Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީންގެ ހިޔާލީ ދުނިޔެ!

ވެރިކަމުގައި ހުންނެވި އިރު ކަންކުރެއްވީ ގައުމުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 30 ޖުލައި 2019 | އަންގާރަ 12:29
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

މީހުން ބުނެއުޅެއެވެ. އެއްޗެއްގައި ހުރި ފޮނި މީރުކަން އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ އެއެއްޗެއް އަތުން ބީވެގެން ދިޔުމުން ކަމަށެވެ. މިހަގީގަތް ހަމަ ޔަގީނުންވެސް އެންމެ ރަނގަޅަށް މިހާރު އެނގޭނީ އިދިކޮޅުގައި ތިބި ފަރާތްތަކަށެވެ.

ވެރިކަމުގައި ތިއްބެވި އިރު މަދުވީ ކޮން އެއްޗެއްތޯއެވެ؟ މަޖިލިހާއި، މިނިވަން މުއައްސަސާތަކާއި، ކޯޓުތަކާއި ދައުލަތުގެ ކުންފުނިތަކާއި، ދެން މިހެން ދަންނަވާކަށް ނެތެވެ. މި ގައުމާއި ދައުލަތް އޮތީ އޭރު ރައީސްއަކަށް ހުންނެވި ޔާމީން އަބްދުލް ގައްޔޫމްގެ ފައިންޕުޅު ދަށުގައެވެ. އަރިހުގައި ތިބި އެންމެން ތިބީ އެމަނިކުފާނު ޖެހިހާ ބެރަކަށް ނަށައިގެން، އެޅިހާ އަނދުނެއް އަޅައިގެން ކައިރީގައި އަތް ޖަހާ ސަނާ ކިޔާށެވެ. ރޯ މާ ދުވާލު މިއީ ރޭގަނޑޭ ބުންޏަސް ގަބޫލުކުރާ ހިސާބުގައެވެ. އެމަނިކުފާނާއި އެމަނިކުފާނަށް ތާއިދުކުރި ރައްޔިތުންނާއި، ހުރިހާ މޮޅެއް ހޯދައިގެން ތިއްބެވި ގާތް ބޭފުޅުން އުޅުއްވީ ރައީސް ޔާމީން ބިނާކުރެއްވި ހިޔާލީ ދުނިޔެއެއްގެ ތެރޭގައެވެ.

ތެދުކެވެ. ރައީސް ޔާމީނަކީ މިރާއްޖޭގެ ދިގު ތާރީހުގައި ވެސް ނުދެކޭހާ ތަރައްގީ ގެނެސްދެއްވި ރައީސްއެކެވެ. ބޮޑެތި މާސިންގާ ޓަވަރުތަކާއި ކަނޑު ހުރަސްކޮށް ދަތުރުކުރާ ބްރިޖަކާއި، ލޮނުގަނޑު ހުސްކޮށް ހިއްކި ބިންތަކާއި އެތަން މިތަނުގައި އެޅި އެއަރޕޯޓުތަކެވެ. ހުސް ތަރައްގީއެވެ. ޒަމާންތަކަކަށް ދެމިގެންދާނެ ތަރައްގީއެވެ. ބަލާބެލުމަށް ހައްތަހާވެސް ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވަން ޖެހޭ ސަބަބުތަކެއް ނޫންތޯއެވެ؟

އެކަމަކު އިންތިހާބުގެ ނަތީޖާ ދެއްކީ އެހެން މަންޒަރެކެވެ. އިންތިހާބުގައި އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން މުޅި ރާއްޖެ "ފަތަހަ" ކުރިއެވެ. އޭރު ރައީސް ޔާމީން އަރިހުގައި ތިއްބެވި "ހައިބަތު ބޮޑު" ސިޔާސީ ފަރާތްތަކުން ޖެހި މޮޅު ހިސާބުތައް މުގުރާލުމަށް ފަހުގައެވެ. އެމަނިކުފާނަށް ފެނިވަޑައިގެންނެވި މަންޒަރާ އިންތިހާބުގެ ނަތީޖާ އެއްގޮތަކަށް ވެސް ދިމަލެއް ނުވިއެވެ. އެކަމާ ހިތްނުތަނަވެސްވަޑައިގެންނެވި ވަރުން އަދިވެސް އެވާހަކަތައް ދެއްކެވުން ހުއްޓާ ނުލެވިގެން މިއުޅުއްވަނީ ކީއްވެގެންތޯ؟ ހަމަ އެހިޔާލީ ދުނިޔޭގައި އުޅުއްވާތީތޯ އެވެ.

އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާ އެކު އެމަނިކުފާނާއި އެކު އޭރު ތިއްބެވި ބައިވެރިންނާ އެކު ރައީސް ޔާމީން އަވަސްވެވަޑައިގެންނެވީ އިންތިހާބު ބާތިލުކުރުމަށް މަސައްކަތް ކުރެއްވުމެވެ. ރައީސް ޔާމީންއާއި ބައިވެރިން ދެއްކެވީ ފާހަގަ ފުންމާ ވާހަކައާއި، އަނގޮޓީތަކާއި ޖާދުވީ ދެލީގެ ގަލަމުގެ ވާހަކައެވެ. އެއްކަލަ ހިޔާލީ ދުނިޔޭގައި ހަގީގަތަށް ހަދައިގެން އުޅުނު ވާހަކަތަކެވެ. މާތް ﷲގެ ހެޔޮ ރަހުމަތްޕުޅުން، ކުރިން ރައީސް ޔާމީންގެ ފައިންޕުޅު ދަށުގައި އޮތް ކޯޓުތަކާއި މުއައްސަސާތަކުން އެކަމަށް އެއްބާރުލުމެއް ނުލިބުނެވެ. އިންތިހާބުގެ ނަތީޖާ ދެމެއްހެއްޓީއެވެ.

އެހިސާބުންވެސް ރައީސް ޔާމީންގެ ހިޔާލީ ދުނިޔެއިން ނިކުމެވަޑައިނުގެން އެމަނިކުފާނާއި އަރިހުގައި ބާކީތިބި "ފަހުލަވާނުން" ގޯސްކުރެއްވީ އެމަނިކުފާނު ނޫން ދެންތިބިހާ އެންމެނެވެ. ގައުމުގެ ރައްޔިތުންގެ ވެސް އިހުލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވީ ހަމަ އެމަނިކުފާނެވެ. އަދިވެސް ހަޖަމުވެވަޑައިނުގެން ކޮންމެވެސް މަންސައެއްގެ މަތީގައި ލިބޭ ކުޑަވަގުތުކޮޅުގައި ވެސް ދައްކަވަނީ ހަމަ އެވާހަކަތަކެވެ.

ހަނދާނަށް އަންނަނީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ރ. ދުވާފަރުގައި މަނިކުފާނު ދެއްކެވި ވާހަކަފުޅެކެވެ. ސަލާމް ކުރައްވަން އައި ސަފުތައް ދިގުވެގެން، އެސަފުތަކުގެ ކޮޅު ނުފެންނަ ވާހަކައެވެ. ސައިފޮދު ހިއްޕަވަން ވަޑައިގެންނެވި އިރުވެސް، ސައިފޮދު ހިއްވަޕައިގެން ނިކުމެ ވަޑައިގެންނެވި އިރުވެސް ސަފުތައް ހުސްނުވާ ވާހަކައެވެ. އެހެރަ ދިގު ސަފުތައް ނެރެގެން ވެސް އެމަނިކުފާނަށް އެރަށުގެ ރައްޔިތުންގެ ވޯޓުން ކުރި ލިބުނީ އެންމެ 12 ވޯޓުގެ ތަފާތުންނެވެ. ސަފުތަކަކީ ވެސް އެހިޔާލީ ދުނިޔޭގައި ދަމާލީ ސަފުތަކެއް ކަމަށް ބެލުމުގެ ޖާގައެއް ނެތްތޯއެވެ؟

ރައީސް ޔާމީންއެވެ. މަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިނުގެންނެވީ ރައްޔިތުންނަށް އެތަރައްގީ ނުފެނިގެންނެއް ނޫނެވެ. ނޫނީ އެކަންކަން ރައްޔިތުން ބޭނުންނުވާތީ އެއްވެސް ނޫނެވެ. ނޫނީ ރައްޔިތުންގެ އިހުލާސްތެރިކަމެއް ނެތީމަ އެއްވެސް ނޫނެވެ. ހަގީގަތުގައި މަނިކުފާނަށް ވެރިކަން ދިފާއު ނުކުރެވުނީ ކުރި އެއްވެސް ކަމެއްގައި އެއްވެސް އިހުލާސްތެރިކަމެއް ނެތީމައެވެ. މުލަށްދަނޑީގެ ބާރުން ވެރިކަންކުރާ ވެރިޔެއްގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ތިބެން ރައްޔިތުން ބޭނުންނުވީމައެވެ. ހުރިހާވެސް މައްސަލައަކީ އެމަނިކުފާނު ރައްޔިތުންނާ ދުރު ހިޔާލީ ދުނިޔެއެއްގައި އުޅުއްވާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު