Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑީޝަރީ ކޮމިޓީ

ބިޝާމް ކޮމިޓީއަށް ހާޒިރު ކުރަނީ މިއަދު ހަވީރު

21 ޖުލައި 2019 | އާދީއްތަ 20:58

އިމްތިޔާޒް ފަހުމީ ވިދާޅުވީ ބިޝާމް، ޖުޑީޝަރީ ކޮމެޓީއަށް ހާޒިރު ކުރައްވަނީ ހޯމަ ދުވަހު 4:00 ގައި ކަމަށް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 21 ޖުލައި 2019 | އާދީއްތަ 20:58
ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް

ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ގަދަކަމުން އެ އިދާރާ އިން ނެރެ ދައުވާ ކުރި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް، ހޯމަ ދުވަހު 4:00 ގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހާޒިރު ކުރަން އެ ކޮމެޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިޝާމް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައިވަނީ ހޯމަ ދުވަހު 4:00 ގައި ކަމަށެވެ.

މީގެ ކުރިން ކުރިން ބިޝާމް ހާޒިރު ކުރަން ހަމަޖެއްސީ އަންގާރަ ދުވަހަށެވެ. ނަމަވެސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާކަން އެ ކޮމިޓީއަށް އަންގަވާފައިވާތީ ހޯމަ ދުވަހަށް އެ ކޮމިޓީ ބައްދަލުވުން ވަނީ ފަސްކޮށްފައެވެ.

ޖުލައި، 24، 2017 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅީ ސިފައިންނާއި ފުލުހުންނެވެ. ސުޕްރީމް ކޯޓުން އޭރު ނިންމީ މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން އެ 12 މެމްބަރުން ވަނީ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައެވެ. އެކަން އެހެން އޮތްކަމުގައި ވީ ނަމަވެސް އިލެކްޝަންސް ކަމިޝަނުން ވެސް އޭރު ކަނޑައެޅީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށެވެ.

އެގޮތަށް އެހެން އޮއްވައި މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއި ކުރައްވާ މަޖިލީހަށް ލީއިރު ޕީޕީއެމްގެ ކުރީގެ 12 މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. މަޖިލީހަށް އެދުވަހު މެމްބަރުން ވަނީ މަސީހުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދު ކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ދައުވާ އެ 12 މެމްބަރުންގެ މައްޗަށް ވަނީ ކޮށްފައެވެ.

މި މައްސަލާގައި 12 މެމްބަރުންނަށް ކުރި ދައުވާ ޕީޖީއިން އަނބުރާ ގެންގޮސްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހުއެވެ.

ޖުޑީޝަރީ ކޮމިޓީއަށް ބިޝާމް ހާޒިރު ކުރައްވާއިރު މީގެ ކުރިން ޕީޖީއިން ކޮށްފައިވާ ދައުވާތަކާއި ކުއްލިއަކަށް ޕީޖީގެ ސްޓޭންޑް ބަދަލުވާގޮތް ސާފު ކުރުން ހިމެނޭކަންވެސް ފާހަގަ ކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް