Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބިލްތައް ނުލިބި ޚިދުމަތް ކަނޑާލުން

ބިލްތައް ހަވާލުކޮށްދިނުމަކީ ގްރައުންޑް ފްލޯގައި ދިރިއުޅޭ ބައެއް ޒިންމާއެއްތަ؟

ބިލް ގޭގައި ދިރިއުޅޭ މީހުންނަށް ނުލިބި ގެއްލޭ މައްސަލަ ބޮޑު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޖުލައި 2019 | ހުކުރު 10:04
މާލެ ސިޓީ

މާލެ ސިޓީ

ބުރަ މަސައްކަތުގައި ޑިއުޓީގައި އުޅުމަށްފަހު ދިޔައީ ގެއަށެވެ. ވެފައި ހުރި ވަރުބަލިކަމަށް އިތުރު ވަރުބަލިކަމެއް ލިބިގެންދިޔައީ 4 ވަނަ ފަންގިފިލާގައި ދިރިއުޅޭތީ ސިޑިން އެއަރަންޖެހޭ އެރުމަށްށެވެ. ނަމަވެސް އެނޫން ގޮތެއް ނެތްތާއެވެ. ހިތްވަރުކޮށްލާފައި އެރިއިރު އެޕާޓްމެންޓްގައި ކަރަންޓެއް ނެތެއެވެ. ނަމަވެސް ކަރަންޓް ނެތީ ހަމައެކަނި އެޕާޓްމެންޓްގައެވެ. ވީގޮތް ބެލުމަށް ދިޔައިރު ގްރައުންޑް ފްލޯރ ކަރަންޓު މީޓަރު ބޯޑުގައި ސްޓްލްކޯއިން ހުރީ ތަޅު އަޅުވާފައެވެ. ރުޅިވެރިކަމާއެކު މިވާހަކަ ހިއްސާކުރީ ސަރުކާރުގެ ވަޒީފާގައި އުޅެމުން އަންނަ އުމުރުން 23 އަހަރުގެ އަންހެން ކުއްޖެވެ.

މިޒުވާނާ ކިޔާދިން ގޮތުގައި އެޕާޓްމެންޓު ކަރަންޓު ކަނޑާލީ އެއްމަހުގެ ބިލް ނުދައްކާ އޯވަރ ޑިއުވެގެންނެވެ. ނަމަވެސް ކަރަންޓު ބިލް އެގެއަށް ނުލިބޭ ކަމަށާއި، އެގެގާއި ދިރިއުޅޭ އެހެން މީހަކަށް ވެސް ކަރަންޓު ބިލް ނުފެންނަކަމުގެ ޔަގީންކަން އޭނާ ދިނެއެވެ. ކަރަންޓު ބިލް ނުލިބި ބިލެއް އޯވަރޑިއުވެގެން ކަރަންޓު ބޯޑުގައި ތަޅު އެޅުމަކީ ބޮޑު މައްސަލައެއްތާއެވެ.

މިމައްސަލާގައި އުފެދުނު ޝައުގުވެރިކަމެއްގެ ސަބަބުން ކަން ހިނގާ ދިޔަ ގޮތް ބެލުމަށް އެކުވެރިޔާއާއެކު އެގެއަށް ގޮސް އެގޭގެ އެހެން އެޕާޓްމެންޓްތަކުގައި އުޅޭ ބައެއް މީހުންނާ ވާހަކަ ދައްކާލީމެވެ. ވާހަކަ ދެއްކުމުން އެނގުނީ ކަރަންޓު ބިލު ނުލިބެނީ ހަމައެކަނި އެކުވެރިޔާ ދިރިއުޅެމުން އަންނަ އެޕާޓްމެންޓައް ނޫން ކަމަށާއި، ބިލް ނުލިބި ބިލް ނުދެއްކިގެން ކަރަންޓު ކަނޑާލަނީ ވެސް އެޕާޓްމެންޓުން އެކަންޏެއް ނޫނެވެ.

ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކަރަންޓު ބިލް ލިބެނީ ހަމައެކަނި ގްރައުންޑް ފްލޯގައި ދިރިއުޅޭ އެޕާޓްމެންޓަށް އެކަންޏެވެ. އެޕާޓްމެންޓްގެ ތަޅުގައި ހުރިހާ ފްލޯރތަކެއް ބިލްތައް ހުންނަނީ ބަހައްޓާފައެވެ. އެމީހަކު ނަގަންޏާ ނަގަންވީއެވެ. ބައެއް މަސްތަކުގައި ބިލްތައް ގެއްލިގެން ވެސް އުޅޭ ކަމަށް އެމީހާ ބުންޏެވެ.

ގްރައުންޑް ފްލޯރގައި ދިއުޅެމުން އަންނަ ދައްތައަކު ކިޔާދިން ގޮތުގައި ބިލްތައް ލިބުމުން އޭނާ ބޭރުގެ ދޮރުތަޅުގައި އަޅުވައި، މަސް ނިމިގެންދާއިރު ވެސް ބައެއް މީހުން ބިލްތައް ނުނަގާ ކަމަށް އެދައްތަ ފާހަގަކުރިއެވެ. ގެއަށް ވަދެ ހަދާ މީހުން ގާތު ބިލް ނެގުމަށް ބުނާ ކަމަށާއި، ބައެއް ފަހަރު ބިލްތައް އެއެޕާޓްމެންޓްތަކަށް ގެންގޮސްދޭ ކަމަށް ވެސް ބުންޏެވެ.

ބިލްތައް އެޕާޓްމެންޓްތަކުގައި ދިރިއުޅޭ އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ގްރައުންޑް ފްލޯރގައި ދިރިއުޅޭ ބައެއް ޒިންމާއަކަށް މިއޮތީވެފައިތާއެވެ. މިމައްސަލާގައި މާލޭގައި އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދެއްކުމުން އެނގުނީ މިއީ ހަމައެކަނި އެގެއަށް ދިމާވާ މައްސަލަ ނޫންކަމެވެ.

އެހެން މީހަކު ކިޔާދިން ގޮތުގައި ކަރަންޓު ބިލްތަކާއި ފެންބިލްތައް ދޫކޮށްލަނީ ގްރަންޑު ފްލޯރގައި ހުންނަ ކަރަންޓު ބޯޑުގެ މައްޗަށެވެ. ބޯޑުގެ ދޭތެއަށް ބައެއް ފަހަރު ޖަހާފައި ހުންނަ ކަމަށާއި، ބައެއް ފަހަރު އެތަނުން ބިލް ގެއްލޭ ކަމާއި، ބިލް ނުފެނިގެން ސްޓެލްކޯއަށް ގޮސް ބިލް ދެއްކި ފަހަރު މަދު ނުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ބިލް ނުލިބި ބިލް ނުދެއްކިގެން ޖޫރިމަނާއާއެކު އަންނަ ބިލަށް ފައިސާދެއްކި ފަހަރުތައް މަދުނުވާނެކަން އޭނާ ފާހަގަކުރިއެވެ.

މިޒުވާނާ ކިޔާދިން ގޮތުގައި ކަރަންޓު ބިލްގެ އިތުރުން ފެން ބިލަށް ވެސް މިހެން ދިމާވާ ފަހަރު މަދެއް ނޫނެއެވެ. ކަރަންޓު ބިލާ ހިލާފަށް ފެން ބިލްއަކީ ކުޑަ ކަރުދާސްކޮޅެއްކަމުން ގިނައިން ގެއްލެއެވެ.

ކަރަންޓު ބިލާ ފެން ބިލް އޮންލައިންކޮށް ދެއްކޭ ގޮތް ހެދީ ރައްޔިތުންނަށް ލުއިކޮށްދިނުމަށްޓަކައެވެ. ބޮޑު ކިޔުގައި ޖެހި ގިނަ ވަގުތުތަކެއް ބޭކާރުވާތީއެވެ. އޮންލައިންކޮށް ބިލްތައް ދެކޭ ގޮތް މަގުފަހިވުމުން އެތަނަށް ގޮސް ބިލް ދައްކާ ފަރާތްތައް އިންތިހާއަށް މަދެއެވެ. މިލުއި ފަސޭހައާއެކު މިއޮތީ ބިލްތައް ގެއްލޭ މައްސަލަ ފެންމަތިފައެވެ. ބިލްތައް އެހެން ފްލޯރ ތަކުގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމަކީ ގްރަންޑް ފްލޯރގައި ދިރިއުޅޭ ބައެއްގެ ޒިންމާއަކަށްވެފައެވެ.

ނަމަވެސް ގިނަ ބިލްތަކެއް ގްރައުންޑް ފްލޯގައި ދިރިއުޅޭ މީހުންނާ ހަވާލުކޮށްފައިދާއިރު ސްޓެލްކޯގެ އޮފިސަރަށް ވެސް އެމްޑަބްލިޔުއެސް އޮފިސަރަށް ވެސް މިކަންތައް ކުރެވެނީ ރަނގަޅަށް ނޫންކަން އެނގޭނެއެވެ. އެޕާޓްމެންޓްތަކުގައި ދިރިއުޅޭ މީހުންނަށް ބިލް ހަވާލުކޮށްދިނުމަކީ އެމީހުންގެ ޒިންމާއެކެވެ.

މިމައްސަލައާ ގުޅިގެން ސްޓެލްކޯއިން ބުނީ މިފަދަ ޝަކުވާއެއް އެއްވެސް ފަރާތަކުން ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ސްޓެލްކޯގައި ކޮންޕްލެއިން ޑެސްކެއް ހުންނަ ކަމަށާއި، މައްސަލައެއް ދިމާވެއްޖެނަމަ ހުށަހެޅުމުން އެކަމަށް ހިނގި ގޮތް ބަލާނެ ކަމަށެވެ. މިމައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ބިލްތައް ނުލިބި ގެއްލޭ މައްސަލާގައި ދެފަރާތުގެ ވެސް އިހުމާލު އެބައޮތެވެ. އެމަހެއްގައި ބިލް ނުލިބޭނަމަ އެކަން އެމުއައްސަސާއެއް ސަމާލުކަމަށް ގެނައުމަކީ ގޭގައި ދިރިއުޅޭ މީހުން ޒިންމާއެކެވެ. ގްރައުންޑް ފްލޯގައި ދިރިއުޅޭ މީހުންނާ ހުރިހާ ބިލެއް ހަވާލުކުރާއިރު، އެވަގުތު އެބިލްތަކާ ހަވާލުނުވުމުގެ އިހުތިޔާރު ވެސް ލިބެއެވެ. އަދި އެކަން އެއޮފިސަރުންގެ ސަމާލުކަމަށް ގެނައުމުން ވެސް ހައްލު ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ. މީގެ އިތުރުން ސްޓްލެކްކޯއާ އެމްޑަބްލިޔުއެސްސީން ބިލްތައް ހަވާލުކުރާ އޮފިސަރުންގެ މަސައްކަތް މޮނިޓަރ ވެސް ކުރަންޖެއެވެ. ސިޑިން އެރުމަކީ ބުރަ މަސައްކަތަކަށް ވާއިރު، މިނޫން ގޮތަށް މިއިންތިޒާމްތައް ހަމަޖައްސަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ދިރިއުޅޭ ރައްޔިތުން ކެތްމަދުވެފައި، 2 ގަޑިއިރު ތެރޭގައި ބުކިންގ ފުލް!

މާލޭގައި ދިރިއުޅޭ ރައްޔިތުން ކެތްމަދުވެފައި، 2 ގަޑިއިރު ތެރޭގައި ބުކިންގ ފުލް!

09 ފެބުރުއަރީ 2023
ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ އާއިލާތައް ބޭނުންކޮށްގެން ޓިކްޓޮކުން ނާޖާއިޒު ފައިދާ ނަގަނީ؟

ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ އާއިލާތައް ބޭނުންކޮށްގެން ޓިކްޓޮކުން ނާޖާއިޒު ފައިދާ ނަގަނީ؟

05 ނޮވެމްބަރު 2022
އަޅެ، ކުލި ދައްކައިގެން އުޅެނީ ހަމައެކަނި ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންތަ؟

އަޅެ، ކުލި ދައްކައިގެން އުޅެނީ ހަމައެކަނި ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންތަ؟

15 އެޕްރީލު 2022
ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުން، މުއްދަތު އިތުރުކުރުން ރަނގަޅު؟

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުން، މުއްދަތު އިތުރުކުރުން ރަނގަޅު؟

26 ޑިސެމްބަރު 2021
ވިއްސާރައިގެ ސަބަބުން ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ތަކުލީފެއް!

ވިއްސާރައިގެ ސަބަބުން ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ތަކުލީފެއް!

18 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު