Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީގެ ހިދުމަތް

ޓެކްސީ ކުރާ ފަރާތްތަކުން ބޮޑު އަގު ނަގާނަމަ ޖޫރިމަނާ ކުރަނީ

ސަރުކާރާއި ޓެކްސީ ކުރާ ފަރާތްތަކާއި މިކަމުގައި ހިޔާލު ތަފާތު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އޯގަސްޓު 2019 | ބުރާސްފަތި 03:35
ޓެކްސީއެއް ކައިރީގައި ޓްރެފިކް ފުލުހެއް ހުއްޓިލައިގެން

ޓެކްސީއެއް ކައިރީގައި ޓްރެފިކް ފުލުހެއް ހުއްޓިލައިގެން

މާލޭ ސަރަހައްދުގައި އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޓެކްސީ ކުރުމުގެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާއިރު ޓެކްސީ ކުރާ ފަރާތްތަކުން އެ އަގަށް ވުރެ ބޮޑު އަގު ނަގާނަމަ ޖޫރިމަނާ ކުރަން އެ އޮތޯރިޓީން ނިންމައިފިއެވެ.

ބުދަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓެކްސީ ކުރާ ފަރާތްތަކުން ބޮޑު އަގު ނަގާނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އަގުތައް ކަނޑައަޅާފައިވާއިރު އެ އަގުގެ އިތުރުން ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކުން އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމެކެވެ. ޓްރާންސްޕޯޓް އޮތޯރިޓީން މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރަކަށް 25 ރުފިޔާ ކަނޑައަޅާފައިވާއިރު މާލެ އިން ހުޅުލެއަށް، ހުޅުލެ އިން މާލެއަށް، ހުޅުމާލެ އިން ހުޅުލެއަށް، މީގެ އިތުރުން ހުޅުލެ އިން ހުޅުމާލެއަށް ކަނޑައަޅާފައިވަނީ ދަތުރެއް 60 ރުފިޔާއަށެވެ. އަދި މާލެ އިން ހުޅުމާލެއަށް، ހުޅުމާލެ އިން މާލެއަށް ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ.

އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން މިގޮތަށް ކަނޑައަޅާފައިވާއިރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެ ކަމަށް ބުނެ، ކަނޑައަޅާފައިވާ އަގުތަކުގައި ޓެކްސީ ހިދުމަތް ނުދޭނެ ކަމަށް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި އަގުތައް ބަލައިނުގަންނާނެ ކަމަށާއި އެއިއުލާނަށް އަމަލު ނުކުރާނެ ކަމަށް ސިޓީގައި ބަޔާންކޮށްފައެވެ. މިއަގުތަށް މިހެން ކަނޑައެޅީ ޓެކްސީ ޑްރައިވަރުންނަކީ އެތައް ހަރަދެއް ކުރަން ޖެހޭ ބަޔަކަށްވާތީ ކަމުގައިވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ޑްރައިވަރުންގެ ފަރާތުން ހުށައަޅާފައިވާ އަގުތަކުގައި ވަނީ ހުޅުލެއަށް ދަތުރުކުރާ އަގުތައް ފިޔަވައި މާލޭ ސަރަހައްދުގައި ކުރާ ހުރިހާ ދަތުރެއްގެ އަގުތައް ބޮޑުކުރާށެވެ. އަދި ހަމަ ކުރިން ނެގި އުސޫލުގެ ތެރެއިން ދާގީނާއަކަށް ފަސް ރުފިޔާ އަދި ވެއިޓިން ޗާޖަށް ކޮންމެ ފަސް މިނެޓަކަށް ހަތަރު ރުފިޔާގެ ރޭޓުން ނެގުމަށް ވެސް ހުށައަޅާފައިވެއެވެ.

އޭގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ޓެކްސީ ހިދުމަތް ދިނުމަށް އެޕްލިކޭޝަން ބޭނުން ނުކުރާނެ ކަމަށް ވެސް ބުނެފައެވެ. އެފަރާތުން ބުނެފައިވަނީ ރާއްޖޭގައި މިހިދުމަތް ދިނުމަށް އެޕްލިކޭޝަނެއް ބޭނުންކުރަން ޖެހޭކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޓެކްސީގެ ހިދުމަތް ދިނުމުގެ އަގުތައް ކަނޑައެޅި އިއުލާނުގައި ޓެކްސީގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް އެޕްލިކޭޝަން ބޭނުންކުރަން މަޖުބޫރުކޮށްފައި އޮތް އޮތުން ބާތިލް ކޮށްފައެވެ. އެންމެ ފަހުން ކުރި އިއުލާނުގައިވާ ގޮތުން ނަމަ މިހާރު ޓެކްސީ އެޕްލިކޭޝަން ބޭނުންކުރުން މަޖުބޫރު ކޮށްފައިވަނީ 1 އޮގަސްޓުގެ ފަހުން ރަޖިސްޓްރީކުރާ ޓެކްސީތައް އެކަންޏެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިތުރު އިއުލާނެއްގައި ވަނީ ޓެކްސީ ކުރާ ފަރާތްތަކުން، ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 އާއި ދެމެދު ކުރާ ދަތުރުތަކުން، ދަތުރަކަށް 5 ރުފިޔާ ނެގިދާނެ ކަމަށް ބުނެފައެވެ.

މި އަގުތަކާއި ދެކޮޅަށް ޑްރައިވަރސް އެސޯސިއޭޝަންއިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށައަޅާފައެވެ. އެއްވެސް ފަރާތަކުން މިކަމުގައި ދޫނުދޭނެ ކަމަށް ބުނެފައިވާ އިރު، ފުލުހުން ވެސް ވަނީ ކަނޑައެޅިފައިވާ އަގުތަކުގައި އެހިދުމަތް ފޯރުކޮށްދޭތޯ އާއި ޓެކްސީތަކުގެ ފެންވަރު ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު