ. އޭރު ސާޖިން ކައިރީ މަހަށް ދާށޭ ބުނި ޓީޗަރުން ވެސް ކިރިޔާ ވެސް ޗުއްޓީއެއް ލިބޭ އިރަށް މިހާރު އައިސް ފުންމާލަނީ ދޯންޏަށް މަހަށް ދާން." ސާޖިން ބުންޏެވެ.

ފޭސްބުކްއިން ފެށި މަސައްކަތް މިހާރު ފުޅޭވެގެން ގޮަސްފައިވާ އިރު، ސާޖިން އަންނަނީ ޖަމިއްޔާއެއް ހަދައިގެން މަސްވެރިންގެ ހައްގުގައި އަގުހުރި މަސައްކަތްތަކެއް ކުރަމުންނެވެ.

ސާޖިން ގޮވާލަނީ ހުރިހާ ޒުވާނުންވެސް މަހަށް ދިއުމަށެވެ. މަސްވެރިކަމަކީ ބޮޑު އާމްދަނީއެއް ލިބޭ، ކުރާ ހިތުން ކުރެވޭ މަސައްކަތެއް ކަމަށް ސާޖިން ބުނެފައިވާއިރު، އޭނާ ވަނީ މަސްވެރިކަމަކީ ވަކި ދުވަސްވަރެއްގައި އާމްދަނީ ލިބޭ މަސައްކަތެއްކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ.

"މަސްވެރިކަމުގައި މިވީ ފަސް އަހަރުގެ ތެރޭގައި ނެތް އާމްދަނީ ނުލިބޭ ދުވަހެއް. ތެދެއް އިންޖީނު މައްސަލައެއް ދިމާވެގެން ނުވަތަ އެންވެރިކަން ދަށްވެގެން ހާލަކުން ފަހަރެއް ގޮސްދާނެ. މިއީ މާތް ރަސްކަލާންގެ ދެއްވާ ރިޒުގެއް. ތިޔަ ކަހަލަ ވާހަކަ ދައްކަނީ މިއީ އަސްލު ކޮންކަމެއްކަން ނޭނގޭ ބަޔަކު" ސާޖިން ކިޔައިދިނެވެ.

މަސްވެރިކަމަކީ އޭގެ މަންފާ ހޯދަން މަސައްކަތް ކޮށްފިނަމަ ހީވެސް ނުކުރާ ވަރުގެ ބޮޑު އާމްދަނީއެއް ލިބޭކަމެއް ކަމަށް ސާޖިން ބުންޏެވެ. އަދި މަސްވެރިންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ސަރުކާރުން އެދެވޭ ވަރުގެ މަސައްކަތްތަކެއް ކޮށްފިނަމަ މަސްވެރިކަން ކުރާ ފަރާތްތަކުގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ސާޖިންގެ ބަހުން ނަމަ، "ކުރާކަށް މިވަރުގެ ސަޅިކަމެއް ވަކި ނޯންނާނެ. އެންމެންވެސް ދާންވީ މަހަށް" އެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2017

ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!

01 ސެޕްޓެމްބަރު 2017
ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!
26 އޯގަސްޓު 2017

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!
24 އޯގަސްޓު 2017

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!
20 އޯގަސްޓު 2017

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
22 ޖުލައި 2017

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!
20 އެޕްރީލު 2017

ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

20 އެޕްރީލު 2017
ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު