Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އާޒިމާއަށް ކުރާ ދައުވާތައް ބިޝާމްގެ ބޮލަށް؟!

. ބިޝާމް ޕީޖީ މަގާމުގައި ހުންނަވައި އެ ކުރައްވާ ދައުވާތަކުގައި މަސްލަހަތު ފުށޫ އަރާކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 ޖުލައި 2019 | ބުރާސްފަތި 13:58
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު އެދައުވާތައް އޭނާގެ މައްޗަށް ނުކުރެއްވޭނެ ކަމަށް ވިދާޅުވެ ޕްރޮސެކިއުޓަ ޖެނެރަލަކަށް ހުންނެވި އައިޝަތު ބިޝާމަށް އެ ދައުވާތައް ރައްދު ކުރެއްވީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް ޗެލެންޖް ކުރައްވަމުންނެވެ.

އާޒިމާ ވިދާޅުވާ ގޮތުން އޭނާގެ މައްޗަށް ކުރާ ދައުވާތައް ދައުލަތުން ނުކުރެވޭނެއެވެ. އެ ދައުވާތަކަކީ މިހާރު ޕްރޮސެކިއުޓަރ ޖެނެރަލަކަށް ހުންނެވި އައިޝަތު ބިޝާމް ރައީސް އޮފީހުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށް ގާނޫނީ ލަފާ އަރުވަން ހުންނެވި ދުވަސްވަރު ކަމަށްވުމުން އެކަން ހިނގައިދިޔަ އިރު ބިޝާމްގެ ބައިވެރިވުމެއް އޮންނާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. މަނީ ލޯންޑަރ ކުރުމާއި އެކަމަށް ރައީސް ޔާމީނަށް އެހީތެރިވުމުގެ ދައުވާގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އަދި ލަފައެއް ނެތް ކަމަށް ވިދާޅުވެ އާޒިމާ އެކަން އެޅުއްވީ ބިޝާމުގެ ބޮލުގައެވެ. ބިޝާމް ޕީޖީ މަގާމުގައި ހުންނަވައި އެ ކުރައްވާ ދައުވާތަކުގައި މަސްލަހަތު ފުށޫ އަރާ ކަމަށް ވިދާޅުވިއެވެ.

އާޒިމާއަށް ކުރާ ދައުވާތަކަކީ އޭރު ބިޝާމްގެ ބައިވެރިވުމެއް އޮވެ އަދި މިހާރު ޕީޖީގެ މަގާމުގައި ހުންނަވައި ކުރެވޭނެ ދައުވާއަށް ނުވާތީ ކަމަށް ވެސް އާޒިމާ ވިދާޅުވެފައިވެއެވެ. އެކަމުގައި ބިޝާމް އެމައްސަލައިން ރެކިގަތުމަށްޓަކައި އޭނާގެ ބޮލަށް"ކަނޑާލަނީ" އެވެ. އާޒިމާ އެގޮތަށް ވިދާޅުވީ ބިޝާމް އެ މަގާމުގައި ހުންނެވިއިރު ހިނގާފައިވާ މުއާމަލާތްތަކުގެ ލިޔުންތައް ވެސް އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައި އެބަހުރި ކަމަށް ވިދާޅުވެއެވެ. ބިޝާމް އެމަގާމުގައި ހުންނެވި ދުވަސްވަރަކީ ދައުލަތުގެ ފައިސާ އެކި މީހުންގެ އެކައުންޓްތަކަށް ޖަމާވަމުން ދިޔަ ދުވަސްވަރު ކަމަށް ވިދާޅުވެ އޭނާއަށް ކުރައްވާ ދައުވާ ގޯސްކަމަށް ދެއްކުމަށް މަސައްކަތް ކުރެއްވިއެވެ.

ބިޝާމް ރައީސަށް ގާނޫނީ ލަފާއެރުވުމަށް މަގާމުގައި ހުންނެވި ވާހަކަތައް ދައުލަތުން އިންކާރެއް ނުކުރެއެވެ. ނަމަވެސް އާޒިމާ ލީގަލްއެފެއާޒް މިނިސްޓަރަކަށް ހުންނެވި ދުވަސްތައް ނޫން ކަމުގައި ވިއަސް ލިޔެކިޔުމުން ހުރި ލިޔުންތަކުގައި ސޮއި ކުރައްވާފައިވަނީ އާޒިމާކަން ހާމަވާކަމަށް ދައުލަތުން ހެކި ދެއްކީ ލިޔުންތަކާއި އެކީގައެވެ. ދައުލަތުން އާޒިމާ ދައްކާ ވާހަކަތަކަށް ރައްދު ދިނީ ހެކިންގެ ހެކިބަހުންނާއި ލިބިފައިވާ ލިޔުންތަކުންނެވެ.

ބިޝާމްގެ ބައިވެރިވުމެއް އޮތް ކަމަށް ދައްކާ ވާހަކަތަކުގައި އާޒިމާއަށް އެކަށީގެންވާ ހެއްކެއް ނުދެއްކެއެވެ. ދެއްކުނުހާ ވެސް ހެއްކަކީ އޭނާގެ މައްޗަށް ދައުވާ އުފުލި ތާރީޚުގައި ޕީޖީ ބިޝާމް އޭރުގެ ރައީސަށް ގާނޫނީ ލަފާ އެރުއްވުމުގެ މަގާމުގައި ހުންނެވި ކަމެވެ.

އާޒިމާގެ މައްޗަށް ކުރެވޭ ދައުވާގައި ރައީސް ޔާމީނަށް އެސްކްރޯ އެކައުންޓް ހެދުމުގައި އޭނާގެ ގާނޫނީ ލަފާ އެރުވިކަމުގެ ލިޔުންތަކާއި އެއެއްބަސްވުމުގައި ޔާމީންގެ ހެކި ވެރިއެއްގެ ގޮތުގައި ސޮއި ކުރެއްވި ލިޔުމާއި އޭސީސީއަށް ރައީސް ޔާމީން ހާޒިރުކޮށް ސުވާލު ކުރެއްވުމުގެ ކުރިން އާޒިމާ ބޭނުންވެލައްވާ ގޮތަށް ސުވާލުތައް ކުރައްވާ އަދި ބަޔާނުގެ ޑްރާފްޓް އެކުލަވާލުމުގައި އާޒިމާގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތާއި އެކުއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ

11 ޖެނުއަރީ 2024
އާޒިމާއަށް ކުރި ޖިނާއީ ދައުވާތަކަށް 5 އަހަރު، 25 އަޑުއެހުން ބޭއްވުނު، މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށޭ
02 ޖެނުއަރީ 2024

ގޯތި އަދި ފްލެޓުގެ މައްސަލަ - އޭސީސީ އާއި ހައުސިން މިނިސްޓްރީން އެކަން ޖަހަނީ އެއްބަޔަކު އަނެއްބަޔަކުގެ ބޮލަށް!

02 ޖެނުއަރީ 2024
ގޯތި އަދި ފްލެޓުގެ މައްސަލަ - އޭސީސީ އާއި ހައުސިން މިނިސްޓްރީން އެކަން ޖަހަނީ އެއްބަޔަކު އަނެއްބަޔަކުގެ ބޮލަށް!
01 ޑިސެމްބަރު 2023

ހައުސިންގ މިނިސްޓްރީން ޖެހީ "އޭސީސީ"ގެ ބޮލަށް، ހުޅުމާލެއިން ދިން ގޯތީގައި ހުރި ހިލަ ވެލީގެ ފަރުބަދައެއް ނަގާނެ ފަރާތެއް ނުވި!

01 ޑިސެމްބަރު 2023
ހައުސިންގ މިނިސްޓްރީން ޖެހީ "އޭސީސީ"ގެ ބޮލަށް، ހުޅުމާލެއިން ދިން ގޯތީގައި ހުރި ހިލަ ވެލީގެ ފަރުބަދައެއް ނަގާނެ ފަރާތެއް ނުވި!
29 އެޕްރީލު 2023

މިއަށް ކިޔަނީ ގޯސް ހަދާފައި ބޮލަށް ޖެހުން

29 އެޕްރީލު 2023
މިއަށް ކިޔަނީ ގޯސް ހަދާފައި ބޮލަށް ޖެހުން
21 އޯގަސްޓު 2021

ބައްޕަގެ އޮތީ އެންމެ އެދުމެއް، ދަރިފުޅުގެ ބޮލަށް ވަޒަންއެރި ހާދިސާ ރަނގަޅަށް ތަހުގީގުކޮށްދީ!

21 އޯގަސްޓު 2021
ބައްޕަގެ އޮތީ އެންމެ އެދުމެއް، ދަރިފުޅުގެ ބޮލަށް ވަޒަންއެރި ހާދިސާ ރަނގަޅަށް ތަހުގީގުކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު