Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު

އާޒިމާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަނީ

އެމައްސަލައިގައި އޮންނާނީ އިބްތިދާއީ އަޑުއެހުންތައް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ޖުލައި 2019 | އަންގާރަ 08:52
އައިޝަތު އާޒިމާ ޝަކޫރު

އައިޝަތު އާޒިމާ ޝަކޫރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރ ކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިން މައްސަލައާއި ގުޅޭ ލިޔެކިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އޭނާއާއި ހަވާލު ކޮށްފައެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ބުރާސްފަތި ދުވަހު ފަށާއިރު ލިޔެކިޔުންތަކާއި ހަވާލުވުމަށްފަހު އޭނާގެ ފޭސްބުކުގައި ވިދާޅުވީ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ އުފުލާފައިވާ ދައުވާއަކީ ބަޔަކު ރާވައިގެން އޭނާގެ އަޑު ކަނޑުވާލުމަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

އާޒިމާ ވިދާޅުވީ ދައުވާ އުފުލާފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުން ކަމަށާއި ޚިޔާނާތުގެ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައި ނުވާނެކަމަށެވެ. މައްސަލައިގެ ތަފްސީލު ދެއްވާނީ ކޯޓުގެ އަޑުއެހުންތަކުގައިކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފްގެ ކުންފުނިން ކުރީގެ ރައީސް ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި-ކަރަޕްޝަން ކަމިޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރުމަށް އެންގުމުން ފައިިސާ ހަވާލު ނުކޮށް ފައިސާއިން މަންފާ ލިބޭ ގޮތަށް އެކްސްކްރޯ އެކައުންޓެއް ހުޅުވާފާވައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއް މިލިއަން ޑޮލަރުން ބީއެމްއެލްގައި އެކްސްކްރޯ އެކައުންޓް ހުޅުވާފައިވަނީ އޭސީސީ އާއި ރައީސް ޔާމީން ހިއްސާވާ ގޮތަށެވެ. އެކަމުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އެކްސްކްރޯ އެކައުންޓު ހުޅުވުމުގައި ރައީސް ޔާމީނަށް ކުރާ ކަރަޕްޝަންގެ ތުހުމަތުތަކުން ޔާމީނަށް ސަލާމާތްވެވޭނެ މަގު ފަހި ކޮށްދެއްވި ކަމުގެ ތުހުމަތު ލުތުފީގެ މައްޗަށް ކުރެވެއެވެ.

އޭސީސީއިން އެދުނު ފައިސާ ޖަމާ ކޮށްފައިވާ ކަމަށް ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނަވައި އާޒިމާ ވަނީ ލިޔުމުން އޭސީސީއަށް ސިޓީއަކުން އަންގަވާފައެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަޅާއެރުމުން އޭސީސީއިން ފުލުހުންގެ މައްޗަށް އަލުން މައްސަލަ ބެލުމަށް އެންގިއެވެ. އާޒިމާގެ މައްޗަށް ކުރަނީ އެމައްސަލައިގެ ތަހުގީގުން ފުލުހުންނަށް ހާމަވި ރައީސް ޔާމީނަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެމައްސަލައިގައި އާޒިމާ ފުލުހަށް ވެސް ހާޒިރު ކޮށް ބަޔާންތައް ނަގާފައި ވެއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު