Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

މީރާ ބޯޑަށް ބަދަލުތަކެއް ގެނެސް، ޓެކްސް ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަދަނީ

ފިނޭންސް މިނިސްޓްރީން ތަމްސީލު ކުރާނެ މީހަކު މީރާ ބޯޑަށް

އަމަން ހަލީމް
އަމަން ހަލީމް | 24 ޖުލައި 2019 | ބުދަ 16:52
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓަރނީ ޖެނަރަލް (އޭޖީ) އޮފީހުން އެކުލަވާލާފައިވާ ބިލެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބުދަ ދުވަހު ފޮނުވައިފިއެވެ.

އޭޖީ އޮފީހުން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އިޞްލާޙުކުރުމުގެ ބޭނުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޖަވާބުދާރީކުރުވޭނެ ގޮތް ހެދުން ކަމަށެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ އުސޫލުތައް މިހާރަށްވުރެ ހާމަކަން ބޮޑުކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ވެސް އެ އިސްލާހުގެ މަގުސަދެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށަހެޅީ އިޞްލާޙުގައި މީރާ ބޯޑު އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ހުށަހަޅާފައިވެއެވެ. މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން މީރާ ބޯޑުގައި ހިމެނޭނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނޭ ގޮތަށް މަޖިލީހުން އައްޔަން ކުރާ ޖުމްލަ ހަތް މެމްބަރުންނެވެ.

އޭޖީ އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާ، ނުވަތަ ފިނޭންސް މިނިސްޓްރީ ތަމްސީލުކުރާނެ ފަރާތެއް މީރާގެ ބޯޑުގައި މިހާރު ހިމެނިފައިނުވާތީ، އެފަދަ ފަރާތެއް އެ ބޯޑުގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގެ މުއްދަތެއް މިހާރު ޤާނޫނުގައި ކަނޑައެޅިފައިނުވާތީ، ޤާނޫނުތަކުން އުފައްދާ އެފަދަ އެހެން މަޤާމުތަކެކޭ އެއްފަދައިން، އެ ދެ މަޤާމުގެވެސް މުއްދަތެއް ކަނޑައެޅުން އިސްލާހުގައި ހިމަނާފައިވެއެވެ. އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި، މީރާގެ ބޯޑުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ހުށަހަޅާ އިސްލާހުގައި ބާރު އަޅާފައިވެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ވެސް އެ އިސްލާހުގައި ބާރު އަޅާފައިވެއެވެ. އެގޮތުން މީރާގެ ނުވަތަ ކޮމިޝަނަރ ޖެނެރަލްގެ ނިންމުމަކަށް އިޢުތިރާޒުކޮށް މީރާއަށް މައްސަލަ ހުށަހެޅޭ ގޮތަށް މިހާރު ޤާނޫނުގައި އޮތް ނަމަވެސް، އެފަދަ ނިންމުމަކާމެދު މީރާއިން ގޮތެއް ނިންމަންޖެހޭ ވަކި މުއްދަތެއް ޤާނޫނުގައި ކަނޑައެޅިފައި ނުވާތީ، އޭގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، ޤާނޫނުގައި މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނިންމަން ލާޒިމު ކުރަން ވެސް އިސްލާހުގައި ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު މީރާއިން ހިސާބުކުރުމަށްފަހު ކަނޑައަޅާ ޢަދަދާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެ ޢަދަދު އެކުގައި ދައްކާ ޚަލާޞްކުރުމަށްފަހު މެނުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަނޭޅޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މީރާއިން ކަނޑައަޅާ ޢަދަދުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒުކުރާ ޢަދަދުގެ %30 ދެއްކުމަށްފަހު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވެއެވެ.

މިހާރު ޤާނޫނު އޮތްގޮތުން، ޓެކްސް ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކަށް ޓެކްސް ރޫލިންގ މެދުވެރިކޮށް ބަދަލުގެނެވެއެވެ. ނަމަވެސް އޭޖީ އޮފީހުން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ޓެކްސް ރޫލިންގ މެދުވެރިކޮށް އެފަދަ ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތަކަކީ ކޮބައިކަން ޢާންމުންނަށް ނޭނގޭ ކަމަށާއި އެފަދަ ޓެކްސް ރޫލިންގތަކަކީ ޤާނޫނާއި ގަވާއިދުތަކުގެ ދާއިރާގެ ތެރެއިން ނެރެވޭ ރޫލިންގތަކެއް ކަމުގައި ހަމަޖެއްސުމަށާއި، އެފަދަ ރޫލިންގތަކަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގައި ވަކި މުއްދަތެއް ބަޔާން ސަރުކާރުން ހުށަހަޅާ އިސްލާހުގައި ހިމަނާފައިވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު