Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް 2019

ވިލުފުށީ 100 ހައުސިން ޔުނިޓްގެ ތެރެއިން 64 ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ: އާތިފާ

32 ގޭގެ ފުރާޅުގެ މަސައްކަތް ނިމިފައިވާއި ކަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 22 ޖުލައި 2019 | ހޯމަ 05:09
މިނިސްޓަރ އޮފް ހައުސިންގ އާރބަން އެންޑް ޑިވެލޮޕްމަންޓް އާތިފާ ޝަކޫރު، ރައްޔިތުންގެ މަޖިލީހުގައި

މިނިސްޓަރ އޮފް ހައުސިންގ އާރބަން އެންޑް ޑިވެލޮޕްމަންޓް އާތިފާ ޝަކޫރު، ރައްޔިތުންގެ މަޖިލީހުގައި

ތ. ވިލުފުށީގައި އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ ތެރެއިން 64 ހައުސިން ޔުނިޓްގެ ކޮންކްރީޓް (ސްޓްރަކްޗަރ) މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އާރބަން އެންޑް ޑިވެލޮޕްމަންޓް އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާތިފާ މިހެން ވިދާޅުވެފައިވަނީ ވިލިފުށީގައި އަޅަން ނިންމާފައިވާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، އެ ކަމަނާ މަޖިލީހަށް ހާޒިރުކޮށް އެކަމާއި ގުޅޭ ގޮތުން ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ 100 ހައުސިން ޔުނިޓްގެ ތެރެއިން 64 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާއިރު، އޭގެތެރެއިން 32 ހައުސިން ޔުނިޓްގެ ފުރާޅުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ބާކީ ހުރި 36 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށެވެ.

ވިލުފުށީ ހައުސިން ޔުނިޓްގެ ފަރުމާ އާއި ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައް ހުރުމުން އެކަމަށް ހައްލެއް ހޯއްދަވައިދެއްވިދާނެތޯ، މެމްބަރު އަފީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ވިލުފުށީ ހައުސިން ޔުނިޓްތައް ފަރުމާކުރުމުގައި ބޭނުންކުރަމުން އަންނަނީ، ސަރުކާރުގެ އެހެން ހައުސިންގ މަޝްރޫއުތަކުގައިވެސް ބޭނުންކުރަމުން އަންނަ ފަރުމާ ކަމަށެވެ. އަދި އެ ފަރުމާ އާއި ގުޅޭގޮތުން ވިލިފުށީ ރައްޔިތުންގެ ފަރާތުން އެއްވެސް ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މި ވަގުތު ފަރުމާއަށް ބަދަލުގެނައުމަކީ އެކަމަށް ހޭދަވެގެންދާނެ ޚަރަދަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ފަރުމާތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާ ހުރިނަމަ ނުވަތަ ފަރުމާ ބަދަލުކުރަން އެދޭނަމަ ކުރިއަށް ހުރި ހައުސިންގ މަޝްރޫއުތަކުގައި ފަރުމާ އަށް ބަދަލު ގެނެވިދާނެ ކަމަށް މިނިސްޓަރ އާތިފާ ވިދާޅުވި އެވެ.

މިނިސްޓަރ އާތިފާ ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން 450 ހައުސިންގ ޔުނިޓްގެ މަސައްކަތް، ސަރުކާރު ބަދަލުވިއިރު ނުފެށި ހުރި ކަމަށެވެ. އަދި ފަށާފައިވާ ހައުސިންގ ޔުނިޓްތައްވެސް އާ ސަރުކާރުން ހަވާލުވިއިރު ހުރީ އެއްވެސް ބެލެހެއްޓުމެއްނެތި ވިރާނާވާން ދޫކޮށްލާފައި ކަމަށެވެ. އެފަދަ ހައުސިންގ ޔުނިޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން، މިހާރު ކުރަމުން އަންނަ ކަމަށާއި، އެކަމަށް މިނިސްޓްރީގެ ބަޖެޓަށް 127 މިލިޔަން ރުފިޔާ އިތުރުކޮށްދީފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު