Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާ- ދެ އަހަރު ކުއްޖެއްގެ ރޭޕް މައްސަލަ

ދެ އަހަރުގެ ކުޑަކުއްޖެއްގެ ރޭޕް ކޮށްގެން މިޔަންމާގައި އެތައް ސަތޭކަ ބަޔަކު މަގުތަކަށް

7 ޖުލައި 2019 | އާދީއްތަ 04:45

6000 ވަރަކަށް މީހުން ހިނގާލުމުގައި ބައިވެރިވެފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 7 ޖުލައި 2019 | އާދީއްތަ 04:45
ޔަންގޮންގެ މަގުތަކުގައި ކުރިޔަށް ދިޔަ ހިނގާލުމުގެ ތެރެއިން

ޔަންގޮންގެ މަގުތަކުގައި ކުރިޔަށް ދިޔަ ހިނގާލުމުގެ ތެރެއިން

ދެ އަހަރުގެ ތުއްތު ކުއްޖެއް ރޭޕް ކޮށްލި މައްސަލައިގައި މިޔަންމާގެ އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ އެ ކުއްޖާއަށް އިންސާފު ހޯދައިދޭން އަޑު އުފުލައިފިއެވެ.

މޭ މަހުގެ ތެރޭގައި މިޔަންމާގެ ވެރިރަށް ނޭޕީޓޯގައި ހިނގި ހާދިސާއާ ގުޅިގެން އާންމުން އަޑު އުފުލަން ނިކުތީ، މައްސަލައިގެ ތަހުގީގުގައި އެދެވޭ ވަރެއްގެ ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ އެ ކުއްޖާގެ ބައްޕަ މީޑިއާތަކަށް އިންޓަވިއުއެއް ދިން ހިސާބުންނެވެ.

ހާދިސާގެ ތަފުސީލު ދެމުން އެ ކުއްޖާގެ ބައްޕަ ބުނީ، އެއް ދުވަހު ނާސަރީއިން އައި އިރު އެ ކުއްޖާއަށް ލިބިފައިވާ ޒަހަމްތައް ޑޮކްޓަރަށް ދެއްކުމުން އެއީ ރޭޕް ކުރުމާ ގުޅިގެން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ޑޮކްޓަރު އަންގާފައިވާ ކަމަށެވެ. އެ އަންހެން ކުއްޖާއަށް އޭރު އެންމެ ދެ އަހަރާއި 11 މަހެވެ. މޭ 16 ވަނަ ދުވަހު ހިނގި ހާދިސާ، ޖެހިގެން އައި ދުވަހު އެ ކުއްޖާގެ މަންމަ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 29 އަހަރުގެ ފިރިހެނަކު އެކަށީގެންވާ ވަރަށް ހެކި ނެތިގެން ކޯޓުން ދޫކޮށްލުމަށް ފަހު، މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ އަނެއްކާވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާއަކީ ކުށެއް ނެތް މީހެއް ކަމަށް ބުނެ މިޔަންމާގެ ރައްޔިތުންތަކެއް ފޭސްބުކްގައި ވެސް ޕޯސްޓްކޮށްފައިވެއެވެ.

ހޮނިހިރު ދުވަހު ކުރި މުޒާހަރާގެ ބައިވެރިން މަގުތަކަށް ނިކުތީ "ޖަސްޓިސް ފޯރ ވިކްޓޯރިއާ" ޖަހާފައި ހުރި ބެނަރތަކާއި ޓީޝާޓުތައް ލައިގެންނެވެ. ވިކްޓޯރިއާއަކީ މިޔަންމާގެ މީހުން އެ ކުއްޖާއަށް ދީފައިވާ ވަނަމެވެ. މުޒާހަރާގެ ބައިވެރިޔަކު ބުނީ އެ މީހުން ބޭނުންވަނީ ދެފުށް ފެންނަ ތަހުގީގެއް ކޮށް އެ ކުއްޖާއަށް އިންސާފު ކަމަށެވެ.

އެ ގައުމުގެ ސަރުކާރުން ދަނީ އެއްވެސް މީހަކު ދައުވާ ކުރަން ހުށަނޭޅި ކަމުގައިވީ ނަމަވެސް، ކުޑަކުދިންގެ މައްސަލަތަކުގައި ދައުވާ ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ކުރުމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

23 ޖުލައި 2017

ބަޑިޖަހާ މަރާލާ، ރަޙުމުކޮށްގެން ނުވާނެ: އިންޑޮނޭޝިއާގެ ރައީސް

23 ޖުލައި 2017
ބަޑިޖަހާ މަރާލާ، ރަޙުމުކޮށްގެން ނުވާނެ: އިންޑޮނޭޝިއާގެ ރައީސް
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
21 މެއި 2017

އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި

21 މެއި 2017
އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް