Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް މިނިސްޓްރީ

ރިސޯޓްތަކުން ސީއެސްއާރް ޕްރޮޖެކްޓް ގޮތުގައި އާރަށުގައި ގަނޑުވަރެއް ފަދަ ތަނެއް ހެދި

10 ޖުލައި 2019 | ބުދަ 12:11

ބޭކާރު ކަންތައްތަކުގައި ސީއެސްއާރް ޕްރޮޖެކްޓެއް ނަހަދާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 10 ޖުލައި 2019 | ބުދަ 12:11
އާރަށުގައި ހަދާފައިވާ ގަޑުވަރު

އާރަށުގައި ހަދާފައިވާ ގަޑުވަރު

ރައީސުލްޖުމްހޫރިއްޔާ ޗުއްޓީ ހޭދަކޮށްލަވަން ހަމަޖައްސައިފައިވާ ރަށް '' އާރަށުގައި''، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ހާއްސަކޮށްގެން ރިސޯޓަކުން ސީއެސްއާރް ޕްރޮޖެކްޓްއެއް ގޮތުގައި ގަނޑުވަރެއް ކަހަލަ ތަނެއް ބިނާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޓޫރިޒަމް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބުދަ ދުވަހު ހާޒިރު ކޮށްފައެވެ.

Advertisement - newsAdvertisement

އެ ކޮމިޓީގައި ސީއެސްއާރު ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާ ސަރުކާރު އައުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބަދަލުތަކަކާއި އެކު އެ ދާއިރާއިން އުފާވާ ފަދަ މަންޒަރުތައް ފެންނަ ކަމަށެވެ.

ސީއެސްއާރް ޕްރޮޖެކްޓްތައް ހެޔޮ ގޮތުގައި ހިންގާ ރިސޯޓުތައް ރާއްޖޭގައި އެބަހުރި ކަމަށާއި، ބައެއް ފަހަރު ރިސޯޓުތަކުން ސީއެސްއާރް ޕްރޮޖެކްޓްތައް އިޝްތިހާރުކޮށް އާއްމު ނުކުރާ ކަމަށެވެ. ސީއެސްއާރްގެ ޕްރޮޖެކްޓްގެ ނަމުގައި އެހެނިހެން ކަންތައްތައް މި ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސީއެސްއާރުގެ ދަށުން އާރަށުގައި ހުންނަ މިސްކިތުގެ އަޑީގައި މަސްޓޭންކެއް ވެސް ހަދާފައިވާ ކަމަށެވެ. ވިޔަފާރިވެރިން ލައްވާ ސީއެސްއާރުގެ ނަމުގައި އެތައް ކަމެއް ކޮށްފައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސީއެސްއާރަކީ އާއްމު ރައްޔިތުންނަށް ލިބެން ޖެހޭ އެއްޗަކަށްވާއިރު، ސީއެސްއާރު ހަދަން ޓޫރިޒަމް މިނިސްޓްރީ އަށް މިހާރު ގުޅަން ނުޖެހޭނެ ކަމަށެވެ. ސީއެސްއާރު ޕްރޮޖެކްޓް ހިންގަން ޖެހޭ ގޮތުގެ ގަވާއިދު ގެޒެޓް ކޮށްފައިވާއިރު، ރިސޯޓުތަކުން ސީއެސް އާރަށް ހަރަދު ކުރަން ޖެހޭ އަދަދު ވެސް ވަނީ ބަޔާން ކޮށްފައެވެ. އެއަށް ފައިސާ ޖަމާކުރަން ޖެހޭނީ މީރާއަށެވެ. އެއަށް ފަހު އެ ފައިސާ ޖަމާކުރަނީ ފިނޭންސް މިނިސްޓްރީގެ އެކައުންޓަކަށެވެ.

ސީއެސްއާރްގެ ޕްރޮޖެކްޓްގެ ވާހަކަ ކުރިޔަށް ގެންދަވަމުން ވިދާޅުވީ، ކުރިޔަށް އޮތްތާގައި ސީއެސްއާރު ޕްރޮޖެކްޓަށް ކުރާ ކަންތައްތައް ހާމަ ކުރާނެ ކަމަށެވެ. އެކަންތައް ބަލަނީ އެކަމަށް އެކުލަވައިލާފައިވާ ކޮމިޓީއަކުންނެވެ.

ސީއެސްއާރް ޕްރޮޖެކްޓްގެ ދަށުން އާރަށުގައި ތަނެއް ހަދާފައިވާއިރު، އާރަށުގައި އަގުބޮޑު ގަނޑުވަރެއް ފަދަ ތަނެއްގެ ފޮޓޯ ތަކެއް މިހާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ޓްވިޓާގައި ލީކްކޮށްލައިފައިވެއެވެ. އެ ''ގަނޑުވަރު'' ބިނާކޮށްފައިވަނީ ޑިފެންސް މިނިސްޓްރީގެ ސީއެސްއާރު އިން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް