ވެށިފަހި މާލެ ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށްދޭ: މިނިސްޓަރު އަސްލަމް
21 ޖުލައި 2019 | އާދީއްތަ 11:00މިމަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވޭ

ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް
ވެށިފަހި މާލެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މާލެއިން ވަރަށް ބޮޑަށް ހުސްޖާގަ ބޭނުންވާ ކަމަށާއި، އެމަސައްކަތް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ ދެންނެވި ސުވާލަކަށް މިނިސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމް ހައުސިންގ މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމަށާއި، އެމަސައްކަތް ނުހުއްޓޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މާލެއިން ވަރަށް ބޮޑަށް ހުސް ޖާގަ ބޭނުންވާ ކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ބައެއް ދަތިތަކާ ވެސް ކުރިމަތިވާ ކަމަށެވެ.
ނަމަވެސް މިމަސައްކަތް ގޮސްފައިވާ ވަކި ހިސާބެއް މިނިސްޓަރު ވިދާޅެއްނުވެއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްއަކީ މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޖެންޑާ19 ދަށުން މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.






