Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮ

ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް މި މަހު ބާއްވަނީ

17 ޖުލައި 2019 | ބުދަ 12:32

ފެއަރ އަދި ކޮންގްރެސް އޮންނާނީ ޖުލައި މަހުގެ 22 އިން 24 އަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖުލައި 2019 | ބުދަ 12:32
ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް އޮންނާނީ ޖުލައި މަހުގެ 22 އިން 24 އަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި

ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް އޮންނާނީ ޖުލައި މަހުގެ 22 އިން 24 އަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި

އެލައިޑް އިންޝުއަރެންސް އާއި އެމް.އެމް.އޭ ގުޅިގެން ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރަރސް އެންޑް ރީއިންޝުއަރަރސްގެ "ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް" ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

"އަ ވަރލްޑް އޮފް އޮޕޮޗިއުނިޓީޒް" ގެ ނަމުގައި ޖުލައި މަހުގެ 22 އިން 24 އަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދާ މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރަރސް އެންޑް ރީއިންޝުއަރަރސް އަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސް އާއި ބެހޭ މައުލޫމާތު ގައުމުތަކުގެ މެދުގައި ބަދަލުކޮށް އިލްމީ އަދި ފަންނީ މާހިރުންގެ އެހީގައި އިންޝުއަރަންސް އިތުރަށް މުއްސަނދިކޮށް ޒަމާނީ ކުރިއެރުންތަކެއް ހޯދުމުގެ މަގުސަދުގައި 1964 ވަނަ އަހަރުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެގޮތުން 20 ގައުމެއްގެ ބައިވެރިވުމާއިއެކު ފެށިގެން އައި މި ޖަމިއްޔާގެ މަސައްކަތް ފުޅާވެ، ބައިއަތު ހިފާފައިވާ ގައުމުތައް އިތުރުވެ، މިހާތަނަށް މި ޖަމިއްޔާގެ އެތަކެއް ހަރަކާތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންގޮސްފައިވެއެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނިން ބުނި ގޮތުގައި، ސަރަހައްދީ ފެންވަރުގެ "ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް" ރާއްޖޭގައި ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އަދި މިއީ އެލައިޑުގެ ގައުމީ އިންޝުއަރަންސް ހިދުމަތަށް 34 އަހަރު ފުރިފައިވާއިރު މި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެކުންފުނިން ވަނީ ސިފަކޮށްފައެވެ.

ރާއްޖެއިން އިންޝުއަރަންސްގެ ދާއިރާއިން ހޯދާ އެކި އެކި ކުރިއެރުންތަކުގައި އެމް.އެމް.އޭ އިން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެލައިޑުން ވަނީ އެ މުއައްސަސާ އަށް ޝުކުރު އަދާކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2017

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
06 އޮކްޓޯބަރު 2017

"ރިޕިލް ފެއަރ 2017" ފަށައިފި

06 އޮކްޓޯބަރު 2017
"ރިޕިލް ފެއަރ 2017" ފަށައިފި
29 އޯގަސްޓު 2017

ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފަށައިފި

29 އޯގަސްޓު 2017
ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފަށައިފި
28 އޯގަސްޓު 2017

ގްލޯނެޓްގެ އެޑިއުކޭޝަން ފެއަރ މާދަމާ ފަށާނެ!

28 އޯގަސްޓު 2017
ގްލޯނެޓްގެ އެޑިއުކޭޝަން ފެއަރ މާދަމާ ފަށާނެ!
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
06 އެޕްރީލު 2017

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

06 އެޕްރީލު 2017
އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް