Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ

އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް ކަމަށްވާ ''މޫލީ'' އުރީދޫ އިން ތައާރަފްކޮށްފި

8 އޯގަސްޓު 2019 | ބުރާސްފަތި 03:58

ތަފާތު ޔޫޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2019 | ބުރާސްފަތި 03:58
ރައީސް ސޯލިހު މޫލީ އިފްތިތާފް ކޮށްދެއްވަނީ

ރައީސް ސޯލިހު މޫލީ އިފްތިތާފް ކޮށްދެއްވަނީ

ޑިޖިޓަލް މޯލްޑިވްސް ނުވަތަ ސުމޭކީ ދިވެހިރާއްޖެއެއް ގާއިމްކުރުމަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ އައު އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" ރާއްޖޭގައި ތައާރަފް ކޮށްފިއެވެ.

މޫލީ އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަދޭ ޕްލެޓްފޯމެކެވެ.

މީގެތެރޭގައި، ޕްރޮޑަކްޓުތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާދެއްކުން، އަދި ބައްލަވައިގަތް މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދިނުން ހިމެނެއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ މޫލީ ރާއްޖޭގައި ރަސްމީކޮށް ތައާރަފްކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އަދި އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން އެވެ.

އުރޫދޫއިން ބުނީ މޫލީ މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދެވިގެންދާނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި، ރާއްޖޭގެ ތަފާތު ޔޫޓިލިޓީ ޚިދުމަތްތައް ކަމަށެވެ. އުރީދޫއިން ބުނީ ކުރިއަތް އޮތް ދުވަސްތަކުގައި، މި ޕްލެޓްފޯމް ވެގެންދާނީ ތަރުކާރީއާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، އަދި ސިއްޙީ އަދި ތައުލީމީ ޚިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭ އީ-ކޮމާސް މާކެޓްޕްލޭސް އަކަށް ކަމަށެވެ.

އުރީދޫއިން ބުނީ އީ-ކޮމާސް އަށް ޚާއްސަ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، މޫލީ ޕްލެޓްފޯމުގައި ގަނެވިއްކުމުގެ ތަޖުރިބާ އިތުރަށް ފަސޭހަ ކުރެވެމުންދާނެ ކަމަށެވެ. ހަމައެހެންމެ، ކަސްޓަމަރުން ކުރާ ތަފާތު މުޢާމަލާތްތަކަށް ބިނާކޮށް ދެވޭ ޚާއްސަ ލަފާތަކާއި، ޕްރޮޑެކްޓިވް އެނަލިޓިކްސް ބޭނުންކޮށްގެން ފޯރުކޮށްދޭ އެހީތެރިކަން، އެއްވެސް މެދުކެނޑުމަކާއި ނުލާ 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ޔަގީންކޮށްދެވޭ ފައިދާތަކުގެ ތެރޭގައި މުޅި ރާއްޖެއަށް ޑެލިވަރީކޮށްދިނުން، 100% އަސްލު ނުވަތަ ޖެނުއިން ބްރޭންޑުތައް، އިތުބާރާއިއެކު ވިޔަފާރިކުރެވޭ ޕްލެޓްފޯމެއް، ފަސޭހަކަމާއި އެކު ގަނެވިއްކައި، ވިޔަފާރި ކުރުމުގެ ފުރުސަތު، ލިބޭ ޕްރޮޑަކްޓުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، ފަސޭހަކަމާއި އެކު ބަދަލުކޮށްލެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

މޫލީއާ ބެހޭ ގޮތުން އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ މޫލީގެ ސަބަބުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް ފިހާރައަކަށް ދާންޖެހޭ ދިއުން ލުއިވެގެންދާނެ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކުދި ވިޔަފާރިތަކަށް، ފަސޭހަކަމާއި އެކު ވިޔަފާރިކޮށް، ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ހަމައަށް ވެސް އެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އުއްމީދަކީ، މޫލީ ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ވެސް ވަރަށް އެދެވޭ ފައިދާތަކެއް ލިބި، ދިވެހިންގެ ހަޔާތަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ފަހިވެގެންދިއުން ކަމަށް ނަޖީބް ހާން ވިދާޅުވިއެވެ.

މޫލީ އާއިއެކު، އުރީދޫއިން ކަސްޓަމަރުންނާއި ކުރިޔަށް ވުރެ ގާތްކޮށް، އެންމެ ގުޅޭގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ.

ޕްރެސްޓޯ އާއިއެކު އުރީދޫ މޯލްޑިވްސްއިން ތަޢާރަފް ކުރާ ޕްލެޓްފޯމް މެދުވެރިކޮށް، އެކި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކާއި ގުޅޭގޮތަށް، މުދާ ބައްލަވައިގަތުމުގައި ވަރަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދޭނެއެވެ. ބޭނުންކުރާ މިންވަރާއި، ގޮތްތަކާއި، ކަމުދާ ކަންކަމަށް ބެލުމަށް ފަހު އެކަސްޓަމަރަކާއި އެންމެ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ވިޔަފާރި ތަޖުރިބާ ލޭންޑިންގ ސްކްރީނުން ފެށިގެން ދާއިރު، ނިންމާލެވޭނީ ލޯޔަލްޓީ ޕޮއިންޓްސް ތަކެއް ހަދިޔާ ކުރެވިގެންނެވެ.

މީގެ އިތުރުން މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް އެހީތެރިވެ، އޮންލައިން ވިޔަފާރީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް ފަސޭހަކަމާއި އެކު މުދާ ފޯރުކޮށްދިނުމުގައި، އުރީދޫ މޫލީގެ ލޮޖިސްޓިކް ޕާޓްނަރ އަކީ ރެޑް ބޮކްސް އެވެ.

އަލަށް ތައާރަފް ކުރެވިފައިވާ މައި އުރީދޫ އެޕްގެ ފަހުގެ ވަރޝަންގައި މޫލީގެ އިތުރުން، މޮބައިލް އަދި ބްރޯޑްބޭންޑުގެ ޚިދުމަތްތައް މެނޭޖްކޮށް، އެމް-ފައިސާގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 އޯގަސްޓު 2020

މޫލީއަށް އެއް އަހަރު ފުރުން: ޚާއްސަ ހަރަކާތްތަކެއް މުޅި އޯގަސްޓް މަހު ކުރިއަށްދާނެ

09 އޯގަސްޓު 2020
މޫލީއަށް އެއް އަހަރު ފުރުން: ޚާއްސަ ހަރަކާތްތަކެއް މުޅި އޯގަސްޓް މަހު ކުރިއަށްދާނެ
25 ޖުލައި 2020

އައިފޯން އެސްއީ އުރީދޫ އިން ލޯންޗްކޮށްފި، މޫލީ މެދުވެރިކޮށް ގަނެވޭނެ

25 ޖުލައި 2020
އައިފޯން އެސްއީ އުރީދޫ އިން ލޯންޗްކޮށްފި، މޫލީ މެދުވެރިކޮށް ގަނެވޭނެ
24 ޖުލައި 2020

މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބޭ ޑިޖިޓަލް ކާނިވަލެއް

24 ޖުލައި 2020
މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބޭ ޑިޖިޓަލް ކާނިވަލެއް
22 މެއި 2020

މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ

22 މެއި 2020
މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ
11 މެއި 2020

ގިނަ ވިޔަފާރީތަކަކުން އުރީދޫގެ މޫލީއާ ގުޅިއްޖެ

11 މެއި 2020
ގިނަ ވިޔަފާރީތަކަކުން އުރީދޫގެ މޫލީއާ ގުޅިއްޖެ
02 މެއި 2020

މާންދޫ މަހުގެ ބާވަތްތައް މޫލީ މެދުވެރިކޮށް

02 މެއި 2020
މާންދޫ މަހުގެ ބާވަތްތައް މޫލީ މެދުވެރިކޮށް
19 އޮކްޓޯބަރު 2019

އައިފޯނަށް ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް ފޯން ޑެލިވަރ ކުރީ މޫލީ މެދުވެރިކޮށް: އޫރީދޫ

19 އޮކްޓޯބަރު 2019
އައިފޯނަށް ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް ފޯން ޑެލިވަރ ކުރީ މޫލީ މެދުވެރިކޮށް: އޫރީދޫ
27 ފެބުރުއަރީ 2019

އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް 'މޫލީ' އުރީދޫ އިން ތައާރަފްކޮށްފި

27 ފެބުރުއަރީ 2019
އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް 'މޫލީ' އުރީދޫ އިން ތައާރަފްކޮށްފި
16 އޯގަސްޓު 2018

އެވީ ކެމްޕެއިނާއެކު، އުރީދޫގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ޕްލެޓްފޯމްތައް ދައްކުވައި ދީފި

16 އޯގަސްޓު 2018
އެވީ ކެމްޕެއިނާއެކު، އުރީދޫގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ޕްލެޓްފޯމްތައް ދައްކުވައި ދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް