Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ަމަގޭ ރިޕޯޓް

ބާ ކައުންސިލް: ޖުޑީޝަރީގެ ވަކިތަކުން ވަކީލުންނަށް މިންޖު

ފެހި ގާނޫނު އަސާސީއާ އެކު އެކަން ކުރަމުން އައިސްފައިވަނީ އޭޖީ އޮފީހުން

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 14 ޖުލައި 2019 | އާދީއްތަ 14:50
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރާއްޖޭގެ ކޯޓުތަކުގައި މުވައްކިލުންގެ ހައްގުގައި ވަކީލުން ވަކާލާތު ކުރާތާ ސާޅީސް އަހަރުވާން ކައިރިވެފައިވާ އިރު، މިހާތަނަށް ވަކީލުން ފިޔަވައި އެހެން ހުރިހާ އެންމެންގެ ބެލުމުގެ ދަށުން ވަކީލުންގެ ކަންކަން ބަލަހައްޓާފައިވެއެވެ. ކޯޓުތަކުގައި ވަކާލާތު ކުރަން ފެށުނީއްސުރެން ސީދާ ސަރުކާރުގެ ބެލުމުގެ ދަށުން އެކި ވުޒާރާތަކުން އެކަން ކުރަމުން އައިސްފައިވާ އިރު، 2008 ވަނަ އަހަރުގެ ފެހި ގާނޫނު އަސާސީ ވުޖޫދަށް އައި އިރު އެކަން ކުރަމުން އައީ މިނިސްޓްރީ އޮފް ޖަސްޓިސް އިންނެވެ.

ފެހި ގާނޫނު އަސާސީ ވުޖޫދަށް އައިސް ތިން ބާރު ވަކިވެފައިވާ ނިޒާމް އުފަން ވުމާއި އެކު، މަންޒަރު ބަދަލުވެ އެކަން ދެން ކޮށްފައިވަނީ އެޓާރނީ ޖެނެރަލްގެ އޮފީހުންނެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ފަހުކޮޅު ސުޕްރީމް ކޯޓުގެ ސީދާ ބެލުމުގެ ދަށަށް ވަކީލުން ހުވާކުރުމުގެ ކަންކަން ގެންގޮސް އެޓަރނީ ޖެނެރަލް އޮފީހަށް ލިބިދީފައި އޮތް ބާރުތައް ނިގުޅައިގަތެވެ. އެ ހިސާބުން ވަކީލުންގެ ޝަކުވާތައް ގިނަވެ، އެތައް ދުވަސްތަކެއް ވަންދެން ވަކީލުންނަށް ހުވާނުކުރެވިފައި ތިއްބެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ސީދާ ބެލުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ބެލުމުގެ ދަށަށް ގެންގޮސް، އަހަރެއްހާ ދުވަސް ވަންދެން ވަކީލުން ހުވާކުރުމުގެ ކަންތައް މަޑުޖައްސާލާފައި އޮތެވެ.

އެޓާރނީ ޖެނެރަލް އޮފީހުން "ޖަހައިގަނެގެން" ސުޕްރީމް ކޯޓުން އެ ބާރުތައް ގެންދިޔަ އިރު، އޭރު ބުނެފައިވަނީ އަހަރަކު ދެ ފަހަރު ވަކީލުން ހުވާކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ. ނަމަވެސް އެކަން ދިގުލައިގެން ގޮސް ސަތޭކައަށް ވުރެ ގިނަ ވަކީލުން ހުވާނުކޮށް ދުވަސްތަކެއް ވަންދެން ތިބެން ޖެހުނެވެ. އަދި ތަފާތު އެކި އުސޫލުތައް ހަދާ ވަކީލުންނަށް ވަކާލާތު ކުރުމަށް ތަފާތު އެކި ހުރަސްތައް ކުރިމަތި ކުރިއެވެ. އޭގެ ތެރޭގައި ހުވާކުރާތާ އެއް އަހަރު ފަހުން ވަކާލާތު ކުރެވޭ ގޮތަށް ކަނޑައެޅި އުސޫލާއި، އެ ހުރިހާ ކިޔެވުމެއް ކިޔަވައިގެން އައިސްވެސް އިތުރު ތަމްރީން ޕްރޮގްރާމްތަކެއް ހަދަން ޖެހުން ފާހަގަކޮށްލެވެއެވެ.

ކޮންމެއަކަސް ދަންނަވަން މިއުޅޭ ވާހަކައަކީ، ވަކީލުންގެ ކަންކަން ބެލެހެއްޓުން ފަނޑިޔާރުގޭގެ އިހްތިސާސްގެ ދަށަށް ދިޔުމުން އެކަމުގައި މަސްލަހަތުގެ ފުށު އެރުންތަކެއް އުޅޭ ވާހަކައެވެ. ވަކީލުން، ހާއްސަކޮށް ދިފާއީ ވަކީލުންނަކީ ފަނޑިޔާރުންގެ ކުރިމަތީގައި ބަސްބުނެ މުވައްކިލުންގެ ދިފާއުގައި ވާހަކަ ދައްކަން ޖެހޭ ބަޔަކަށްވާ އިރު، ދެން ފެނިގެން ދިޔައީ ފަނޑިޔާރުގެއިން ހިތުހުރި ގޮތަކަށް ވަކީލުންނާ މެދު ކަންކަން ކުރަމުން ދިޔަތަނެވެ. އެގޮތުން ފާޑުކިޔުމުގެ ފުރުސަތު އިންތިހާއަށް ހަނިކޮށް، އެއީ ބިނާކުރަނިވި ފާޑުކުރުމަކަށް ވީ ނަމަވެސް، ފެނިގެން ދިޔައީ ވަކީލުންނާ ދެކޮޅަށް އެކި ފިޔަވަޅުތައް އެޅިގެން ދިޔަ ތަނެވެ. އެންމެ ފަހުން ކޯޓުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ވަކީލުން ޕެޓިޝަނެއް ހުށައެޅުނު ހިސާބުން، އެ ހުރިހާ ވަކީލުންނާ މެދު ފިޔަވަޅު އަޅާ ކާން ބޯން ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓުވާލިއެވެ. ސުޕްރީމް ކޯޓު ދޮށުގައި ގައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވީ ކަމަށް ބުނެ 46 ސަސްޕެންޑްކުރިއެވެ.

މި ހިސާބުން ފެންނަން އޮތް ހަގީގަތަކީ، އެ މަސައްކަތް ކުރެވުނީ ވަކީލުންގެ މައްޗަށް ނުފޫޒު ފޯރުވަން ކަމެވެ. ވަކީލުންގެ އަޑު ކަނޑުވާލާ، ދިފާއުވުމުގެ ހައްގު ނިގުޅައިގަންނަން މަސައްކަތް ކުރެވުނީއެވެ. ހެދުނު ހަމައެކަނި ގޯހަކީ ހައްގަށް ވަކާލާތު ކުރުމެވެ. ކޮންމެ ބަޔަކު ވިޔަސް ގޯސްކޮށް ކަމެއް ކުރާ ހިނދު، އެވާހަކަ ދެއްކޭނެ ނޫންތޯއެވެ. އޭރު ފަނޑިޔާރުގެއިން އެ ނިންމުން ނިންމީ ކޮންކަމަކާއި ގުޅިގެން ކަމާއި މެދު މިއަދު ޝައްކެއް ކުރާނީ ވަކި ކާކުހެއްޔެވެ؟ ސަސްޕެންޑް ކުރިކަމުގެ އިއުލާން ކުރި ޑީޖޭއޭއިން އެންމެ ފަހުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވީއިރު، އެކަން އެނގުނު ކަމަކަށް ވެސް ނުވިއެވެ.

މިއަދު ރާއްޖޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ ފުރަތަމަ ބާ ކައުންސިލް އުފެދިފައިވާ އިރު، މިއީ ވަކީލުންނަށް ލިބުނު މިނިވަންކަމެކެވެ. ތަހުޒީބު ދުނިޔޭގައި މިކަން މިހެން ކުރަމުން އަންނަތާ ޒަމާންތަކެއް ވެފައިވާ އިރު، ދިވެހިރާއްޖެއަށް މި ހިސާބަށް މިއަދު ނަމަވެސް އާދެވުނީމާ ހަމަ ސާބަސް ކިޔަމެވެ. މިއީ ވަކީލުން މިނިވަންކަމާއި އެކީ ހިޔާލު ފާޅުކޮށް، ޖުޑީޝަރީގެ ނުފޫޒުން އެއްކިބާ ވާން އެޅުނު މުހިންމު ފިޔަވަޅެކެވެ. އުއްމީދަކީ މި އުފެދުނު ބާ ކައުންސިލް ވެސް ސިޔާސީ ނުފޫޒުން އެއްކިބާވެ ވަކީލުންގެ ހައްގުގައި ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟

10 އޮކްޓޯބަރު 2019
ޓިނު ނެންގެވި ރައީސްއަށް ޖުޑީޝަރީގެ މުހިންމުކަން އިހުސާސްވެވަޑައިގެންފި!

ޓިނު ނެންގެވި ރައީސްއަށް ޖުޑީޝަރީގެ މުހިންމުކަން އިހުސާސްވެވަޑައިގެންފި!

05 ޖުލައި 2019
ސްޕޯޓްސް ކައުންސިލް އުވާލުން، އެސޯސިއޭޝަންތަކުގެ ޝުކުރު މިނިސްޓަރ މަހްލޫފަށް

ސްޕޯޓްސް ކައުންސިލް އުވާލުން، އެސޯސިއޭޝަންތަކުގެ ޝުކުރު މިނިސްޓަރ މަހްލޫފަށް

16 ޖޫން 2019
މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

09 މާރިޗު 2019
ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް

22 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު