Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަޝްމީރު މައްސަލަ

ކަޝްމީރުގައި ތިބި ނޫސްވެރިންނަށް ހުރަސް އެޅިފައި

9 އޯގަސްޓު 2019 | ހުކުރު 05:51

ކަޝްމީރުގައި އެއްވެސް މުއާސަލާތީ ޚިދުމަތެއް ނުލިބި ވަނީ ތިން ދުވަސް ވެފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އޯގަސްޓު 2019 | ހުކުރު 05:51
ކަޝްމީރުގެ ރައްޔިތުން މުޒާހަރާ ކުރަނީ

ކަޝްމީރުގެ ރައްޔިތުން މުޒާހަރާ ކުރަނީ

ކަޝްމީރު އިންޑިއާގެ ބެލުމުގެ ދަށަށް ގެނައުމާއި ގުޅިގެން އެތަނުގައި އުޅޭ ރިޕޯޓަރުންނަށް ހުރަސްތައް ކުރިމަތި ވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ކަޝްމީރުގައި އެއްވެސް މުއާސަލާތީ ޚިދުމަތެއް ނުލިބި ވަނީ ތިން ދުވަސް ވެފައެވެ.

ކަޝްމީރުން ނެރޭ ނޫސްތަކަކީ އިނގިރޭސި ބަހުންނާއި އުރުދޫ ބަހުން ހުންނަ ނޫސްތަކަށް ވާއިރު މައި ސިޓީ ސްރިނަގަރު ގައި ހޯމަ ދުވަހުން ފެށިގެން އެއްވެސް ނޫހެއް އާންމު ކޮށްފައި ނުވާ ކަމަށް ވެއެވެ. އަދި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންޑިއާއިން ނިންމި ނިންމުމާއި ދެކޮޅަށް އެއްވެސް އެއްޗެއް ލިޔުމަށް މަނާ ކޮށްފައެވެ.

އެތަނުގައި މަސައްކަތް ކުރި ނޫސްވެރިއަކާއި ހަވާލާދީ އަލް ޖަޒީރާގައި ބުނެފައި ވަނީ އެ ނޫސްވެރިޔާ ކަޝްމީރުގެތާރީޚީ "ކްލޮކް ޓަވަރ" ގެ ވީޑީއޯ ކުރަމުން ދަނިކޮށް އިންޑިއާ ސިފައިން ހުއްޓުވާފައިވާ ކަމަށާއި އަދި އެސަރަހައްދު ބަންދުކުރި ކަމަށެވެ. އަދި ކެމެރާ ނިއްވާލުމަށް ބުނެފައިވާ ކަމަށެވެ. އޭނާއަކީ ނޫސްވެރިއެއްކަމަށް ބުނުމުން "ހުރިހާ ކަމެއް މިހާރު ނިމިއްޖެ" ކަމަށް ސިފައިން ބުނި ކަމަށެވެ.

އޮންލައިން ނޫސްތަކުގައި މަސައްކަތް ކުރާ ނޫސްވެރިއަކު ބުނެފައިވަނީ އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލުމުން ހޯމަ ދުވަހުން ފެށިގެން އޭނާއަށް އެއްވެސް ޚަބަރެއް އެނޫހުގައި ޝާއިއު ނުކުރެވޭ ކަމަށެވެ. ގެއިން ބޭރަށް ދިއުން މަނާ ކޮށްފައިވާ ކަމަށާއި އެގައުމުގައި މިހާރު ޑިމޮކްރަސީ އޮތް ކަމަށް ގަބޫލު ނުކުރެވޭކަމަށް އޭނާ ބުނެފައި ވެއެވެ.

ކަޝްމީރުގައި މަސައްކަތް ކުރާ ނޫސްވެރިންނާ ހަވާލާދީ އެނޫހުގައި ބުނެފައިވަނީ ޚަބަރުތަކާއި ވީޑިއޯތައް އެތަނުން ބޭރުކުރަނީ ކަޝްމީރުން ބޭރަށް ދާ މީހުންނާއި ހަވާލުކޮށް "ޔޫއެސްބީ ޑްރައިވަކަށް" އަޅައިގެން ކަމަށެވެ.

ކަޝްމީރުގައި ހުރި އެގައުމުން ބޭރުގެ ފޮޓޯގްރާފަރަކު ބުނީ އޭނާ އެތަނުގައި ހުރުމަށް އުޅޭ ކަމުގެ ޑޮކިއުމެންޓްސްތަކެއް ބޭނުންވާ ކަމަށާއި އެހެން ނޫންނަމަ އޭނާގެ ކެމެރާ ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު ސިފައިން ދީފައިވާ ކަމަށެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް އެގައުމުގެ ގާނޫނު އަސާސީގައި ދީފައިވާ ޚާއްސަ އިމްތިޔާޒުތައް ދިނުމަށް އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އެމާއްދާގައި ކަޝްމީރަށް ވަކި ޚާއްސަ ދިދައަކާއި ވަކި ގާނޫނު ހެދުމުގެ އިޚްތިޔާރު ދީފައި އޮތް ނަމަވެސް އެމާއްދާ އިސްލާހު ކުރުމާއި ގުޅިގެން އެ ބާރު މިހާރު އޮތީ އިންޑިއާގެ އަތުގައެވެ. އިސްލާހު ގެނައުމުގެ ކުރިން އިންޑިއާއިން ވަނީ ކަޝްމީރަށް އެތައް ހާސް ސިފައިން ފޮނުވައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖޫން 2017

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް

10 ޖޫން 2017
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް
13 މެއި 2017

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް