Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެފްއެސްއެމް

ޑީސަލް ގެ ނާލުކެނޑުމުން މަހެއްގެ މައްޗައް އަށް ލައްކަ ރުފިޔާގެ ފައިދާވާނެ: ގަސަމް

ބިޑްތައް އަލުން ރިވިއުކޮށް އާ ފަރާތްތަކާއެކު ހެދޭ އެއްބަސްވުންތަކުން ނާލު ކެނޑުމުގެ ސަބަބުން މަހެއްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ފައިދާ ވާނެ

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 16 ޖުލައި 2019 | އަންގާރަ 09:25
އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް

އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް

ފެނަކައިގެ އިންޖީނުގެތަކަށް ދެވަނަ ފަރާތެއް މެދުވެރިކޮށްގެން އަޅަމުން ދިޔަ ޑީސަލް ގެ ނާލުކެނޑުމުން މަހެއްގެ މައްޗަށް 8 ލައްކަ ރުފިޔާގެ ފައިދާވާނެ ކަމަށް އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ .

އަންގާރަ ދުވަހު ހުޅުމާލޭގައި އެފްއެސްއެމްގެ އާ ޕަންޕް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަސަމް ވިދާޅުވީ، މީގެ ކުރިން އަތޮޅުތެރޭގެ ރަށްރަށުގައި ހުރި އިންޖީނުގެތަކަށް ހާއްސަކޮށް ފެނަކައިގެ އިންޖީނުގެތަކަށް ކުރިން ތެޔޮ ސަޕްލައި ކުރަމުން އައި ފަރާތްތަކުގެ ބިޑްތައް އަލުން ރިވިއުކޮށް އާ ފަރާތްތަކާއެކު ހެދޭ ބިޑުތަކުގައި، ނާލު ކެނޑުމުގެ ސަބަބުން މަހެއްގެ މައްޗަށް 8 ލައްކަ ރުފިޔާގެ ފައިދާ ވާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ގަސަމް ވިދާޅުވީ ކުރިޔަށް އޮތްތާގައި ވެސް މަސައްކަތްކުރާނީ ކުންފުއްޏަށް ފައިދާވާނެ އިތުރު ކަންކަން ކުރުމަށް ކަމަށެވެ.

އެފްއެސްއެމްގެ ކުރީގެ އެމްޑީ ހުސެއިން ދީދީގެ މައްޗަށް ވަނީ ކުންފުނިތަކަށް ކްރެޑިޓަށް ތެޔޮ ދޫނުކުރަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާގެ ތެޔޮ ދޫކުރި މައްސަލައިގެ ތުހުމަތު ކުރެވިގެން ވަޒީފާއިން ވަކިކުރެވިފައެވެ. އަދި ހުސައިން ދީދީއަށް ތުހުމަތު ކުރެވޭ މިހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2018

އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!

19 އެޕްރީލު 2018
އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!
01 އެޕްރީލު 2018

ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއެކު އުރީދޫގެ 'ފުޓްބޯޅަ ފޯރި' ތައާރަފްކޮށްފި

01 އެޕްރީލު 2018
ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއެކު އުރީދޫގެ 'ފުޓްބޯޅަ ފޯރި' ތައާރަފްކޮށްފި
17 ޖެނުއަރީ 2018

ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި

17 ޖެނުއަރީ 2018
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި
21 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި

21 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި
06 ސެޕްޓެމްބަރު 2017

ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ބޮޑުކޮށްފި

06 ސެޕްޓެމްބަރު 2017
ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު