Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަމާނާ ތަކަފުލްގެ އަހަރީ އާންމު ޖަލްސާ

އަމާނާ ތަކަފުލް އިން ހިއްސާގެ ފައިދާ ބެހުމަށް ނިންމައިފި

14 ޖުލައި 2019 | އާދީއްތަ 12:09

ކުންފުނީގެ ބޯޑުންވަނީ ހިއްސާއެއްގެ މޫނުމަތީ އަގުގެ 5 އިންސައްތަ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ދިނުމަށް ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖުލައި 2019 | އާދީއްތަ 12:09
އަމާނާ ތަކަފުލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އަމާނާ ތަކަފުލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އަމާނާ ތަކަފުލް (މޯލްޑިވްސް) ޕީ.އެލް.ސީ އިން 2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ (ފަސްޓް އިންޓެރިމް ޑިވިޑެންޑް) ވިޔަފާރީގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމާ އަދި ތަކާފުލް ސެޓްފިކެޓް (ޕޮލިސީހޯލްޑާރސް) ނަންގަވާފައިވާ ފަރާތްތަކަށް ސާޕްލަސް ބެހުމަށް ނިންމައިފިއެވެ.

2019 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކުންފުނީގެ ސާފު ފައިދާ މިވަނީ މިދިޔަ 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. އެހެންކަމުން ކުންފުނީގެ ބޯޑުންވަނީ ހިއްސާއެއްގެ މޫނުމަތީ އަގުގެ 5 އިންސައްތަ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ދިނުމަށް ނިންމާފައެވެ.

31 ޑިސެމްބަރ 2018 އާއި ހަމައަށް މުއްދަތު ހަމަވާ ތަކާފުލް ސެޓްފިކެޓް (ޕޮލިސީ) ނެންގެވި ފަރާތްތަކަށް 14 އިންސައްތަ ސާޕްލަސް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ސެޓްފިކެޓް ނަންގަވާފައިވާ ފަރާތްތަކުގެ ތެރެއިން ހާދިސާއެއްގައި ބަދަލު ހޯދުމަށް އެދިފައިނުވާ ހުރިހާ ފަރާތަކަށް ސާޕްލަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންވެންޝަނަލް އިންޝުއަރަންސް އާއި ޚިލާފަށް އިސްލާމީ އިންޝުއަރަންސް (ތަކާފުލް) ގައި ތަބައްރުއު (ރިސްކްފަންޑު) ގެ ޙައްޤުވެރިންނަކީ ތަކާފުލްގެ ދަށުން އިންޝުއަރަންސް ނަންގަވާ ފަރާތްތެކެވެ.

މި ހިނގާ 2019 ވަނަ އަހަރު އެކިއެކި ހާދިސާތަކުގައި ގެއްލުން ލިބުނު ބައިވެރިންނަށް ބަދަލުގެ ގޮތުގައި ދީފައިވާ އަދަދު ވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާބަލާއިރު ބަދަލުދެވިފައިވާ މިންވަރު ވަނީ 14 އިންސައްތަ އިތުރުވެފައެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ޚިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑު ތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރެވެ. ކުންފުނީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް 'ސާޕްލަސް' އާއި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރެވުނު ހިސާބުން ދަނީ ކެނޑިނޭޅި ދެމުންނެވެ.

2019 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ 5 އިންސައްތަ ދިނުމަށް ވަނީ ނިންމާފައެވެ.

އަމާނާތަކަފުލް އިން ބުނީ ޖުލައި 23 ވަނަ ދުވަހާއި ހަމައަށް ކުންފުނީގެ ހިއްސާ ބައްލަވައިގެންފައިވާ ފަރާތްތަކަށް ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

22 އޯގަސްޓު 2017
އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި
03 އޯގަސްޓު 2017

އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

03 އޯގަސްޓު 2017
އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
16 މެއި 2017

އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި

16 މެއި 2017
އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް