Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

އޮބްޒާވަރުންނަށް ވޯޓުލާ މީހުންގެ ރެޖިސްޓްރީ ވޯޓްލާ މަރުކަޒަށް ވެއްދޭގޮތަށް ހަމަޖައްސައިފި

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ބުރާސްފަތި ދުވަހުގެ 10:00ގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އޮންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 މާރިޗު 2017 | ހޯމަ 13:21
އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު

އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އޮބްޒާވަރުންނަށް ވޯޓްލާ މަރުކަޒުތަކަށް ވޯޓާސް ލިސްޓް ވެއްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހޯމަ ދުވަހު އިލެކްޝަން ކޮމިޝަނުގައި ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ނިންމާލުމަށް ފަހު، އެބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެޕާޓީ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މީގެ ކުރިން އޮބްޒާވަރުންނަށް ވޯޓްލާ މަރުކަޒުތަކަށް ވެއްދެނީ ހަމައެކަނި ނޯޓް ކުރާނެ ކަރުދާސް ކަމަށާއި ނަމަވެސް މިހާރު ވޯޓްލާ މަރުކަޒުތަކަށް "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ" ވެއްދޭ ގޮތަށް ގައުމީ ލަފާދޭ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ވޯޓްލާ މަރުކަޒަށް ވެއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނީ. އެހެންވީމާ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ވޯޓްލާ މަރުކަޒަށް ވެއްދޭގޮތަށް ނިންމީ. ވޯޓް ލާންދާމީހާ އެނގެންޖެހޭ، އެހެންވީމާ އެއީ ވަރަށް ރަނގަޅުކަމެއް،" ނިޔާޒު ވިދާޅުވި އެވެ.

އަލީ ނިޔާޒު ވިދާޅުވީ އަވައްޓެރި ސްރީލަންކާ އިންޑިއާގައި ވޯޓް ލުމަށް 1،000 މީހުން ހަމަނުވިޔަސް ވޯޓް ލެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށާއި އެއީ މިހާރު ލަންކާގައި ވެސް 900 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާތީ ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވޯޓު ލުމުގެ ހައްގު ދިނުމުގެ ގޮތުން ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ 10:00 ގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ބުނެފައިވާ ކަމަށެވެ. މީގެ ކުރިން ގުރުލުން ބާއްވަން ތާވަލްކޮށްފައި އޮތީ ހޯމަ ދުވަހު (މިއަދު) އެވެ. ނަމަވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު