Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ދުވަސްވީ މައްސަލަތައް ބެލުމަށް ވަކި މުހުލަތެއް، އަމަލު ނުކުރާ ގާޒީންނަށް ސުލޫކީ މައްސަލައިގެ އިންޒާރު

30 ޖުލައި 2019 | އަންގާރަ 18:41

ކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅޭ އުސޫލުން ހަމަހަމަ އަށް ބެހުމަށް އެންގުމަށް ވަނީ ލަފާދީފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 30 ޖުލައި 2019 | އަންގާރަ 18:41
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުގައި މިހާރު ހުރި ގިނަދުވަސްވީ މައްސަލަތައް ބެލުމަށް ވަކި މުހުލަތެއްދީ އެގޮތަށް އަމަލު ނުކުރާ ގާޒީންގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތިން މެންބަރުންގެ ކޮމިޓީއަކުން ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި ލަފާދީފި އެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅިގެން ޖޭއެސްސީއިން އެކުލަވާލި ރިޕޯޓުގައި އެ ކޯޓުގައި 10 އަރާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަތައް ތާވަލްކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް މުޅި މައްސަލައިގެ ތާވަލެއް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދިނުމަށްފަހު 45 ދުވަސް ތެރޭ މައްސަލަ ނިމޭ ގޮތަށް ތާވަލް ކުރުމަށް ލަފާ ދީފައިވެއެވެ. އަދި ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ތާވަލުކޮށް މުޅި މައްސަލައިގެ ތާވަލެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދިނުމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަަލުކުރަން ފެށުމަށްފަހު އެކޯޓަށް ހުށައެޅިފައިވާ މައްސަލަތަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާގޮތަށް މުޅި މައްސަލައިގެ އަޑު އެހުމުގެ ތާވަލެއް ކޮންމެ މައްސަލައަކަށް ދިނުމަށް ވަނީ ހުށައަޅާފައެވެ.

މީގެ އިތުރުން މައްސަލަތައް ގާޒީންނާއި ހަވާލުކުރުމުގައި ހަމަހަމަ ކަމެއް ނެތްކަމަށާއި މައްސަލަތައް ބެހުމުގައި ހަރުދަނާ އުސޫލެއް ނެތި ބައެއް ގާޒީންނަށް ބުރަ ބޮޑުވާގޮތަށް ކަމަށް ވާތީ މައްސަލަތައް ހުށަހެޅޭ ހަމަހަމަ އުސޫލުން ބެހުމަށް އެންގުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތަށް އަމަލު ކުރުމަށް އެކޯޓުގެ ގާޒީންނަށް އިރުޝާދުދީ އެ މުއްދަތުގެ ތެރޭގައި އަމަލު ނުކުރާ ގާޒީންގެ ސުލޫކީ މައްސަލަ ބެލުމުގެ އިންޒާރު އެ ރިޕޯޓުގައި ވަނީ ދީފައެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާއި 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުންނަށް ލާޒިމް ކޮށްފައިވާއިރު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތެއް ގަސްތުގައި އަމަލު ނުކުރުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ކަމެކެވެ.

ޖޭއެސްސީއިން ތައްޔާރު ކުރި ރިޕޯޓުގައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ފަހުން އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް މައްސަލައިގެ ތާވަލު މައްސަލައިގައި ހިމެނޭ ފަރާތަށް ދީފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކޮށް އެ ރިޕޯޓުގައި ވަނީ ފަނޑިޔާރަކާއި މައްސަލަ ހަވާލު ކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ގޮތެއް ކަނޑައަޅާފައި ނުވާނަމަ އިސް ގާޒީއަށް އަންގަން ވާނެކަމަށް ބުނެފައިވީ ނަމަވެސް މައްސަލަތައް ލަސްވުން މޮނިޓަރ ކުރުމުގެ އިޖުރާއަތަށް އެ ކޯޓުން އަމަލު ކޮށްފައި ނުވާކަމަށެވެ. އަދި މައްސަލަތައް އަވަސްކުރުމަށް އިސް ގާޒީ މަސައްކަތް ކޮށްފައި ނުވާކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އެކަންކަން ރަނގަޅު ކުރުމަށް ކޯޓުގެ އިސް ގާޒީއަށް ދެންނެވުމަށް ރޕޯޓުގައި ވަނީ ލަފާ ދީފައެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ދިގުލައިގެންދާ ކަމުގެ ޝަކުވާ ޖޭއެސްސީއަށް ހުށަހަޅަމުންދާތީ އެ ކޮމިޝަންގެ ތިން މެންބަރުންގެ ކޮމިޓީއަކުން ދިރާސާކޮށް އެކުލަވައިލި ރިޕޯޓު ރައްޔިތުންގެ މަޖިލިހަށް ވަނީ އަންގާރަ ދުވަހު ވަނީ ފޮނުވާފައެވެ. އެ ރިޕޯޓު އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މަޖިލީހުން ވަނީ މިހާރު ފޮނުވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް