Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓު

އާޒިމާ މިއަދު ކޯޓަށް ހާޒިރު ކުރަނީ ލިޔެކިޔުންތައް ހަވާލު ކުރުމަށް

އާޒިމާއަށް ޗިޓު ހަވާލުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 11 ޖުލައި 2019 | ބުރާސްފަތި 04:45
އައިޝަތު އާޒިމާ ޝަކޫރު

އައިޝަތު އާޒިމާ ޝަކޫރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރ ކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް ބުރާސްފަތި ދުވަހު ހާޒިރު ކުރަނީ ދައުވާއާ ބެހޭ ލިޔެކިޔުންތައް ހަވާލު ކުރުމަށް ކަމަށް އެ ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓަށް ހާޒިރު ވުމަށް އާޒިމާއަށް ޗިޓު ހަވާލުކޮށްފައިވަނީ އަންގާރަ ދުވަހު އެވެ.

އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށެވެ.

އެ މައްސަލައިގެ ދައުވާއާ ގުޅޭ ލިޔެކިޔުންތަކާއި މައްސަލައަށް ޖަވާބުދާރީ ވުމަށް ތައްޔާރުވާން ލިޔެކިޔުންތައް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އޭނާއާއި ހަވާލު ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އާޒިމާ ރާއްޖެއިން ބޭރުގައި އުޅުއްވާތީ ވަނީ ހަވާލު ނުކުރެވިފައެވެ. އާޒިމާ ވަނީ މިހާރު އަނބުރާ ރާއްޖެ ވަޑައިގެންފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ލިޔުންތައް ހަވާލުކޮށް މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފަށަން ޖެހެ އެވެ. އެގޮތުން ބުރާސްފަތި ދުވަހު އޮތީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ލިޔެކިޔުންތައް ބަދަލު ކުރުމެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފްގެ ކުންފުނިން ކުރީގެ ރައީސް ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި-ކަރަޕްޝަން ކަމިޝަން ކޮމިޝަން (އޭސީސީ)އާ ހަވާލުކުރުމަށް އެންގުމުން ފައިިސާ ހަވާލު ނުކޮށް ފައިސާއިން މަންފާ ލިބޭ ގޮތަށް އެކްސްކްރޯ އެކައުންޓެއް ހުޅުވާފާވައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއް މިލިއަން ޑޮލަރުން ބީއެމްއެލްގައި އެކްސްކްރޯ އެކައުންޓް ހުޅުވާފައިވަނީ އޭސީސީ އާއި ރައީސް ޔާމީން ހިއްސާވާ ގޮތަށެވެ. އެކަމުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އެކްސްކްރޯ އެކައުންޓު ހުޅުވުމުގައި ރައީސް ޔާމީނަށް ކުރާ ކަރަޕްޝަންގެ ތުހުމަތުތަކުން ޔާމީނަށް ސަލާމާތްވެވޭނެ މަގު ފަހި ކޮށްދެއްވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.

އޭސީސީއިން އެދުނު ފައިސާ ޖަމާ ކޮށްފައިވާ ކަމަށް ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނަވައި އާޒިމާ ވަނީ ލިޔުމުން ސިޓީއަކުން އަންގަވާފައެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަޅާއެރުމުން އޭސީސީއިން ފުލުހުންގެ މައްޗަށް އަލުން މައްސަލަ ބެލުމަށް އެންގިއެވެ. އާޒިމާގެ މައްޗަށް ކުރަނީ އެމައްސަލައިގެ ތަހުގީގުން ފުލުހުންނަށް ހާމަވި ރައީސް ޔާމީނަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު