Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގު

ދެވަނަ ކުއާޓަރގައި ދިރާގަށް 710 މިލިއަން ރުފިޔާ

3 އޯގަސްޓު 2019 | ހޮނިހިރު 14:15

ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރގައި ލިބިފައިވަނީ 210 މިލިއަން ރުފިޔާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 އޯގަސްޓު 2019 | ހޮނިހިރު 14:15
ދިރާގު ބިލްޑިންގ ދިއްލާފައި

ދިރާގު ބިލްޑިންގ ދިއްލާފައި

ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި 710 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ދިރާގުން އާންމު ކޮށްފައިވާ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގައި 710 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބިފައިވަނީ 708 މިލިއަން ރުފިޔާއެވެ. ދިރާގަށް ލިބުނު އާމްދަނީ ވަނީ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު 0.3 އިންސައްތަ އިތުރުވެފައެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރގައި ލިބިފައިވަނީ 210 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ފުރަތަމަ ކުއާޓަރގައި ފައިދާގެ ގޮތުގައި ލިބުނު 238 މިލިއަން ރުފިޔާއަށް ވުރެ 28 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ދިރާގުން ބުނެފައިވަނީ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު ދެވަނަ ކުއާޓަރގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ދަށަށް ދިޔައީ ފަތުރުވެރިންނަށް ދޭ ސީޒަނަލް ރޯމިންގެ ވިޔަފާރި ދަށްވުމުގެ ސަބަބުންނާއި، ހިންގުމުގެ ޚަރަދު ބޮޑުވުމުން ކަމަށެވެ.

2018 ވަނަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބި، ހިއްސާއަކަށް 11.91 ރުފިޔާ ބަހާފައެވެ. ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް 905 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2017 ވަނަ އަހަރާއި އަޅާބަލައިރު 0.8 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ދިރާގަށް އާމްދަނީގެ ގޮތުގައި 2018 ވަނަ އަހަރު ޖުމްލަ 2.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު, މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު، 5.4 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް