Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްއޯއީ

ރައްޔިތުން ރުހުން ނުދޭ ބަޔަކަށް ބަޖެޓެއް ދޭކަށް ނުޖެހޭ: މެމްބަރު އިބްރާހިމް ރަޝީދު

ގާނޫނާއި ޚިލާފަށް އުފައްދާފައިވާ، ގާނޫނުން އެބޯޑަށް މަތިކޮށްފައި ވާ ކަންކަންނުކުރެވޭ ބަޔަކަށް ބަޖެޓު ދޭކަށް ނުޖެހޭކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 ޖުލައި 2019 | ބުދަ 08:15
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދް

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދް

ރައްޔިތުންގެ ރުހުން ލިބިފައިނުވާ ބަޔަކަށް ބަޖެޓެއްދޭން ނުޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދް ވިދާޅުވެއްޖެއެވެ.

އިބްރާހިމް ރަޝީދް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވުނު ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީ ގައި އެޖެންޑާ ކުރެވިފައިވާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ޕާރފޯމަންސް އޮޑިޓްް ރިޕޯޓާއި ގުޅިގެން މަޝްވަރާ ކުރެއްވި ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

އެސްއޯއީ ކޮމެޓީ ބައްދަލުވުމުގައި ޕީސީބީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުގެ އިތުރުން އެބޯޑުގެ ސިޓީއަކާއި ގުޅިގެން ކޮމެޓީ ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ދިޔައެވެ. އެގޮތުން އޮޑިޓް ރިޕޯޓްގައި ޕީސީބީ އަށް މަތިވެފައިވާ ޒިންމާތަށް އަދާ ކުރުމަށް ދަތި ވަނީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ބޯޑަށް ލިބެންޖެހޭ ބަޖެޓު ލިބިފައިވާ ނުވުމުން ކަމަށް ހާމަކޮށްފައިވެއެވެ.

މި ރިޕޯޓަށް އަލި އަޅުވާލަމުން އިބްރާހިމް ރަޝީދް ވިދާޅުވީ ގާނޫނާއި ޚިލާފަށް އުފައްދާފައިވާ، ރައްޔިތުން ރުހުން ނުދޭ، ގާނޫނުން އެބޯޑަށް މަތިކޮށްފައިވާ ކަންކަން ކުރުމަށް ރުހުން ނުދޭ ބަޔަކަށް ބަޖެޓު ދޭކަށް ނުޖެހޭ ކަމަށާއި ފިނޭންސް މިނިސްޓްރީއިން ޕްރައިވަޓައިޒޭޝަން ބޯޑަށް ބަޖެޓު ނުދިނުމަކީ ރަނގަޅަށް ކުރެއްވި ކަމެއް ގޮތުގައި ދެކި ވަޑައިގަންނަވާކަމަށެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުން އައްޔަނުކޮށްފައިވަނީ ޤާނޫނުގައި އެގޮތަށް ނަމަވެސް 2014 ވަނަ އަހަރާއި 2018 ވަނަ އަހަރު، ބޯޑު މެމްބަރުން އައްޔަނު ކުރެއްވުމަށްފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައެއްނުވެއެވެ.

ބޯޑުގެ ޒިންމާ އަދާ ކުރުމަށް ނުކުޅެދިފައިވާ ކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަތުމުން ކޮމިޓީގެ އެދުމުގެ މަތިން އޮޑިޓާރ ޖެނެރަލް ވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ޕާފޯމެންސް އޮޑިޓެއް ހައްދަވާ، އޮޑިޓް ރިޕޯޓު ފޮނުއްވާފައެވެ.

މި މައްސަލައާއި ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދާ، ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު ރިޕޯޓެއް ހައްދަވާ، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ނިންމަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު