Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލީސް

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އިތުރު ކުރުމުން އަހަރަކަށް 7.9 މިލިއަން ރުފިޔާ އަރާ

އެ ބިލް ހުށައެޅީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 17 ޖުލައި 2019 | ބުދަ 08:21
ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަސް ފަނޑިޔާރުން

ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަސް ފަނޑިޔާރުން

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އިތުރު ކުރުމުން އަހަރަކަށް 7.9 މިލިއަން ރުފިޔާ އަރާ ކަމަށާއި އެޚަރަދު ކުޑަ ކުރެވިދާނެ ގޮތްތައް ކަނޑައަޅައި ދިނުމަށް ފިނޭންސް މިނިސްޓްރީއަށް ހުށައަޅުއްވާފައިވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެމެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށައެޅުއްވި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅޭގޮތުން ވަނީ ބަހުސް ކޮށްފައެވެ.

Advertisement - newsAdvertisement

އެބިލަށް ބަހުސް ކުރުމުގެ ކުރިން ޖުޑީޝަރީ ކޮމިޓީއިން ވަނީ އެބިލް ދިރާސާ ކޮށްފައެވެ. ޖުޑީޝަރީ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުން ހަތް ފަނޑިޔާރަށް ބަދަލުކުރާއިރު އެކަމަށް ދާނެ ޚަރަދު ވެސް ކޮމިޓީއިން ވިސްނި ކަމަށެވެ. އެގޮތުން ދެ ފަނޑިޔާރުން އިތުރު ކުރުމުން ދާނެ ޚަރަދާއި ބެހޭގޮތުން ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވި ކަމަށާއި ސިޓީގެ ޖަވާބުގައި އެކަމަށް ދާނެ ޚަރަދެއްގެ ގޮތުގައި ހިމަނާފައިވަނީ 7.9 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެހާވަރުގެ ބޮޑު އަދަދެއް ޚަރަދު ކުރާއިރު އެއަށްވުރެ ލުއި ގޮތެއް ހޯދުމަށް ކޮމިޓީއަށް ފެންނަ ކަމަށް ނިންމައި، ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ކަނޑައަޅައި ފަނޑިޔާރުންނަށް ދާނެ ޚަރަދު އަލުން ފޮނުވައި ދެއްވުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ހަތް ފަނޑިޔާރުން އައްޔަން ކުރުމަކީ ތާއީދު ކުރައްވާކަމެއް ކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ ޚަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވުން ފަނޑިޔާރުންގެ އިނާޔަތްތަކާއި ގަދަރާއި އުނިކަމެއް އަންނާނެކަމެއް ކަމެއް ނޫން ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީގައި ދެ ފަނޑިޔާރުންނަށް ޚަރަދުވާނެ ކަމަށް ކަނޑައެޅި ވަރަށްވުރެ ލުއިގޮތްތައް އެބައޮތްކަމަށާއި އެއަށްވުރެ ކުޑަކޮށް ޚަރަދު ކުޑަކުރެވޭނެކަން އެނގެން އޮތް ކަމަށް ވިދާޅުވިއެވެ.

2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވައެވެ. އަދި ކާރުކޮޅު، މެޑިކަލް އިންޝިއުރެންސްގެ ގޮތުގައި 12،500 ރުފިޔާ މުސާރައިގެ އިތުރުން ލިބިލައްވައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މުސާރައިގެ ގޮތުގައި 70،000 ރުފިޔާ އަދި ކާރުކޮޅު، މެޑިކަލް އިންޝިއުރެންސްގެ ގޮތުގައި 12،500 ރުފިޔާ މުސާރައިގެ އިތުރުން ލިބިލައްވައެވެ.

އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު ސުޕްރީމް ކޯޓުގައި ފުރަތަމަ ތިއްބެވީ ވެސް 7 ފަނޑިޔާރުންނެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި ކޯޓުތަކަށް ގެނައި އިސްލާހާއެކު ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށް އުއްތަމަ ފަނޑިޔާރާއި އެކު ފަސް ފަނޑިޔާރުން ތިއްބަވާ ގޮތަށް ބަދަލު ކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު