Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޟްހާ އީދު

އަޟްހާ އީދު ދުވަހު ހުޅުމާލޭގައިވެސް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މަނާކޮށްފައިވަނީ ހަވީރު 04:30 އިން ފެށިގެން 06:30 އަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އޯގަސްޓު 2019 | ހޮނިހިރު 06:33
ކ ހުޅުމާލެ

ކ ހުޅުމާލެ

އަޟްހާ އީދު ދުވަހާއި ދިމާކޮށް ހުޅުމާލޭގައިވެސް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ، އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 04:30 އިން ފެށިގެން 06:30 އަށް ހުޅުމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށާއި، އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު "އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު" ގެ ދަށުން ފިޔަވަޅުއަޅާނެ ކަމަށެވެ.

އޭގެ އިތުރުން، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސްއާއި، ފުރާ މީހުން ބޭނުންކުރުމަށް ހުއްދަ ދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތް މި އެންގުމުން އިސްތިސްނާވާ ކަމަށްވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެފައިވެއެވެ.

ޓްރާންސްޕޯރޓް އޮތޯރިޓީން އެހެން ބުނެފައިވާއިރު، އަޟްހާ އީދު ދުވަހު މާލެސިޓީ އަދި ވިލިމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މާލޭ ސިޓީ ކައުންސިލުންވެސް ވަނީ މަނާކޮށްފައެވެ. އެގޮތުން ސިޓީ ކައުންސިލުން ބުނީ އެގޮތަށް ހަމަޖެއްސީ ރައްޔިތުން އުފާފާޅުކުރުމުގެ ގޮތުން މަގުމައްޗަށް ނިކުމެ ހިނގާބިގާވެ އުޅުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު