Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

"އިންޝާﷲ" ގައި ސަލްމާން އާއި އާލިއާގެ އިތުރުން އިތުރު ތަރިއެއް

ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ޖުލައި 2019 | ހުކުރު 13:44
ސަލްމާން ޚާން އާއި އާލިއާ ބަޓް

ސަލްމާން ޚާން އާއި އާލިއާ ބަޓް

ސަންޖޭ ލީލާ ބަންސާލީގެ އަންނަން އޮތް ފިލްމް "އިންޝާﷲ" ގައި ލީޑް ރޯލުން ފެނިގެންދާނީ ސަލްމާން ޚާން އާއި އާލިއާ ބަޓް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ޕިންކް ވިލާގައި ރިޕޯޓްކޮށްފައިވާގޮތުން ބަންސާލީގެ ގިނަ ފިލްމްތަކުގައި ފިލްމްގެ ލިޑް ރޯލުން ވަނީ ތިން ތަރިން ފެނިގެން ގޮސްފައެވެ. އެގޮތުން ބަންސާލީގެ ކާމިޔާބު ފިލްމްތައް ކަމަށްވާ "ބާޖިރާއޯ މަސްތާނީ"، ޕަދްމާވަތް" އަދި "ހަމް ދިލް ދެ ޗޫކޭ ސަނަމް" ގައި ވެސް ތިން ތަރިން ވަނީ ލީޑް ރޯލުން ފެނިގެން ގޮސްފައެވެ.

މި ފިލްމްތަކާއި އެއްގޮތަށް "އިންޝާﷲ" ގައި ވެސް ދެވަނަ ބަތަލާއެއްގެ ރޯލުން ޒުވާން ތަރިއަކު ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަލްމާން އާއި އާލިއާ ލީޑް ރޯލުން ފެނިގެންދާ ލޯބީގެ މިފިލްމްގައި ޚާއްސަ ރޯލަކުން ފެނިގެންދާ ދެވަނަ ބަތަލާ އަކީ ކޮންތަރިއެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

"އިންޝާﷲ" ގައި ސަލްމާން ފެނިގެންދަނީ އުމުރުން 40 ގެ އަހަރުތައް ގުނަމުންދާ ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. އާލިއާ ފެނިގެންދާނީ ކާމިޔާބު ޒުވާން ބަތަލާއެއްގެ ރޯލުންނެވެ. މި ފިލްމްގައި ސަލްމާން ދައްކުވައިދެވީ އޭނާއަށް ވުރެ އުމުރުން 20 އަހަރު ޒުވާން އަންހެންކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ މަންޒަރެވެ.

މި ފިލްމްގެ ޝޫޓިން އަންނަމަހު ފެށުމަށް ހަމަޖެހިފައިވާއިރު ސަންޖޭ މިވަގުތު ދަނީ ފިލްމް ޝޫޓު ކުރާނެ ތަނެއް ހޯދަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމް ވެގެން ދާނީ 20 އަހަރަށް ފަހު ބަންސާލީ އާއި އެކު ސަލްމާން މަސައއކަތް ކުރާ ފިލްމަށެވެ. ސަލްމާން އެންމެ ފަހުން ކުޅެފައިވާ ބަންސާލީގެ ފިލްމަކީ "ހަމް ދިލްދެ ޗޫކޭ ސަނަމް" އެވެ. މި ފިލްމްގައި ސަލްމާން އާއި އެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ އައިޝްވަރިޔާ ރާއި އާއި އަޖޭ ދޭވްގަން އެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު