Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް

ބީއެމްއެލްއިން ދެއްކި ވާހަކަތައް ނީޒާ ދޮގުކުރައްވައިފި

16 ޖުލައި 2019 | އަންގާރަ 19:01

ބީއެމްއެލްއަށް އެއްވެސް ގޮތަކަށް ކަންކުރަން ލަފާދީފައި ނުވާނެކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 16 ޖުލައި 2019 | އަންގާރަ 19:01
ކުރީގެ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު

ކުރީގެ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ކަންހިނގައި ދިޔަގޮތް ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތައް އޭރުގެ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް ހުންނެވި ނީޒާ އިމާދު ދޮގުކުރައްވައިފިއެވެ.

ބީއެމްއެލްގެ ވާހަކަތަކަށް ރައްދު ދެއްވައި އާންމުކުރި ބަޔާނެއްގައި ނީޒާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވަމުންދިޔައިރު އެ މުއާމަލާތްތައް ނުހިފަހައްޓަން ލަފާ ދީފައި ނުވާނެ ކަމަށެވެ. ނީޒާ އިތުރަށް ވިދާޅުވީ އެފަދަ ކަމަކާއި ގުޅިގެން ވަކިކަމައް ކުރުމަށް ބީއެމްއެލްއަށް އެއްވެސް ލަފައެއް ދީފައި ނުވާނެކަމަށެވެ.

އިތުރަށް ބަޔާނުގައި ވަނީ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށް ގެންދިޔަ ތަހުގީގަށް ވެސް މައުލޫމާތު ދީފައިވާނެ ކަމަށެވެ. އޭގެ އިތުރުން، ދައުލަތުގެ ކަމާއިގުޅޭ މުއައްސަސާތަކުން މިކަމާގުޅޭގޮތުން ބޭނުންވާ ހުރިހާ މައުލާމާތެއް ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ވެސް ނީޒާގެ ބަޔާނުގައިވެއެވެ.

އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ ފަރާތުން މައުލޫމާތު ދޭން ހާޒިރުވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމިން އާދަމެވެ. ކޮމިޓީގެ މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެމުން ބީއެމްއެލްއިން ބުނީ އެސްއޯއެފްގެ އެކައުންޓްތަކުން އާދަޔާ ޚިލާފު މުއާމަލާތްތައް ހިންގަން ފެށި ހިސާބުން ދައުލަތުގެ ކަމާއިބެހޭ އިދާރާ ކަމުގައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރް) އެއް ތައްޔާރުކޮށްފައިވާ ފޮނުވާފައިވާނެ ކަމަށެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ އެސްޓީއާރް ފޮނުވީ ނޮވެމްބަރު 27، 2014 ގައި ކަމަށާއި، އެޔާއި ގުޅިގެން އޭރު ވަގުތީގޮތުން އެފްއައިޔޫ ހިންގެވުމާ ހަވާލުވެގެން ހުންނެވި ނީޒާ ލަފާދެއްވީ އެކައުންޓުން ކުރާ މުއާމަލާތްތައް ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށް ކަމަށެވެ. ނީޒާ އޭރު އެފްއައިޔޫއާ ހަވާލުވެވަޑައިގެން ހުންނެވީ އެތަނުގެ ވެރިޔަކަށް ހުންނެވި އާތިފް ޝަކޫރު ޗުއްޓީގައި ހުންނެވުމާއި ގުޅިގެންނެވެ.

ނީޒާ އިމާދަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ރައީސް ޔާމިންގެ ސަރުކާރުގައި އޭރު ހުންނެވި ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ނީޒާ އިސްތިއުފާ ދެއްވަން ނިންމެވީ ގަވަރުނަރަކަށް ހަމަޖައްސަން ރައީސް ޔާމިން ނަން ފޮނުއްވެވުމަށް ފަހު އަނބުރާ ގެންދެވުމުން އެކަމާ މެދު ހިތްހަމަ ނުޖެހިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2017

ޖޭޕީއަށް ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސިނާނު ދޮގުކުރައްވައިފި

01 ޖުލައި 2017
ޖޭޕީއަށް ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސިނާނު ދޮގުކުރައްވައިފި
06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް