Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީދު ބަންދު

ފުލުހުންގެ އިލްތިމާސް: ސައިކަލަށް ސަމާލުވާތި، ދޮރުތަށް ރަނގަޅަށް ތަޅުލާތި!

8 އޯގަސްޓު 2019 | ބުރާސްފަތި 19:37

ވައްކަމުގެ ކުޑަވެސް ޝައްކެތްވާނަމަ އަވަހަށް ފުލުހަށް ރިޕޯޓުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2019 | ބުރާސްފަތި 19:37
މަގުމަތީގައިި ބަޔަކު ސައިކަލް ދުއްވަނީ

މަގުމަތީގައިި ބަޔަކު ސައިކަލް ދުއްވަނީ

އީދު ބަންދަށް ފުރާ އެންމެހައި ފަރާތްތަކުން ދެފުރޮޅުލީ އެންގަމު އުޅަނދަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އަޟްހާ އީދަށް ވަމުން އަންނަ ތައްޔާރީތަކާއި ބެހޭ ގޮތުން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ހަނީފް ވިދާޅުވީ އަޟްހާ އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއް ރައްޔިތުން މާލެއިން ބޭރަށް ފުރާ ކަމަށެވެ. އެގޮތުން މާލެއިން ބޭރަށް ފުރާއިރު ވަރަށް މުހިންމު ކަންތައްތަކަކަށް ސަމާލުވާންޖެހޭ ކަމަށް ހަނީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޚާއްސަ ގޮތެއްގައި ސައިކަލުތައް މަގުމައްޗަށް ދޫކޮށްލާފައި ހުންނައިރު ވަގަށް އެޅަނދެއް ނުގެންދެވޭނެ ގޮތަށް އެޕާކުކޮށް ސަޓާލޮކްކޮށް ނުވަތަ ޑިސްކް ލޮކްކޮށް ނުވަތަ ޑިސްކް ތަޅެއް އަޅުން ވަރަށް މުހިންމު ކަމަށް ހަނީފް ވިދާޅުވިއެވެ.

ގިނައިން ވަގަށް ނަގަނީ ވޭވް ބްރޭޑްތަކުގެ ސައިކަލުކަން ފާހަގަކުރައްވައި ހަނީފު ވިދާޅުވީ ޚާއްސަ ގޮތެއްގައި މިފަދަ ސައިކަލުތައް ޚާއްސަ ސަމާލުކަމެއްދިނުމަށް އެދޭ ކަމަށެވެ. އަދި އުޅަނދެއް ޕާކުކޮށްފައިދާއިރު އަގުބޮޑު މުދާ ސައިކަލު މަޑިދަށުގައި ނުބެހެއްޓުމަށް އެދޭ ކަމަށާއި، ގިނަ ފަހަރަށް މަޑިދަށުގައި ހުންނަ މުދާ ވަގަށް ނަގާ ކަމަށް ރިޕޯޓްކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަނީފް ވިދާޅުވީ އީދު ޗުއްޓީއަށްދާއިރު ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައް ބަންދުކުރި ނަމަވެސް މިއޮފީސްތައް ރަނގަޅު ގޮތުގައި ބެލެހެއްޓޭނެ މެކޭނިޒަމެއް އޮފީސްތަކުން ހަދަން ޖެހޭ ކަމަށެވެ. އަދި 24 ގަޑިއިރު ޑިއުޓީ ނުކުރި ނަމަވެސް ރެންޑަމްކޮށް އޮފީސްތައް ބެލުމަކީ ބުއްދިވެރި ގޮތް ކަމަށާއި، ވައްކަމުގެ ކުޑަވެސް ޝައްކުވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އިލްތިމާސްކޮފައެވެ.

ދިރިއުޅޭ ގެއަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރައްވާ ހަނީފު ވިދާޅުވީ ގެތަޅުލާފައި ދާއިރު އިތުބާރު ކުރެވޭ ފަރާތަކަށް ގެ ހަވާލުކޮށްފައި ދިއުމަށް އެދޭ ކަމަށެވެ.

ހަނީފު ވިދާޅުވީ ގެތަޅުލާފައި ފުރާގެން ދާއިރު، ކޮންމެހެން ދިއްލަންޖެހޭ ލައިޓެއް ނޫނީ ނުދިއްލުމަށާއި، ގެއިން ފެންކަނޑާލާފައި ދިއުމަށް އެދޭ ކަމަށެވެ.

ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް އަލީ ވިދާޅުވީ ވައްކަން ކުރުމާއި، ފޭރުން ފަދަ ކަންކަން މެދުވެރިވަނީ ފުރުސަތުތަކެއް ހުޅުވިފައި ހުންނާތީ ކަމަށެވެ.

އިބްރާހިމް އަލީ ވިދާޅުވީ ގިނައިން ކުށްތައް އާންމުވަމުންދަނީ ރަށު ތެރޭގައި މީހުން މަދުވާ ދުވަސްވަރު ކަމަށާއި، އެގޭގައި މީހުން ދިރިނޫޅޭ ދުވަސްވަރު ކަމަށެވެ. އެހެންކަމުން ކުރީ ބައިގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިބްރާހިމް އަލީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް