Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑިންސަން ކަވާނީ

ވައުދުވި ގޮތަށް އެއްބަސްވުން ނިމެންދެން ކްލަބުގައި މަޑުކުރާނަން: ކަވާނީ

3 އޯގަސްޓު 2019 | ހޮނިހިރު 14:01

ޕީއެސްޖީއާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 3 އޯގަސްޓު 2019 | ހޮނިހިރު 14:01
އެޑިންސަން ކަވާނީ

އެޑިންސަން ކަވާނީ

ވައުދުވި ގޮތަށް އެއްބަސްވުން ނިމެންދެން ކްލަބުގައި މަޑުކުރާނެ ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އެޑިންސަން ކަވާނީ ބުނެފިއެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަވާނީ ބުނީ، މިދިޔަ ސީޒަނުގައި ވެސް ބުނިގޮތަށް އެއްބަސްވުން ނިމެންދެން ކްލަބުގައި މަޑުކުރާނެ ކަމަށާއި، އެއީ ވައުދުވި ގޮތް ކަމަށެވެ.

ޕީއެސްޖީއާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ސްޕެއިންގެ ކްލަބްތައް ހިމެނެއެވެ.

ނަޕޯލީ ދޫކޮށްލުމަށް ފަހު 2013 ވަނަ އަހަރުގެ ޖުލައި މަހު ކަވާނީ ޕީއެސްޖީއަށް ބަދަލުވީ 64 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރަށެވެ. އެ އަށް ފަހު އޭނާ އެއްބަސްވުން އާކޮށްފައެއް ނުވެއެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 279 މެޗުގައި 193 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކަވާނީ ވަނީ ޕީއެސްޖީއާ އެކު ފަސް ލީގު ތަށި، ފަސް ލީގް ކަޕް އަދި ތިން ސުޕާކަޕް ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ފްރާންސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު 2017 ވަނަ އަހަރު ހޯދުމުގެ އިތުރުން ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ނަޕޯލީއާ އެކު ކޮޕާ އިޓަލިއާ ކާމިޔާބު ކޮށްފައިވާ ކަވާނީ ވަނީ ތިން ސީޒަނެއްގެ މަތިން ޓީމް އޮފް ދަ އިޔާގައި ހިމެނުމުގެ އިތުރުން 2010 ވަނަ އަހަރު އެ ލީގުގެ ފޭން އެވޯޑްވެސް ހޯދާފައެވެ.

އުރުގުއޭއާއެކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ ކަވާނީ ވަނީ އެ ޓީމަށް ކުޅުނު 114 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
24 މެއި 2017

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
11 މެއި 2017

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
28 އެޕްރީލު 2017

ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް

28 އެޕްރީލު 2017
ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް