Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުޅަނދު ބުރު

ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން

28 ޖުލައި 2019 | އާދީއްތަ 03:49

ފުޅަނދު ބުރުތައް ބާއްވާފައިވަނީ ދެ އަހަރުގެ މެދު ކެނޑުކަމަށް ފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޖުލައި 2019 | އާދީއްތަ 03:49
ފުޅަނދު ބުރުތައް

ފުޅަނދު ބުރުތައް

ރަށްތަކުގައި އީދު އަދި މިނިވަން ދުވަހުގެ އެކި ހަރަކާތްތައް ބާއްވާ ގޮތަށް މާލެސިޓީގައި ބޭއްވުމަކީ ދަތިކަމެކެވެ. އެއީ ދުއްވާ އުޅަނދުތައް ގިނަވެފައި، މަގުމަތީގައި އޮންނަ ޖާގައިގެ ދަތިކަމުންނެވެ. މި ދަތިކަން ހައްލުކޮށް ދުވަހުގެ އުފާވެރިކަން އިތުރު ކޮށްދިނުމަށްޓަކައި މާލެސިޓީ ކައުންސިލުންނާއި ޓްރާންސްޕޯޓް އޮތޯރިޓީން އެ ދުވަސްތަކުގެ ހަވީރު ވަގުތަކީ އުޅަނދުތައް ދުއްވުން މަނާ ގަޑިއެއްގެ ގޮތުގައި އާންމު ގޮތެއްގައި ކަނޑައަޅައެވެ. މި އަހަރުގެ މިނިވަން ދުވަހުގައި ވެސް ސަރުކާރުން އަމަލުކޮށްފައިވަނީ އެފަދައިންނެވެ.

ފާއިތުވި ފަސް އަހަރު ރާއްޖޭގައި މިނިވަން ދުވަސް ކުރީގެ ސަރުކާރުން ފާހަގަކުރި ނަމަވެސް ފާއިތުވި ދެ އަހަރު ފުޅަނދު ބުރުތައް ނުބާއްވައެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި ސަރުކާރުން ފުޅަނދު ބުރުތައް ބާއްވަން ނިންމުމުން އާންމުންގެ ފަރާތުން އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

މިނިވަން ދުވަހު ހަމަގައިމު ވެސް ކުޑަކުދިން އިންތިޒާރު ކުރަމުންދާނެ ވަގުތަކީ "ބޭން" ބަލަންދާން ލިބޭނެ ވަގުތާއި ފުޅަނދު ބުރުތައް ބަލާލައި އެ އުޅަނދުތަކުން ބަހާ "މެޓާ" ތަކާއި ހަދިޔާތައް ލިބޭ ވަގުތަށެވެ. މާލޭ ސިޓީގައި ހޮނިހިރު ދުވަހު ފުޅަނދު ބުރުތައް ބެލުމަށްޓަކައި މަގުތަކަށް ނިކުތް އާއިލާތައް އިންތިހާއެވެ. ކުޑަކުދިން ޒީނަތްތެރިކޮށްގެން، މަގުތަކަށް ވަނީ ނިކުމެފައެވެ. އަދި ބައެއް ބެލެނިވެރިން ކުޑަ ކުދިން ކޮނޑުމައްޗަށް އެ ކުދިންނަށް ފުޅަނދުތައް ދެއްކުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. ފުޅަނދުތަކުން ރާއްޖޭގެ ހިތްގައިމު ޖަޒީރާވަންތައް ދިރިއުޅުން ދައްކުވައިދީފައިވާއިރު އަނެއްބައި އުޅަނދުތަކުން ވަނީ ކާޓޫން ކެރެކްޓާޒް އާއި ބޮޑުބެރުގެ ހަރަކާތްތައް ވެސް ދައްކާލާފައެވެ. ކުޑަކުދިންނަށް އެކާޓޫން ކެރެކްޓާޒްތައް ފެނުމުން އުފަލުން އެ މީހުންނަށް ގޮވާ ހަދައެވެ. އަދި ސަލާމް ކުރުމަށްޓަކައި ވެސް މަސައްކަތް ކުރެއެވެ.

އަޅުގަނޑަށް ވެސް މި ފުޅަނދު ބުރުގެ މަންޒަރުތައް ވަރަށް ކައިރިން ފެނިގެން ދިޔައެވެ. ސަބަބަކީ އަޅުގަނޑު އެ ހަރަކާތް ކަވަރު ކުރަން ދިޔުމުންނެވެ. އަޅުގަނޑު ވެސް މި ހަރަކާތް ކަވަރު ކުރަން ދިޔައީ އިންތިހާއަށް ނަލަ ހެދިލާ ދިވެހިންގެ ފަހުރުކަމުގައިވާ "ދިވެހިލިބާސް" ލައިގެންނެވެ. މަގުމަތީގައި މި ހަރަކާތްތައް ކަވަރު ކުރުމަށް އުޅުނުއިރު އަޅުގަނޑު ފެނުމުން ކުޑަކުއްޖަކު އޭނަގެ މަންމަ އަށް ގޮވުމަށްފަހު "މަންމާ އެ ދަނީ އާމިނާބީ" އޭ ބުނި އަޑު އެހީމެވެ. އެހެން އިވުމާއެކު އަޅުގަނޑު އެ ދިމާލަށް ބަލާލީމެވެ. ބަލާލުމަށް ފަހު ކުއްޖާއަށް ޓާޓާ ކިޔާލާ ހީލީމެވެ. އެ ކުއްޖާ ވެސް ބަދަލުގައި ޓާޓާ ކިޔާ އަނެއްކާ ވެސް "އެއީ އާމިނާބީ" ކިޔާ ދެ ތިން ފަހަރަށް ތަކުރާރު ކޮށްލިއެވެ. މިނިވަން ދުވަހުގެ މި ހަރަކާތްތަކާއި ގުޅިގެން އެ ކުއްޖާގެ މޫނަށް ވެސް އިތުރު ހިނުތުވުމެއް ގެނުވާ، އެ ކުއްޖާގެ ގެއަށް އެ ދިޔައީ "އާމިނާބީ" ފެނުނު ކަމުގެ ފޮނި އުންމީދާއެކުގައެވެ. އަޅުގަނޑުމެން އެންމެން ދެކެން ބޭނުންވަނީ ވެސް ރާއްޖެއިން މިފަދަ އުފާވެރި މަންޒަރުތަކެކެވެ. އާއިލާތައް އެކީގައި ކުޑަކުދިން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، އެންމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން އާލާވެ ބަދަހިވެގެންދާ މަންޒަރެވެ. ހަމަގައިމު ވެސް މި ފުޅަނދު ބުރުން ކުޑަކުދިންގެ ހިތްތަކަށް އުފާވެރިކަން އިންތިހާއަށް ގެނުވައިފިކަން ޔަޤީނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

08 މެއި 2021

ކުދިންނަށް ދޭނެ ވެކްސިނެއް ނެތް، ކުޑަކުދިންނަށް އިތުރަށް ސަމާލުވޭ!

08 މެއި 2021
ކުދިންނަށް ދޭނެ ވެކްސިނެއް ނެތް، ކުޑަކުދިންނަށް އިތުރަށް ސަމާލުވޭ!
08 ފެބުރުއަރީ 2021

ވެކްސިނާއެކު އުއްމީދު އައުވެ، ސިއްހީ ޚިދުމަތްތެރިންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިފި

08 ފެބުރުއަރީ 2021
ވެކްސިނާއެކު އުއްމީދު އައުވެ، ސިއްހީ ޚިދުމަތްތެރިންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިފި
04 ފެބުރުއަރީ 2021

ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް!

04 ފެބުރުއަރީ 2021
ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް!
22 މާރިޗު 2020

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

22 މާރިޗު 2020
ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!
08 މާރިޗު 2020

ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟

08 މާރިޗު 2020
ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟
24 ނޮވެމްބަރު 2018

އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!

24 ނޮވެމްބަރު 2018
އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!
21 އޯގަސްޓު 2018

ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

21 އޯގަސްޓު 2018
ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި
26 ޖުލައި 2018

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

26 ޖުލައި 2018
ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން
01 ފެބުރުއަރީ 2018

ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!

01 ފެބުރުއަރީ 2018
ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް