Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަތުރުފަތުގެ ނިޒާމް

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ ޕްލޭނެއް އެކުލަވާލަނީ

މިއީ ހުރިހާ ވުޒާރާތަކެއްގެ ކަމާބެހޭ މާހިރުންގެ ލަފައާއި އެކު ކުރިއަށްދާ ޕްލޭނެއް ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 ޖުލައި 2019 | ބުރާސްފަތި 17:48
ރައީސް ސޯލިހާއެކު، މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން

ރައީސް ސޯލިހާއެކު، މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން

ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖޭ ގުޅާލާ, ސަރައްހައްދީ ތަރައްގީގެ ސެންޓަރުތައް ގާއިމްކުރުމުގެ މެދުރާސްތާގެ ޕްލޭނެއް އެކުލަވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ އާބާދީގެ ބޮޑު ބައެއް މާލޭގައި ދިރިއުޅުން އާރާސްތް ކުރުން އިހުތިޔާރުކޮށް މާލެއަށް ހިޖުރަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މާލެ ތޮއްޖެހި ގެދޮރަށް ބެނުންވާ މިންވަރު މަތިވެ, އަމިއްލަ ބޯހިޔަވަހިކަމެއް ނެތް ފަރާތްތަކުން ކުއްޔަށް ކުރާ ހޭދަ ވަނީ އިންތިހާއަށް މަތިވެފައި ކަމަށެވެ. އަދި ހާސްކަމާއި، ދަތިކަމުން ފުރިގެންވާ އެތައް އާއިލާއެއް މާލޭގައި ކުދި ކޮޓަރިތަކުގައި ދުވަސްތައް ގުނަމުންދާކަމީ ހިތާމައެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވިގޮތުގައި މި މަންޒަރު ބަދަލު ކުރެވޭނީ އަތޮޅުތަކުގެ ތަރައްގީއަށް އިންވެސްޓް ކޮށްގެންނެވެ. އަދި ލާމަރުކަޒި ނިޒާމް ފުރިހަމައަށް ތަންފީޒް ކޮށް، ޕްރައިވެޓް ސެކްޓަރާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މި ސަރުކާރުން އަމާޒު ހިފާފައިވަނީ ތޮއްޖެހުމާއި، އެކަމާއި އެކުގައި ނުކުންނަ އިގްތިސާދީ އަދި އިޖްތިމާއީ ރޯގާތަކުން މިންޖުވުމަށްޓަކައި މާލެއިން ލިބޭ ޚިދުމަތާއި، ފުރުސަތާއި، ވަސީލަތް އަތޮޅު ތެރޭގައި ގާއިމް ކުރުމަށް ކަމަށެވެ. އަދި ތަރައްގީގެ ހަރުތައް އެންމެހާ ދިވެހި ރައްޔިތުންގެ މައްޗަށް އަދުލުވެރި ހަމައަކުން ބެހިގެންދާނެ ފަދަ ގޮތަކަށް ދެމެހެއްޓެނިވި ގޮތުގައި ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެ އަމާޒުގައި ސަރުކާރުން މިހާރު ދަނީ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖޭ ގުޅާލާ ސަރައްހައްދީ ތަރައްގީގެ ސެންޓަރުތައް ގާއިމް ކުރުމުގެ މެދުރާސްތާގެ ޕްލޭނެއް އެކުލަވާލަމުން ކަމަށް އަކްރަމް ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅާއި، އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފަރާ ސްޓްރަކްޗާ އިސްވެ އޮވެ ތައްޔާރު ކުރަމުންދާ މި ޕްލޭންގައި އުމްރާނީ ތަރައްގީ އާއި އެއްހަމައެއްގައި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ރޭވޭ މަޝްރޫއުތައްވެސް ހިމެނިގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ އެންމެ މަތީ ފަންތިން ފެށިގެން ހުރިހާ ވުޒާރާތަކެއްގެ ކަމާބެހޭ މާހިރުންގެ ލަފައާއި އެކު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ބިނާވެގެން ދާ ތަރައްގީގެ ޕްލޭނެއްކަމަށް އަކްރަމް ވިދާލުވިއެވެ. އަދި ދިވެހިރާއްޖޭގެ އާބާދީއަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި ދުޅަހެޔޮ ހިތް ފަސޭހަ ހެލިފެލިވެ އުޅެވޭ މާހައުލެއް އެންމެންނަށް ލިބެނޭ މަގުން އުމްރާނީ ތަރައްގީ ރޭވުން މުހިއްމު ކަމަށާއި އެކަން މިސަރުކާރުގެ ވިސްނުމުން ކައްސަލައިގެން ނުދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު