Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ފުލުހުންގެ އިހްތިޖާޖު: ޑިސިޕްލިނަރީ ގަވައިދާ ޚިލާފު!

9 ޖުލައި 2019 | އަންގާރަ 08:57

އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށްފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 ޖުލައި 2019 | އަންގާރަ 08:57
ފުލުހުންގެ މައި މަރުކަޒު - ފުލުހުންތަކެއް ސަސްޕެންޑްކުރުމުން ބައެއް ފުލުހުން އަންނަނީ ސޯޝަލް މީޑިއާގެ އިހްތިޖާޖެއް ކުރަމުން

ފުލުހުންގެ މައި މަރުކަޒު - ފުލުހުންތަކެއް ސަސްޕެންޑްކުރުމުން ބައެއް ފުލުހުން އަންނަނީ ސޯޝަލް މީޑިއާގެ އިހްތިޖާޖެއް ކުރަމުން

މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެރޭ ތަޅައި އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފެށުމުން، ބައެއް ފުލުހުން ކުރަން ފެށި އިހްތިޖާޖުން އެ ފުލުހުން، ފުލުހުންގެ ޑިސިޕްލިނަރީ ގަވައިދާއި ހިލާފުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ފުލުހުންތަކެއް އިހްތިޖާޖްކުރުމުގެ ގޮތުން ދަނީ އެމީހުންގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށް ސަސްޕެންޑް ކުރި ޑީއީޑީގެ (ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް) މުއައްޒަފުންނާއި އެކު ތިބިކަން ހާމަ ކުރަމުންނެވެ.

Advertisement - newsAdvertisement

ފުލުހުން އަލުން އަމަލުކުރަން ފަށާފައިވާ ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާ ބެހޭ ގަވައިދު ބުނާ ގޮތުން ފުލުހުންގެ މުއައްސަސާގައި ހިނގާ ކަމަކާ ގުޅޭގޮތުން ހާމަކުރަން ނުޖެހޭ މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ހާމަކުރުމާއި، ޝޯޝަލް މީޑިއާގައި ލިޔާ އެފަދަ ވާހަކަތައް ނުވަތަ ޝާއިއު ކުރާ އެފަދަ އެއްވެސް އެއްޗަކަށް ތާއިދު ކުރާކަން ދޭހަވާ ގޮތަށް އެއްވެސް އަމަލެއް ކުރުން ނުވަތަ ހިންގުމަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށެކެވެ. އެ ގަވައިދުގައިވާގޮތުން ސޯޝަލް މީޑިއާގައި ފުލުހަކު ދޭ ލައިކްއަކުން ނުވަތަ ކުރާ ޝެއާ އަކުން ވެސް ކުށްވެރިވެދާނެއެވެ.

ޑިސިޕްލިނަރީ މައްސަލަތަކުގެ ގޮތުގައި ބަލާނީ ގާނޫނުލް އުގޫބާތުގައާއި އެހެނިހެން ގާނޫނުތަކުން ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައިވާ ކުށެއްނަމަ އެކުށުގެ ދައުވާ ޝަރުއީ ކޯޓެއްގައި ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ މައްސަލަތައް ކަމަށް ވެސް ގަވައިދުގައި ވެއެވެ.

ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަބުތަކުގެ ތެރޭގައި ވަޒީފާއިން ވަކިކުރުމާއި، ރޭންކް ދަށްކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ކައުންސިލިން ދިނުން ހިމެނެއެވެ.

ފުލުހުންނާއި މެދު ފިޔަވަޅު އެޅޭނެ ގޮތަށް ކަނޑައަޅައި ގަވައިދަށް ބަދަލު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ އެޕްރީލް 26 އިން ފެށިގެންނެވެ. ފުލުހެއްގެ ގައިގައި ހުންނަންޖެހޭ ވަރަށްވުރެ އަހްލާގީ ގޮތުން ދަށް ފެންވަރުގެ އަމަލެއް ހިންގައިފިނަމަ އެކަމެއްކުރީ ރާއްޖެއިން ބޭރުގައި ކަމުގައިވީ ނަމަވެސް އެކަމަކަށް އަދަބު ދެވޭ ގޮތަށް އެގަވައިދު ވަނީ އޭރު އިސްލާހުކޮށް އަމަލު ކުރަން ފަށާފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ތަޅައި އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފެށިކަމަށް ބުނެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގަވައިދާ ހިލާފަށް ފުލުހުން ކުރާ ކަންކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެމައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ފުލުހުންގެ މުއައްޒަފުންތަކެއްގެ ފޮޓޯ ޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރުދައްކަމުންދާތީ، ސައްހަ ނޫން މައުލޫމާތު ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އާންމު ވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ފުލުހުން ވަނީ އަތުންނާއި ފައިން މީހަކަށް ހަމަލާދީފައެވެ. ފުލުހުން އަނިޔާ ކުރުމަށްފަހު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވަނީ ބަނގްލަދޭޝް މީހެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް