Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބީއެމްއެލްގެ ހިއްސާއަކަށް 24 ރުފިޔާ: ދައުލަތަށް 390 މިލިއަން ރުފިޔާގެ އާމްދަނީއެއް

30 ޖުލައި 2019 | އަންގާރަ 21:36

ޖުމްލަ 129.17 މިލިއަން ރުފިޔާގެ ފައިދާ ބަހަން ނިންމާފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 30 ޖުލައި 2019 | އަންގާރަ 21:36
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިދާއިން ހިއްސާއަކަށް 24 ރުފިޔާގެ މަގުން ޖުމްލަ 129.17 މިލިއަން ރުފިޔާގެ ފައިދާ ބަހަން ނިންމައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގައި މިއަދަދުގެ ހިއްސާ ބަހަން ނިންމީ ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓަކަށް ފަހުގައެވެ. މިއީ ބީއެމްއެލްގެ ތާރީހުގައި ވެސް ބަހަން ނިންމި އެންމެ ބޮޑު ޑިވިޑެންޑެވެ.

މިނިންމުމުގެ ސަބަބުން ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ދިވެހި ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެކަމަށް ބެލެވޭއިރު، ޓެކްސްގެ އާމްދަނީ އާއި ހިއްސާގެ ފައިދާ އެއްކޮށްލުމުން ދައުލަތަށް 390 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ.

ބީއެމްއެލްއަށް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ޖުމްލަ 1.6 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ޓެކްސްއަށް ކެނޑުމުގެ ކުރިން ބީއެމްއެލްގެ ފައިދާ 1 ބިލިއަނަށް ވުރެ އިތުރުވީ ތިންވަނަ އަހަރެވެ.

އޭޖީއެމްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯގެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ޓިމް ސޯޔަރ ވިދާޅުވީ މިހާ ބޮޑު އަދަދެއްގެ ޑިވިޑެންޑެއް ބެހުމުން ހިއްސާދާރުން ލިބޭ ފައިދާއާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ސޯޔަރ ވިދާޅުވީ ބޭންކުގެ މާލީ ހާލަތު މިހާ ރަނގަޅުވުމުން އެކަމުގެ ހެޔޮ އަސަރު މުޖުތަމައަށް ވެސް ކުރާނެކަމަށެވެ. އެގޮތުން ފާއިތުވި އަހަރުގެ ތެރޭގައިވެސް ބޭންކުން ކޮމިއުނިޓީ މަޝްރޫއުތަކަށް ބޮޑު ހަރަދެއް ކޮށްފައިވާއިރު، މުސްތަގުބަލުގައިވެސް މުޖުތަމައަށް ފައިދާހުރި އިންވެސްޓްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް