Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ19 ވަނަ ރައްޔިތުން މަޖިލިސް

ޖޫން މަހުގެ ކުރިން ދިވެހިރާއްޖެ ކޮމަންވެލްތްގެ ފުރިހަމަ މެންބަރަކަށް ވާނެ: ޝާހިދު

31 ޖުލައި 2019 | ބުދަ 05:17

ކޮމަންވެލްތްގައި ރާއްޖެ ބައިވެރި ވުމުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 ޖުލައި 2019 | ބުދަ 05:17
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން ދިވެހިރާއްޖެ ކޮމަންވެލްތްގެ ފުރިހަމަ މެންބަރު ގައުމަކަމަށް ވާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ކޮމަންވެލްތާއި ރާއްޖެ ބައިވެރި ވުމުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށާއި އަންނަ އަހަރު ޖޫން މަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ޖަލްސާގެ ކުރިން ދިވެހިރާއްޖެ ކޮމަންވެލްތްގެ ފުރިހަމަ މެންބަރަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ބޭނުންވާ ސްކޮލާރޝިޕްތައް ކޮމަންވެލްތްގެ ތެރެއިން ލިބި، ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ލިބެންވާ ފުރުސަތުތަކާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮމަންވެލްތް ޕާލިމަންޓްރީ އެސޯސިއޭޝަންގައި ބައިވެރިވެވަޑައިގެން މަޖިލީހަށް ލިބެންޖެހޭ ފަސޭހަތަކާއި ލުއިތައް ލިބެންފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޕްރީލް މަހު ލަންކާގައި ހިނގި ބޮމުގެ ހާދިސާއާއި ގުޅިގެން ދިވެހި ދަރިވަރުންނަށް ވިސާ ލިބުމުގައި ދަތިތަކެއް ހުރުމުން އެކަމާއި ސްރީލަންކާ ސަރުކާރާއި ވާހަކަ ދައްކަވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު ސްރީލަންކާގައި އޮތީ ޚާއްސަ ހާލަތެއް ކަމަށާއި އެހާލަތް ދިވެހިން ހިތުގެ އަޑިން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ކުރަމުންދާ ދަތުރުތަކަށް މިއަދުގެ ސަރުކާރުން މިހާތަނަށް ފޮރިން މިނިސްޓްރީގެ ބަޖެޓުން ޚަރަދު ކުރެވިފައިވަނީ 7.5 މިލިއަން ރުފިޔާ ކަމަށެވެ.

އެއާއި ޚިލާފަށް ރައީސް ޔާމީންގެ ސަރުކާރުން ފޮރިން މިނިސްޓްރީގެ ދަތުރު ތަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި 27 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަންއެންގެން އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މިއަދު އޮތް ސަރުކާރަކީ ހުޅުވާލެވިގެން އަމަލުކުރަމުންދާ ސަރުކާރެއް ކަމަށާއި ކުރިން އޮތް ރައީސް ޔާމީންގެ ސަރުކާރަކީ އޮޅުވާލައިގެން ކަންހިނގާގޮތް ނޭނގި ކަންކަންކުރަމުން އައި ސަރުކާރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ކުރާ ދަތުރުތަކާއި ބައްދަލު ކުރާބޭފުޅުންގެ މައުލޫމާތައް ހިއްސާކުރަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް