Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންޓިކަރަޕްޝަން ކަމިޝަން

މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒުގެ ކަރަޕްޝަން މައްސަލައެއް ބަލަނީ

އެކައުންޓަށް ޖަމާކޮށްފައިވަނީ ފްލެޓްގެ ޑައުން ޕޭމަންޓަށް ބޭނުންވާ ފައިސާ

ރާއްޖެ އެމްވީ | 15 ޖުލައި 2019 | ހޯމަ 10:35
މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު

މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު

މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދުގެ ކަރަޕްޝަންގެ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީއިން ބަލަމުންދަނީ މުއާޒު ހުޅުމާލެއިން ފްލެޓެއް ގަތް މައްސަލައެވެ. މުއާޒު ފްލެޓް ބައްލަވައިގެންފައިވަނީ އިންޑިއާ ކުންފުންޏަކުން ހަދާފައިވާ "ރެނާޓަސް އިތާމުތް" އިން 2018 ވަނަ އަހަރުގެ ތެރޭގައެވެ.

Advertisement - newsAdvertisement

އެ މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެފްއައިޔޫގެ ސަމާލުކަމަށް އެމައްސަލަ އައިސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޝައްކު ކުރެވޭފަދަ ފައިސާގެ މުއާމަލާތެއްގެ ޓްރާންސެކްޝަން އޮންލައިންކޮށް ހަދާފައިވާތީ އެފައިސާއަކީ ކޮންގޮތަކަށް ހޯދި ފައިސާކަން ޔަގީން ނުވާތީއެވެ.

މުއާޒުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވަނީ ކޮން އެކައުންޓަކުންތޯ ސާފުކުރުމަށް ރާއްޖެއެމްވީއިން ސުވާލު ކުރުމުން ބުނެފައިވަނީ އެމައްސަލަ އޭސީސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ މައުލޫމާތު ދެވެން ނެތްކަމަށެވެ.

އެނގިފައިވާ ގޮތުގައި މުއާޒުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ފްލެޓްގެ ޑައުން ޕޭމަންޓަށް ބޭނުންވާ 340000ރ. (ތިންލައްކަ ސާޅީސްހާސް ރުފިޔާ) އެވެ. ހަމަ އެފައިސާ އޭނާ ވަނީ "ރެނާޓަސް އިތާމުތް"ގެ ކުންފުންޏަށް އޮންލައިން ޓްރާންސެކްޝަނެއް މެދުވެރިކޮށް ދައްކާފައެވެ.

އެމައްސަލައިގައި މުއާޒު އޭސީސީއަށް ވެސް ހާޒިރުކުރުމަށްފަހު ސުވާލު ކޮށް ވަނީ ބަޔާން ނަގާފައެވެ. މުއާޒު ރާއްޖެއެމްވީއަށް ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރު ކުރެއްވި ކަމަށާއި ނަމަވެސް ހިނގަމުންދާ މައްސަލައަކަށް ވާތީ އެކަމުގައި އެއްޗެއް ވިދާޅުވާން ބޭނުންވެނުލައްވާ ކަމަށެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހަށް މުއާޒު މަޑަވެލި ދާއިރާއަށް ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. މުއާޒު ވަނީ ޖޭޕީއަށް ސޮއިކުރުމަށް ފަހު ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. 18 ވަނަ މަޖިލިސް ނިމެންދެން އޭނާ ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ބޮޑެތި ކަރަޕްޝަންގެ ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި އާމްދަނީއާއި ނުބައްދަލު ތަކެތި ގަތުމާއި ގެންގުޅުން ފަދަ ތުހުމަތުތައް ވަނީ ކުރެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު