Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފަރ މާކެޓް

ޓޮޓެންހަމް އިން ޔުވެންޓަސްގެ ޑިބާލާއަށް 70 މިލިއަން ޕައުންޑް ދޭން ތައްޔާރު

ޑިބާލާ ކުރިޔަށް އޮތް ސީޒަނުގައި ފެނިގެންދާނީ ޕްރިމިއާ ލީގު ކުލަބަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 7 އޯގަސްޓު 2019 | ބުދަ 04:20
ޑިބާލާ

ޑިބާލާ

ޔުވެންޓަސްއަށް ކުޅެމުންއަންނަ އާޖެންޓީނާގެ ފޯވާޑް ޑިބާލާ ގަތުމަށް 70 މިލިއަން ޕައުންޑް ދޭން ޓޮޓެންހަމް އިން އޮތީ ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޑިބާލާ ކުރިއަށް އޮތް ސީޒަނުގައި ފެނިގެންދާނީ އިނގިރޭސި ކްލަބަކުން ކަމަށާއި މެންޗިސްޓާ ޔުނައިޓެޑްގެ އިތުރުން ޓޮޓެންހަމް އިން އޮތީ ޑިބާލާ ގަތުމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން ޓޮޓެންހަމް އިން 70 މިލިއަން ޕައުންޑްގެ ބިޑެއް ވަނީ ހުށަހަޅައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސް އިން ވަނީ 70 މިލިއަން ޕައުންޑަށް ޑިބާލާ ޓޮޓެންހަމް އަށް ވިއްކާލުމަށް އެއްބަސްވެފައެވެ.

ޔުވެންޓަސް އިން 25 އަހަރުގެ ޑިބާލާ ވިއްކާލުމަށް ތައްޔާރުވަމުންދާއިރު ޑިބޭލާ ގަތުމަށް ޔޫރަޕްގެ ބޮޑެތި ކްލަބް ތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން މެންޗިސްޓާ ޔުނައިޓެޑް، ޓޮޓެންހަމްގެ އިތުރުން ރެއާލުން ވަނީ ޑިބޭލާ އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޔުވަންޓަސްއާ 2015 ވަނަ އަހަރު ގުޅުނު ޑިބާލާ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އާއި އިންޓަ މިލާންވެސް ހިމެނެއެވެ.

ޔުވެންޓަސްއާ އެކު ޑިބާލާ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ރިޕޯޓްތައް ބުނާގޮތުން އޭނާ ހުރީ އެހެން ކްލަބަކަށް ބަދަލުވާން ތައްޔާރަށެވެ.

ޔުވަންޓަސް އަށް މިހާތަނަށް ކުޅުނު 191 މެޗުގައި 80 ލަނޑު ކާމިޔާބުކޮށްފައިވާ ޑިބާލާ ވަނީ އެ ކްލަބާ އެކު ތިން އިޓާލިއަން ލީގު، ތިން ކޮޕާ އިޓަލިއާ އަދި އެއް އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ. އާޖެންޓީނާ ގައުމީ ޓީމަށް 24 މެޗު ކުޅެފައިވާ ޑިބާލާ ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް އިޓަލީ ލީގުގެ ޓީމް އޮފް ދަ އިޔާގައި ހިމެނިފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު