Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ މައްސަލަ

އިރާނުގެ ބޯޓުތަކަކުން އިނގިރޭސިވިލާތުގެ ޓޭންކަރެއް ހުއްޓުވަން އުޅެފި

އިނގިރޭސިވިލާތުގެ ވާހަކަތައް އީރާނުން ދޮގުކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 12 ޖުލައި 2019 | ހުކުރު 01:35
އިނގިރޭސި ވިލާތުގެ ބްރިޓިޝް ހެރިޓޭޖް މި އަހަރުގެ މާޗް މަހު އިސްޓަންބޫލްގައި

އިނގިރޭސި ވިލާތުގެ ބްރިޓިޝް ހެރިޓޭޖް މި އަހަރުގެ މާޗް މަހު އިސްޓަންބޫލްގައި

އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓަން އިރާނުގެ ތިން ބޯޓަކުން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.

އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައިބުނެފައިވަނީ ވިޔަފާރީގެ އުސޫލުން ދަތުރުތައް ކޮށްއުޅޭ އިނގިރޭސިވިލާތުގެ ބްރިޓިޝް ހެރިޓޭޖް ކިޔާ ޓޭންކަރަށް ބުރާސްފަތި ދުވަހު ހުރަސްއަޅަން އުޅުނު އިރާނުގެ ތިން ބޯޓަކުން އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިން "އަނގަބަހުން އިންޒާރު ދިނުމުން" އަނބުރާ ގޮސްފައިވާކަމަށެވެ.

ބަޔާނުގައި ބުނެފައިވާގޮތުގައި އިނގިރޭސި ސިފައިންގެ މަނަވަރު ދަތުރުކުރަމުންދިޔައީ އެ ގައުމުގެ ބޯޓާއެކުއެވެ.

"މި އަމަލާމެދު ކަންބޮޑުވޭ އަދި އީރާނުގެ އިދާރާތަކަށް ގޮވާލަން ސަރަހައްދުގެ މަސްރަހު ފިނިކުރުމަށް" ބަޔާނުގައިވެއެވެ.

ފާސް ނިއުސް އޭޖެންސީން ބުނާ ގޮތުން އިނގިރޭސިވިލާތުގެ އެ ތުހުމަތުތައް އީރާނުގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ދޮގުކުރައްވައެވެ.

"ދާދިފަހުން އިނގިރޭސިވިލާތުގެ ޓޭންކަރެއް އެވަނީ ހުރަސްކޮށްފައި. ނުތަނަވަސްކަން އުފެއްދުމަށް އެމީހުން އަމިއްލައަށް އެކުރާ ތުހުމަތަކީ އެއްވެސް އަސްލެއް އޮތްކަމެއް ނޫން" ބަޔާނުގައިވެއެވެ.

އީރާނުގެ ރިވޮލިއުވޝަނަރީ ގާޑު ކޯޕްސްއިންވެސް ވަނީ އެފަދަ ކަމެއްގައި އެ ފައުޖުގެ ބައިވެރިވުމެއް ނޯންނާކަމަށް ބުނެ ބުރާސްފަތި ދުވަހު ބަޔާނެއްނެރެފައެވެ.

އިނގިރޭސި ވިލާތުން އިރާނުގެ މައްޗަށް މިފަދަ ތުހުމަތުތަކެއްކޮށްފައިމިވަނީ އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޚިލާފަށް ސީރިޔާއަށް ތެޔޮ ހިފައިގެން ދާކަމަށް ތުހުމަތުކުރެވިގެން ޖިބްރޯލްޓާގެ ސަރުކާރުގެ އެދުމަކަށް ރޯޔަލް ނޭވީގެ ސިފައިން އިރާނުގެ ތެޔޮބޯޓެއް ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

ސިންގަޕޫރު ކައިރިން އެމެރިކާގެ މަނަވަރެއް ޓޭންކަރެއްގައި ޖެހި 10 މީހުން ގެއްލި އެތައް ބަޔަކު ޒަޚަމްވެއްޖެ

21 އޯގަސްޓު 2017
ސިންގަޕޫރު ކައިރިން އެމެރިކާގެ މަނަވަރެއް ޓޭންކަރެއްގައި ޖެހި 10 މީހުން ގެއްލި އެތައް ބަޔަކު ޒަޚަމްވެއްޖެ
09 އޯގަސްޓު 2017

ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި

09 އޯގަސްޓު 2017
ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
18 ޖުލައި 2017

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

18 ޖުލައި 2017
އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު