Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ފުރަން އުޅެނިކޮށް ހުއްޓުވައިފި

އެމީހާ ހުއްޓުވާފައިވަނީ ބުދަ ދުވަހުގެ 19:45 ހާއިރު

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 1 އޯގަސްޓު 2019 | ބުރާސްފަތި 17:41
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން މުދާ އުފުލާ ދޯންޏަކުން ރާއްޖެތެރެ ރަށަކަށް ދިއުމަށް ފުރަން އުޅުނު މީހަކު ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ މި މީހާ ހުއްޓުވާފައިވަނީ ބުދަ ދުވަހުގެ 19:45 ހާއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން، ޓީ ޖެޓީގައި އޮތް މުދާ އުފުލާ ދޯންޏަކުން ރާއްޖެތެރެ ރަށަކަށް ދިއުމަށް މީހަކު ފުރަން އުޅޭ ކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

Advertisement - newsAdvertisement

ޑްރަގް އެންފޯރސްމެންޓް ޑިޕާޓްމެންޓްގެ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މައުލޫމާތު ލިބުނު މީހާ ޓީ ޖެޓީ ތެރޭގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

40 އަހަރުގެ އެ ފިރިހެން މީހާގެ ހަށިގަނޑު ބަލާފާސްކުރުމުގެ ތެރޭގައި އޭނާ ލައިގެން ހުރި ޖިންސުގެ ވައާތު ފަރާތުގެ ކުރިމަތި ޖީބުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 1 ރަބަރު ޕެކެޓް ފެނިފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފުލުހުން ބުނެފައިވަނީ އޭނާގެ ކޮންޑުގައި އަޅުވާފައި ހުރި ދަބަސް ބަލާފާސް ކުރި ކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 4 ޕެކެޓާއި 1 ކޮތަޅު ފެނިފައިވާކަމަށެވެ. އެހެންކަމުން އޭނާގެ އަތުން ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 80 ގްރާމެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު