Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަގާފީ ތަރިކަ

113 އަހަރުވީ ޤަދީމީ މިސްކިތް ސިމެންތި ގުދަނަކަށް !؟

21 ޖުލައި 2019 | އާދީއްތަ 06:23

އެ މައްސަލަ މިނިސްޓްރީން ދަނީ ބަލަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖުލައި 2019 | އާދީއްތަ 06:23
އދ މަހިބަދޫ ބޮޑު މިސްކިތުގައި ސިމެންތި ގުދަން ކުރެވިފައި

އދ މަހިބަދޫ ބޮޑު މިސްކިތުގައި ސިމެންތި ގުދަން ކުރެވިފައި

ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރިއިރު، އެތަންތަނަށް އަޅާނުލެވި ދޫކޮށްލެވިފައި ހުރި ކަމުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެއެވެ. އެގޮތުން އދ މަހިބަދޫގައި ހުރި 113 އަހަރުވެފައިވާ އާސާރީ މިސްކިތެއް ސިމެންތި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލަ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންވެސް ވަނީ ބަލަން ފަށާފައެވެ.

ގެޒެޓު ކޮށްފައިވާ ދިވެހިރާއްޖޭގެ އާސާރީ ތަންތަނުގެ ދަފްތަރުގައި ވެސް ހިމަނާފައިވާ މި މިސްކިތުގައި ގިނަ އަދަދެއްގެ ސިމެންތި ގުދަންކޮށްފައި ހުރި ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އިސްމާއިލް ނާއިލް ވިދާޅުވީ، އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ރަށު ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފަދަ މައްސަލަތައް މިނިސްޓްރީއަށް ހުށައެޅޭ ކަމަށާއި، ހަރުކަށި އަދަބު ދިނުމުގެ ބަދަލުގައި މިނިސްޓްރީން ގެންގުޅޭ ވިސްނުމަކީ އާސާރީ ތަރިކައާއި ސަގާފަތަށް މީހުން އިތުރަށް ހޭލުންތެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށާއި، މި މައްސަލަވެސް ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ނާއިލް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މަހިބަދޫ ކައުންސިލުގެ ރައީސް އަހުމަދު ޚަލީލް ވިދާޅުވީ، ފާއިތުވި ދެ ދައުރުގައިވެސް އެ މިސްކިތް ބޭނުންކުރަމުން ދިޔައީ ގުދަނެއްގެ ގޮތުގައި ކަމަށާއި، 2017 ވަނަ އަހަރުގެ ޖުލައި މަހު އާ ދައުރު ހުވާ ކުރުމާއެކު އެންމެ އިސް އެއް މަސައްކަތެއްގް ގޮތުން ކުރި އެއް ކަމަކީ އާސާރީ ދަފްތަރުގައި އެ މިސްކިތް ހިމެނުން ކަމަށެވެ.

އެގޮތުން އެކަން ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް އޭރު ކުރެވުނު ކަމަށާއި، އެތަން ސާފު ކުރުމުގެ ތެރޭގައިވެސް 4 ޕިކަޕުގެ ކުނި އުކާލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ. މަހިބަދޫއަކީ ފަތުރުވެރި ޒޯނަކަށްވެފައި، ކިޔަވާކުދިންނަށްވެސް ބޭނުން ހިފޭނެތީ އެ މިސްކިތް ދާރުލްއާސާރެއްގެ ގޮތުގައި ބޭނުން ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެތަން ދާރުލްއާސާރަކަށް ހެދުމަށްޓަކައި ރަށުގައި ހުރި ގިނަ ދުވަސްވީ އާސާރީ ތަރިކަ ނުވަތަ ޤަދީމީ ތަކެތި ހުރި ނަމަ ކައުންސިލަށް ހަދިޔާ ކުރުމަށް އެދި އިއުލާނުކޮށްފައިވާނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ، ފަހުން މިސްކިތުގައި ގުދަން ކޮށްފައިވަނީ އެ ސަރަހައްދުގައި އިމާރާތެއް ކުރަމުންދިޔަ ފަރާތަކުން ކަމަށާއި، ގުދަން ކޮށްފައިވަނީ ކައުންސިލުގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި އެތަން ހުސް ކުރަން ވެރިފަރާތައް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިރިގަލާއި، ހައިވަކަރު އަދި ލަކުޑިން ހަދާފައިވާ މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ހިޖުރައިން 1326 ވަނަ އަހަރުއެވެ. އަދި މިސްކިތް ހުޅުވާފައިވަނީ ހިޖުރައިން 1327 ވަނަ އަހަރުގެ ސަފަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެގޮތުން "ބޮޑުމިސްކިތް" ގެ ނަމުން ނަންދެވިފައިވާ މި މިސްކިތް ކުރިން ނަމާދުކުރުމަށް ބޭނުން ކުރި ނަމަވެސް މިހާރު އެތަން ދާރުލް އާސާރަކަށް ހެދުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިފަދަ އާސާރީ ތަރިކަތައް ފާއިތުވި ދުވަސްތަކުގައި އަޅާނުލެވި ދޫކޮށްލެވިފައި ހުރި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިހާރު ޚާއްސަ އިސްކަމެއްދީގެން އެފަދަ ތަންތަން ހިމާޔަތްކޮށް، ރާއްޖޭގެ ތަރިކައާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގެ ސަގާފީ ތަރިކައިގެ ދަފްތަރެއް މިނިސްޓްރީން އެކުލަވާލާފައިވާއިރު، އެ ލިސްޓުގައި 400 އަށްވުރެ ގިނަ އާސާރީ ތަރިކަ ހިމެނޭ ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

06 މެއި 2022

މާލޭގެ މިސްކިތްތައް ގޮނޑު ވަނީ

06 މެއި 2022
މާލޭގެ މިސްކިތްތައް ގޮނޑު ވަނީ
10 ޖެނުއަރީ 2022

ދެ އަހަރުވީއިރުވެސް ކޮވިޑާއި ގުޅިގެން ގެންގުޅޭ ސިޔާސަތު ސާފެއްނުވޭ!

10 ޖެނުއަރީ 2022
ދެ އަހަރުވީއިރުވެސް ކޮވިޑާއި ގުޅިގެން ގެންގުޅޭ ސިޔާސަތު ސާފެއްނުވޭ!
06 ޑިސެމްބަރު 2021

މިސްކިތް މަރާމާތުކުރާނެ ޓެލެތޯނާއި މުއިއްޒުގެ 0.6 އެނިވާސަރީ

06 ޑިސެމްބަރު 2021
މިސްކިތް މަރާމާތުކުރާނެ ޓެލެތޯނާއި މުއިއްޒުގެ 0.6 އެނިވާސަރީ
17 ނޮވެމްބަރު 2021

ސަރުކާރަށް ތިން އަހަރުވީއިރު މިކަންކަމެއް ނުކުރެވުނެވެ. ދެން ލަލަލާއެވެ!

17 ނޮވެމްބަރު 2021
ސަރުކާރަށް ތިން އަހަރުވީއިރު މިކަންކަމެއް ނުކުރެވުނެވެ. ދެން ލަލަލާއެވެ!
25 ޖޫން 2019

ކިންގް ސަލްމާން މިސްކިތް: އާންމުކުރި ކުރެހުމަކީ ތަސައްވުރެއް!

25 ޖޫން 2019
ކިންގް ސަލްމާން މިސްކިތް: އާންމުކުރި ކުރެހުމަކީ ތަސައްވުރެއް!
19 ޑިސެމްބަރު 2018

ކަޅުވަކަރު މިސްކިތް ބަހުސް: ގިނަ ބަޔަކު ބޭނުންވަނީ މާލޭގައި ބަހައްޓަން!

19 ޑިސެމްބަރު 2018
ކަޅުވަކަރު މިސްކިތް ބަހުސް: ގިނަ ބަޔަކު ބޭނުންވަނީ މާލޭގައި ބަހައްޓަން!
08 މާރިޗު 2018

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!
28 ނޮވެމްބަރު 2017

ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

28 ނޮވެމްބަރު 2017
ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
16 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް