Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމިންގެ ދިފާއުގައި ދައްކާނެ ވާހަކައެއް ހަމަ ނެތީތޯ؟

ދިފާއުގައި ހުށައެޅި ފަސްކަންތައް ވެސް ޝަރީއަތުން ބަލައިގެންފައެއް ނުވޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 21 ޖުލައި 2019 | އާދީއްތަ 12:57
ރައީސް ޔާމިން ކޯޓުގައި އޮތް ޝަރީއަތަށް ހާޒިރުވާން ގެއިން ނިކުމެވަޑައިގެން ވަގުތު

ރައީސް ޔާމިން ކޯޓުގައި އޮތް ޝަރީއަތަށް ހާޒިރުވާން ގެއިން ނިކުމެވަޑައިގެން ވަގުތު

މުޅި ގައުމު އިންތިޒާރު ކޮށްގެން ތިބި "ބޮޑު" ޝަރީއަތް އާދިއްތަ ދުވަހު ފަށައިގެން ކުރިޔަށް ދިޔައިރު، ރައީސް ޔާމިންގެ ވަކީލުންގެ ޓީމުން ދިފާއުގައި ހުށައެޅި އެއްވެސް ކަމެއް ޝަރީއަތުން ބަލައިގަނެފައެއް ނުވެއެވެ. ދިފާއުން ހުށައެޅި ހުރިހާ ކަމެއް މައްސަލަ ބައްލަވަން ހުންނެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ބަލައިނުގަންނަން ނިންމެވި އިރު، ދިފާއީ ވަކީލުން ދެއްކި ވާހަކައިގެ އެއްވެސް ބުރަދަނެއް ނެތްކަން އަޑުއެހުން ދުރާގާތުން ބަލަން ތިބި އެންމެނަށް ވެސް ފަހުމްވާނެއެވެ.

ރައީސް ޔާމިންގެ ވަކީލުންގެ ފަރާތުން ޖުމްލަ ފަސްކަމެއް ހުށައެޅި އިރު އޭގެ ތެރެއިން އެއްވެސް ކަމެއް ބަލައިނުގަންނަން ގާޒީ ނިންމަވަން ފެށުމުން، ޙުދު ރައީސް ޔާމީން ވެސް އަމިއްލަފުޅު ދިފާއުގައި ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. ވާނީވެސް އެހެންތާއެވެ. ތިން ވަކީލުންގެ މައްޗަށް ހިމެނޭ ޓީމެއް ގޮވައިގެން ކޯޓަށް ވަޑައިގެންނެވި އިރު، އެއިން ބޭފުޅަކަށް ކުޑަމިނުން ދައުވާ ވެސް ސާފުވާ ވަރެއް ނުވިއެވެ. ކޮރަޕްޝަނަކީ ކޮބައިކަމެއް ފައިސާއަކީ ކޮބައިކަމެއް ވެސް ނޭނގުނެވެ. ތަންކޮޅެއް ތިލަކޮށް ދަންނަވާނަމަ މައްސަލައިގެ ވާނުވާއެއް ހަމައެއްގޮތަކަށް ވެސް އެނގޭ ކަމަކަށް ނުވިއެވެ.

ސުވާލަކީ މިއީ ދިފާއުގެ ނާގާބިލިއްޔަތު ކަމުން ވީކަމެއްތޯ ނުވަތަ ގެންގުޅުނު މޮޅު އުކުޅެއްތޯއެވެ؟ ހަމަ ޔަގީނުންވެސް އުކުޅެއް ނަމަ، އެ މަސައްކަތެއް ނުކުރިއެވެ. ދެއްކޭ ވާހަކަ ވެސް އޮޅިވަޑައިގަންނަވާ ހިސާބަށް ގޮސް ވަކީލުންގެ ވާހަކަތަކަށް ހަޖޫ ޖަހަމުން އެތައް ބަޔަކު ދިޔަކަން ސޯޝަލް މީޑިއާއަށް އެކަނި ބަލާލި ކަމުގައިވީ ނަމަވެސް އެއޮތީ ފެންނާށެވެ. ދިފާއީ ވަކީލުންގެ ވާހަކަތަކުގައި ފާހަގަކުރިީ އަދުއްވުންގެ ވާހަކައާއި ދައުވާ ސާފުނުވާ ވާހަކައާއި އެވެނި ކަމެއް އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގެ ވާހަކައެވެ. ދައްކާ ވާހަކަ ބިނާވަނީ ކޮން އުސޫލަކުންތޯ ދިފާއުކުރެން ޝަރީއަތުން އެއްސެވުމުން ރިއާޔަތް ކުރަނީ ކޮން ގާނޫނަކަށްތޯ ވެސް ގިނަ ފަހަރު އެނގިވަޑައިނުގެންނެވިއެވެ.

ގިނަފަހަރު ދެއްކި ވާހަކައިން ހީވީ، ހަމައެކައްޗެއް ވެސް ނޭނގޭ ބަޔަކު ގޮތް ހުސްވެގެން އުޅޭ ހެންނެވެ. ކުށަކީ ކޮބައިކަމެއް ނޭނގެޔޭ ބުނާކަހަލައެވެ. ގާޒީ ހައިލަމް ދިފާއީ ވަކީލުންނަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރިއިރު ރައްދުގައި ދޭނެ ޖަވާބެއް ވެސް ނޭނގުނެވެ. މިކަމުގެ ދަލީލަކަށް އަމިއްލަފުޅު ދިފާއުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަން ފެށުން ވެސް ފުދެއެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން އަމިއްލަފުޅަށް ބޭޒާރުވުން ނޫން އިތުރުކަމެއް ނުވެއެވެ. މިސާލަކަށް އަދީބު އެފައިސާ ޖަމާކުރާ ވާހަކަ ގުޅުއްވާ ދެންނެވިކަމަށް ވިދާޅުވެ، ދެން ވިދާޅުވީ ބޭންކަށް އެފައިސާ ޖަމާވެފައިވާ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ފަހަރުގައި ދިފާއުގައި ދައްކާނެ ވާހަކައެއް ނެތީކަމަށް ވެސް ވުން އެކަށީގެންވެއެވެ.

އާދިއްތަ ދުވަހު ބޭއްވުނު އަޑުއެހުމުގައި މައްސަލައާއި ގުޅޭގޮތުން ދަންނަވަން އޮތް ވާހަކައަކީ، ރައީސް ޔާމިންއާއި ވަކީލުންނަށް ދައުވާ ސާފުނުވީ ކަމުގައިވީ ނަމަވެސް، ދައުވާ ވަރަށް ސާފެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ސުވާލު ކޮށްފައިވާ މައްސަލައަކާއި ގުޅުންހުރި ފައިސާއެއް މާޗް މަހުގެ ތެރޭގައި އަމިއްލަ މަންފާއެއް ހޯއްދެވުމުގެ ގޮތުން އެހެން އެކައުންޓަކަށް ޖަމާކުރެއްވީއެވެ. ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން އަދީބު ދެއްވަން ޖެހޭ ފައިސާއެއް ކަމަށް ރައީސް ޔާމިން ވިދާޅުވެފައިވާ އިރު، ކެމްޕެއިން ފައިސާ އިންވެސްޓް ކުރެއްވީ ވެސް ކޮން އުސޫލެއްގެ ތެރެއިންތޯ އަހާލަން ބޭނުންވެއެވެ. ސުވާލުތައް ބައިވަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު