Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭރުގެ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުން

42 ގައުމެއްގައި ރާއްޖެ ތަމްސީލްކުރުމަށް ސަފީރުން ކަނޑައެޅުމާއެކު، ހާރިޖީ ގުޅުންތައް އައު ހަރުފަތަކަށް

7 ވަރަކަށް އަހަރު ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފައި އޮތުމަށްފަހު ރާއްޖެ އަނެއްކާވެސް ބައިނަލްއަޤްވާމީ ދުނިޔެއާއި މި ގުޅެނީ ފަތު އަޑު ކިޔާފައި

ރާއްޖެ އެމްވީ | 11 ޖުލައި 2019 | ބުރާސްފަތި 13:55
ފޮރިން މިނިސްޓަރު ޝާހިދު އާއި އީޔޫ ކޮމިޝަންގެ ނައިބް ރައީސް ބައްދަލު ކުރައްވަނީ

ފޮރިން މިނިސްޓަރު ޝާހިދު އާއި އީޔޫ ކޮމިޝަންގެ ނައިބް ރައީސް ބައްދަލު ކުރައްވަނީ

އިތުރު 25 ޤައުމަކަށް ނަން-ރެޒިޑެންޓް އެމްބެސެޑަރުންގެ ގޮތުގައި ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުންތަކެއް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއިއެކު، މީގެ ކުރިން ދުވަހު ދިވެހިރާއްޖެ ބޭރު ދުނިޔެއަށް ހުޅުވާނުލެވޭ މިންވަރަށް މިވަނީ ހުޅުވާލެވިފައެވެ. މިހާރުވެސް 16 ޤައުމެއްގައި ދިވެހި އެމްބަސީތައް ހުރިއިރު، އަލަށް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި އެމްބަސީތަކާއި، އަލަށް ނަންރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވި ޤައުމުތަކާއިއެކު، ޖުމްލަ 42 ޤައުމެއްގައި ދިވެހިރާއްޖެ ތަމްސީލްކުރެވުނީއެވެ.

މިހާރުވެސް އިންޑިއާގައި އެމްބަސީއެއްގެ އިތުރުން ކޮންސިއުލޭޓެއް ހިންގަމުންދާއިރު، ދާދި އަވަހަށް ސައޫދީ ޢަރަބިއްޔާގައި ރިޔާދުގައި ހުންނަ އެމްބަސީގެ އިތުރުން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވޭނެއެވެ. އަދި ރަޝިޔާއާއި ދެކުނު އެފްރިކާގެ އިތުރުން އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީތައް ހުޅުވިގެންދާނެއެވެ.

7 ވަރަކަށް އަހަރު ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފައި އޮތުމަށްފަހު ރާއްޖެ އަނެއްކާވެސް ބައިނަލްއަޤްވާމީ ދުނިޔެއާއި މި ގުޅެނީ ފަތު އަޑު ކިޔާފައެވެ. ބޭރުދުނިޔެ އާއި ކެނޑިފައިވާ ގުޅުން ބަދަހިކުރުމަށް ޚާރިޖިއްޔާ އާއި ހަވާލުވެފައިވާ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދާ ތަން މިހާރު އެދަނީ ފެންނަމުންނެވެ.

70 އަށްވުރެ ގިނަ ޤައުމުތަކުގެ މަންދޫބުންނާއި މިހާތަނަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވާފައިވާކ ަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި ހިމެނެނީ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ޚާރިޖީ ވަޒީރުންނާއި ސަފީރުންނެވެ. ސަރުކާރަށް 8 މަސް އަދި ނުވާއިރު، މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިއީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ފެނެއެވެ.

ރައްޔިތުންގެ މަޖިލީހުން ނަންރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް ކަނޑައަޅާފައިވާ ޤައުމުތަކަށް ބަލާއިރު، ޚަރަދު ކުޑަކޮށް، އެހެންނަމަވެސް ޚާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތައް ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. ރާއްޖެފަދަ ކުޑަ ޤައުމަކަށް ހުރިހާ ޤައުމުތަކެއްގައި އެމްބަސީ ބަހައްޓައިގެން ބޮޑު ޚަރަދެއް ނުކުރެވޭނެއެވެ. އެހެންކަމުން އެމްބަސީތައް މިހާރު ހަދާފައިވާ ޤައުމުތަކާއި ކައިރީގައިވާ ޤައުމުތަކަށް އެ ޤައުމުތަކުގައި ތިއްބަވާ ސަފީރުން ނަންރެޒިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅުމުން ބޮޑުތަނުން ޚަރަދު ކުޑަކުރެވި، ދިވެހިރާއްޖެ ގިނަ ޤައުމުތަކެއްގައި ތަމްސީލް ކުރެވޭނެއެވެ. އެފްރިކާ ބައްރުގައި ރާއްޖޭގެ އެމްބަސީއެއް ނެތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދެކުނު އެފްރިކާގައި އެމްބަސީއެއް ހުޅުވިގެންދާނެ ކަމަށް ރައީސް އެ ވަނީ އިއުލާން ކުރައްވާފައެވެ. ދެކުނު އެފްރިކާގައި އެފްރިކާ ބައްރުގެ ގާތްގަނޑަކަށް ހުރިހާ ޤައުމެއްގެ އެމްބަސީތައް ހުންނައިރު، މިއީ އެފްރިކާ ބައްރުގެ ޤައުމުތަކާއި ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ ބުއްދިވެރި ފިޔަވަޅެކެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ނަންރެޒިޑެންޓް ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަން ކުރެއްވިޔަސް، އެ ބޭފުޅުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައިގެ ބަދަލުގައި އިތުރު މުސާރައެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

އައު ޤައުމުތަކަށް ނަން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިންއިރު، އެ 11 ބޭފުޅުންނަކީ މިހާރު ވެސް ސަފީރުކަމުގައި ތިއްބެވި، ތަޖުރިބާކާރު، ކަމަށް ޤާބިލް ބޭފުޅުންނެވެ. އައު ސަރުކާރު އައިސްގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ބެއްލެވުމުގެ ދަށުން ހޯއްދަވާފައިވާ ކާމިޔާބީ، އެޔަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތެއް މިވަނީ މިހާރު ފަހިވެފައެވެ. 25 ޤައުމަކަށް ސަފީރުން ކަނޑައެޅިގެންދާއިރު، ރައްޔިތުންގެ އުއްމީދުތައް ވެސް ގިނަ ވެގެންދާނެއެވެ. ވިސާއާ ނުލައި ގިނަ ޤައުމުތަކަށް ދެވޭނެ ގޮތް ދިވެހިން ބޭނުން ވާނެއެވެ. ޤައުމުތަކުން ސްކޮލަރޝިޕްތަކާއި އެކިއެކި ފުރުސަތު ބޭނުންވާނެއެވެ. އަލަށް ސަފީރުން އައްޔަންކުރެވޭ ޤައުމުތަކުގެ ލިސްޓަށް ބަލާއިރު ވެސް އެއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ، އެންމެ މުއްސަނދި ޤައުމުތަކެވެ. އެހެންކަމުން ހިލޭ އެހީ އާއި އެހެނިހެން އެހީއަށް ވެސް ދިވެހިން އުއްމީދު ކުރާނެއެވެ. ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެއަކީ އަނެއްކާވެސް ބަސްވިކޭ، ބަހުގެ އިތުބާރު ހިފޭ ޤައުމެއްގައި ގޮތުގައި ފެނިގެންދާނެ ކަމަށް ދިވެހިން އުއްމީދު ކުރާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު