Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެކައުންޓާ ގުޅޭގޮތުން ރައީސް ޔާމީން ޝަރީއަތުގައި އިތުރުފުޅު ހައްދަވައިފި

ޔާމީންގެ ޑޮލަރު އެކައުންޓުގައި ހުރީ ހަމައެކަނި އެސްއޯއެފުން ޖަމާކުރި ޑޮލަރު އެކަނި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 ޖުލައި 2019 | އާދީއްތަ 13:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެސްއޯއެފްއިން ކުރީގެ ރައީސް އަބްދުﷲ ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރި އިރު ވެސް އެމަނިކުފާނުގެ އެކައުންޓުގައި ތިން، ހަތަރު މިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން އިތުރުފުޅު ހައްދަވައިފިއެވެ.

އާދީއްތަ ދުވަހު އޮތް ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްގެ ފައިސާ ޖަމާވިއިރު ވެސް އެކައުންޓުގައި ތިން ހަތަރު މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވި ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)އިން އާންމު ކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓު ހުޅުވާފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން ފައިސާ ޖަމާކުރުމުގެ 6 ދުވަސް ކުރިންކަން ވަނީ ހާމަ ވެފައެވެ.

އޭސީސީއިން އާންމު ކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި އެމަނިކުފާނުގެ ޑޮލަރު އެކައުންޓް ހުޅުވުމަށް ޖަމާކޮށްފައިވާ 250 ޑޮލަރު ފިޔަވައި ދެން އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފުން ޖަމާކޮށްފައިވާ އެއްމިލިއަން އެމެރިކާ ޑޮލަރު އެކަންޏެވެ.

އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކޮށްފައިވަނީ ޗެކު މެދުވެރިކޮށް ދެ ފަހަރެއްގެ މަތިންނެވެ. އެގޮތުން އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

ރައީސް ޔާމީން އިސްލާމިކް ބޭންކުގައި ޑޮލަރު އެކައުންޓެއް ހުޅުވާފައިވަނީ 07 އޮކްޓޫބަރު 2015 ގައެވެ.

އޭގެ ކުރިން ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުން ހުޅުވާފައިވާ އެ ކައުންޓަށް އެއްވެސް ފައިސާއެއް ޖަމާވެފައި ނުވާކަން އޭސީސީއިން ޔަގީން ކޮށްދެއެވެ.

އާދީއްތަ ދުވަހު އޮތް ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެސްއޯއެފްގެ ފައިސާ ޖަމާވިކަން އެމަނިކުފާނަށް އެކަން ބޭންކުން ވެސް އަންގާފައި ނުވާ ކަމަށެވެ. އެމަނިކުފާާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެފައިވާކަން އެނގިލެއްވީ އޭސީސީގެ އޭރުގެ ރައީސަކަށް ހުންނެވި ހަސަން ލުތުފީ އެމަނިކުފާނަށް 2016 ވަނަ އަހަރު ފޯނުން ގުޅުއްވާ ވިދާޅުވުމުން ކަމަށެވެ. އެ ދުވަހުން ފެށިގެން އެކަން ބަލައިދިނުމަށް އެދިލެއްވި ކަމަށާއި މިއަދާއި ހަމައަށް ވެސް އެފައިސާ ހަވާލު ކުރުމަށް އެއްވެސް ތަހުގީގީ އިދާރާއަކުން ބުނެފައި ނެތް ކަމަށް ވިދާޅުވިއެވެ.

އޭސީސީގެ ތަހުގީގަށް ފަހު އެމަނިކުފާނާއި އެކޮމިޝަނާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި އެ އެއް މިލިއަނަށްވާ ފައިސާ ބެހެއްޓި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.އެ ފައިސާ އަކީ އެސްއޯއެފުން ޖަމާކުރި ފައިސާ ނޫން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ދައުލަތުން ބުނެފައިވަނީ އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނެފައިވަނީ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކޮށްފައިވަނީ އެސްއޯއެފުން ޖަމާކުރި ފައިސާ ނޫން ކަމަށާއި އެ ކައުންޓަށް ޖަމާކޮށްފައިވަނީ އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އެކައުންޓުން އެމަނިކުފާނުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ކަމަށެވެ. އިސްލާމިކް ބޭންކުގައި ހުޅުވި އެސްކްރޯ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރީ ރައީސް ޔާމީންގެ ބީއެމްއެލް އެކައުންޓަކުންނެވެ.

އެގޮތަށް ކަންތައް ކުރެއްވި ގޮތް ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓް ހުޅުވީ އެމަނިކުފާނު އަމިއްލައަށް ބޭނުންވެގެން ކަމަށާއި އެސްކްރޯ އެކައުންޓަށް އިސްލާމިކް ބޭންކް އެކައުންޓުން ނޫން އެހެން އެކައުންޓަކުން ފައިސާ ޖަމާކުރަން ޖެހުނީ ޝައްކު ކުރެވޭ ފައިސާތައް އަތްޕުޅުގައި ނުބަހައްޓަވަން ވެގެންކަަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގައި ދެއްވި ޕްރެސް އެއްގައި ޔާމީން ވިދާޅުވީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަށް ފަހު އެމަނިކުފާނު ފައިސާއެއް ބޭނުންފުޅުވެގެން އަދީބު ގާތު އެދުމުން، އެމަނިކުފާނުގެ އެކައުންޓަށް، އެމަނިކުފާނުގެ ފައިސާއިން އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް އަދީބް ވިދާޅުވި ކަމަށެވެ. އެސްއޯއެފުން އެމަނިކުފާނަށް އެއްވެސް ލާރިއެއް ދޭންޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި އެއީ އެސްއޯއެފުން އެމަނިކުފާނަށް ލިބުނު ލާރިއެއްކަން އެނގޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

އާދީއްތަ ދުވަހުގެ ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްއަކީ އެމަނިކުފާނު ދަންނަ ބައެއް ނޫން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު